މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފުނަދޫ (247 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
247 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފުނަދޫގެ އެންމެ ފަހުގެ ޚަބަރުތައް

247 ޚަބަރުގެ ތެރެއިން
ފުނަދޫގައި އިސްލާމިކް ބޭންކްގެ ސޭލްސް ސެންޓަރެއް ހުޅުވައިފި 📍 ށ. ފުނަދޫ

ފުނަދޫގައި އިސްލާމިކް ބޭންކްގެ ސޭލްސް ސެންޓަރެއް ހުޅުވައިފި

ށ. ފުނަދޫގައި ޤާއިމުކުރި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ސޭލްސް ސެންޓަރ ހުޅުވައިފިއެވެ. މި ސެންޓަރުގެ ޙިދުމަތް ފެށިގެންދިއުމަކީ، ފުނަދޫގެ ރައްޔިތުންނަށް އަދި ވަކީން ޚާއްސަކޮށް ށ. އަަތޮޅުގެ އެންމެހައި ރައްޔިތުންނަށް، ވަރަށް ބޮޑު ލުއިފަސޭހައެއް  ލިބިގެންދިޔަ ކަމެއްކަމަށް ފުނަދޫ ކައުންސިލުން ހާމަކުރައްވައެވެ. އަތޮޅުތަކުގައި، ރައްޔިތުންނާއި ގާތަށް ޚިދުމަތްތައް ފުޅާކޮށް، ތަރައްޤީކުރުމުގެ ސިޔާސަތު ކުރިއަށްނެރުއްވުމަށްޓަކައި ރާއްޖޭގެ ރައީސް ޑރ.މުހައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ، މަސަ...

ފާތިމަތު ސަޙާ
ފުނަދޫ އަންހެނުންގެ ކޮމެޓީގެ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓެޑް ބީއެމްއެލްއިން ހޯދައިފި 📍 ށ. ފުނަދޫ

ފުނަދޫ އަންހެނުންގެ ކޮމެޓީގެ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓެޑް ބީއެމްއެލްއިން ހޯދައިފި

ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓެޑް ބީއެމްއެލްއިން ހޯދައިފިއެވެ. ޔުނައިޓެޑް ބީއެމްއެލް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ޕޮލިސް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 11-14 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ބީއެމްއެލްގެ އާމިނަތު ނަޖުމާ 10 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ. މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ޔުނައިޓެޑް ބީއެމްއެލްގެ އާމިނަތު ނަޖުމާ، އަމާލް ހާމިދު، އަދި ޕޮލިސް ޔުނައ...

ފާތިމަތު ސަޙާ
ފުނަދޫ ''ސެންޓްރަލް ސްކެއަރ–ފޭސް 01''ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. ފުނަދޫ

ފުނަދޫ ''ސެންޓްރަލް ސްކެއަރ–ފޭސް 01''ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ފުނަދޫ ކައުންސިލުން އެރަށުގައި ތަރައްޤީކުރުމަށް ނިންމާފައިވާ “ސެންޓްރަލް ސްކެއަރ” ޕާކުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާނުކޮށްފިއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 05 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގައި ފުނަދޫ ކައުންސިލް އިދާރާގައިކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ. މީގެއިތުރުން މި މަޝްރޫޢަށް އަންދާސީ ހިސާބު  ހުށަހެޅުން އޮންނާނީ 08 އޮކްޓޯބަރ 2026 ވ...

ފާތިމަތު ސަޙާ
ފުނަދޫ ސްކޫލްގެ ދަރިވަރުންނަށް ގޮނޑުދޮށުގެ ޤުރުރަތީ ދިރުންތައް ދަސްކޮށްދިނުމުގެ ހަރަކާތެއް 📍 ށ. ފުނަދޫ

ފުނަދޫ ސްކޫލްގެ ދަރިވަރުންނަށް ގޮނޑުދޮށުގެ ޤުރުރަތީ ދިރުންތައް ދަސްކޮށްދިނުމުގެ ހަރަކާތެއް

ށ. ފުނަދޫ ސްކޫލުގެ ގްރޭޑް 3 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން، އެ ރަށުގެ ގޮނޑުދޮށާއި ފަޅުތެރޭގައިވާ ޤުދުރަތީ ދިރުންތައް ތަޖުރިބާކޮށް، ދަސްކުރުމުގެ ޝައުޤުވެރި ޙަރަކާތެއް (ޓައިޑް-ޕޫލް އެކްސްޕްލޮރޭޝަން) ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ  މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ، “ކެޓަނެޓް” ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. ކެޓަނެޓް ޕްރޮޖެކްޓަކީ، ރާއްޖޭގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއި، ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވ...

ސަލާމާ ޢަބްދުލް ޢަލީމް
ފުނަދޫ ރައްޔިތުންގެ ބޮޑު ތަރުހީބާއެކު ފަރުކޮޅު ސަރަޙައްދު ސާފުކޮށްފި 📍 ށ. ފުނަދޫ

ފުނަދޫ ރައްޔިތުންގެ ބޮޑު ތަރުހީބާއެކު ފަރުކޮޅު ސަރަޙައްދު ސާފުކޮށްފި

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން އިސްނަގައިގެން ށ. ފަރުކޮޅު (ނުވަތަ ފަރޮޅު)ގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދު ސާފުކުރުމަށްޓަކައި ކާމިޔާބު ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ށ. ފުނަދޫގެ ގިނަ އަދަދެއްގެ ބައިވެރިންނާއެކު ކުރިއަށްދިޔަ މި ހަރަކާތަކީ އެ ސަރަޙައްދުގެ ތިމާވެށި ރައްކާތެރިކުރުމަށް ހިންގުނު މުޙިންމު މަސައްކަތެކެވެ. މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ޤުދުރަތީ...

ފާތިމަތު ސަޙާ
ޔުނިޓީ ސްޕޯޓްސް އެޑަމީން ފުނަދޫގެ ވަގުތީ މިސްކިތުގައި މުށިޖަހައިދީފި 📍 ށ. ފުނަދޫ

ޔުނިޓީ ސްޕޯޓްސް އެޑަމީން ފުނަދޫގެ ވަގުތީ މިސްކިތުގައި މުށިޖަހައިދީފި

ށ. ފުނަދޫގެ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އެރަށު ވަގުތީ މިސްކިތުގައި މުށިޖެހުމަށް ކުރިއަށްގެންދިޔަ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަސައްކަތަކީ އެ ރަށުގެ “ޔުނިޓީ ސްޕޯޓްސް އެކަޑަމީ” އިން އިސްނަގައިގެން، ހެޔޮއެދޭ އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އެ ކުލަބުން މައުލޫމާތު ދޭ ގޮތުގައި، މި މިސްކިތުގައި މުށިޖެހުމުގެ މަސައްކަތް ކުރިއަށްދިޔައިރު، އެ ކުލަބުގެ މެންބަރުންގެ އިތުރުން ރަށުގެ އިޖުތިމާއީ ކަންކަމުގައި އަބަދުވެސް އެހީތެރިވެދޭ ގިނަ ފަރާތްތަކެއްގެ ފު...

ފާތިމަތު ސަޙާ
ފުނަދޫ ބިންހިއްކުމުގެ ދެވަނަ ފިޔަވަހީގެ ޑިޒައިނަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ށ. ފުނަދޫ

ފުނަދޫ ބިންހިއްކުމުގެ ދެވަނަ ފިޔަވަހީގެ ޑިޒައިނަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ށ. ފުނަދޫ ބިންހިއްކުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ގެ ކުރެހުމަށް ރައްޔިތުންގެ ޚިޔާލުހޯދުމަށް ހުޅުވާލައިފިއެވެ. އެ ރަށު ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބިން ހިއްކާ ސަރަޙައްދު ފާހަގަކޮއްފައިވާ އެ ރަށުގެ ފޮޓޯއެއް އާއްމު ކުރުމަށްފަހު، އެ ކައުންސިލުން ބުނެފައިވަނީ، އެ ކުރެހުމާ ގުޅިގެން، އެއްވެސް ޚިޔާލެއް، މަޝްވަރާއެއް ނުވަތަ ކަންބޮޑުވުމެއް ވާނަމަ އެ އިދާރާއާ ޙިއްޞާ ކުރުމަށެވެ. އެ ގޮތުން، ރައްޔިތުންގެ ޙިޔާލުތައް، އެ ކުރެހުމާއެކު ހިމަނާފައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުމަށް ކައުންސިލުން އެދިފ...

ފާތިމަތު ސަޙާ
ފުނަދޫގައި އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމެއް ބާއްވަނީ 📍 ށ. ފުނަދޫ

ފުނަދޫގައި އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމެއް ބާއްވަނީ

ސިއްޙަތާއި، ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ށ. ފުނަދޫގައި އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމެއް ބާއްވަން ނިންމައި އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ސިއްޙަތާއި، ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއިން “ތިލަދުން”އަށް މަޢުލޫމާތު ދެއްވި ގޮތުގައި މި ތަމްރީނު ޕްރޮގްރާމަކީ، އަންހެނުންނަކީ ލީޑަރޝިޕް އަދި ސިޔާސީ ދާއިރާތަކުގައި ހަރަކާތްތެރިވާ ބަޔަކަށް ހެދުމަށާއި، ޤައުމީ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ ހުނަރާއި އިތުބާރު ޤާއިމ...

ފާތިމަތު ސަޙާ
ފުނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫޢު ހަވާލުކޮށްފި 📍 ށ. ފުނަދޫ

ފުނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫޢު ހަވާލުކޮށްފި

ރާއްޖޭގެ 5 ރަށެއްގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުންތަކުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ...

އަޙްމަދު ވަހީދު
ފުނަދޫގައި ކުރިއަށްގެންދިޔަ ''އތމ ކޮމެޓީ ވިޔަފާރި ފޯރަމް'' ނިންމާލައިފި 📍 ށ. ފުނަދޫ

ފުނަދޫގައި ކުރިއަށްގެންދިޔަ ''އތމ ކޮމެޓީ ވިޔަފާރި ފޯރަމް'' ނިންމާލައިފި

ވިޔަފާރި ފުޅާ ކުރެވޭނެ ގިނަ، ފަހި ފުރުޞަތުތަކެއް ބީއެމްއެލްގައި ހުރިކަމަށާއި، ގޭގައި ތިބެގެން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ކަމާއެކު ވިޔަފާރި ފެށުމަށް ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮއްދޭކަމަށް ފުނަދޫ އތމ ކޮމެޓީއިން ބުނެފިއެވެ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބޭންކް އޮފް މޯލްޑިވްސް ފުނަދޫ ސޭލްސް އެންޑް އެޑްވައިޒަރީ ސެންޓަރ ގުޅިގެން ކުރިއަށް ގެންދިޔަ  “އތމ ކޮމެޓީ ވިޔަފާރި ފޯރަމް 2026 “ގެ ސެޝަންތައް އިއްޔެ ވަނީ ނިންމާލައިފައެވެ. މި ފޯރަމް ބޭއްވީ ހަ [...

ފާތިމަތު ސަޙާ
ބީއެމްއެލްގެ ފަންޑުގެ އެހީ ދިއްދޫ ކުރިމަގާއި ފުނަދޫ ޔުނިޓީ ސްޕޯޓްސް އަދި ކަނޑިތީމު ބްލޫ ގިލްޑް އަށް 📍 ހއ. ދިއްދޫ

ބީއެމްއެލްގެ ފަންޑުގެ އެހީ ދިއްދޫ ކުރިމަގާއި ފުނަދޫ ޔުނިޓީ ސްޕޯޓްސް އަދި ކަނޑިތީމު ބްލޫ ގިލްޑް އަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކް ފަންޑު މެދުވެރިކޮށް މި އަހަރު ހިލޭ އެހީ ލިބޭ ފަސް މަޝްރޫޢުގެ ތެރޭގައި ހއ. ދިއްދޫ ކުރިމަގު ޖަމްޢިއްޔާއާއި، ށ. ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީގެ އިތުރުން ށ. ކަނޑިތީމު ބްލޫ ގިލްޑް ފައުންޑޭޝަނުން ހުށަހެޅި މަޝްރޫޢުތައް ހިމެނިއްޖެއެވެ. ބީއެމްއެލްއިން ވަނީ އެ ބޭންކުގެ ފަންޑުން މިއަހަރު އެހީ ލިބޭ މަޝްރޫޢުތައް ބުރާސްފަތި ދުވަހު އިޢުލާންކޮށްފައެވެ. ބީއެމްއެލް ފަންޑުގެ އެހީގައި ދިއްދޫ ކުރިމަގު ޖަމްޢިއްޔާއިން ހއ. ދިއްދޫގައި ‘ހައިވް’ […]

ޔުމްނާ ޢަލީ
ފުނަދޫގައި އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމެއް، ބައިވެރިވާން ހުޅުވާލައިފި 📍 ށ. ފުނަދޫ

ފުނަދޫގައި އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމެއް، ބައިވެރިވާން ހުޅުވާލައިފި

ށ. ފުނަދޫގައި އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައި، އެ ޕްރޮގްރާމުގައި ބައިވެރިވުމަށް ރެޖިސްޓަރވުމުގެ ފުރުޞަތު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އިން އިއްޔެ ހުޅުވާލައިފިއެވެ. “އިސްނަގައިގެން – ސިޔާސީ މައިދާނުގައި އަންހެނުން” ނަމުގައި ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 18 އިން 20 އަށެވެ. ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އިން ހާމަކުރި ގޮތުގައި، މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދ...

ޔުމްނާ ޢަލީ
ފުނަދޫ އިސްރަށްވެހިންގެ ހިޔާވަހި ޤާއިމުކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް 📍 ށ. ފުނަދޫ

ފުނަދޫ އިސްރަށްވެހިންގެ ހިޔާވަހި ޤާއިމުކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް

ށ. ފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ޤާއިމުކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގައި މިއަދު ބާއްވާފައިވާއިރު، މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާޢީލް ޢަލީ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގް ޑައިރެކްޓަރ އަޙްމަދު މުބީން އެވެ. މި...

ޔުމްނާ ޢަލީ
ސަގާފީ ކުޅިވަރު މަންޑި ދިރުވަން ފުނަދޫ އާއި ކެނދިކުޅުދޫގެ މެދުގައި ފޯރިގަދަ މެޗެއް 📍 ށ. ފުނަދޫ

ސަގާފީ ކުޅިވަރު މަންޑި ދިރުވަން ފުނަދޫ އާއި ކެނދިކުޅުދޫގެ މެދުގައި ފޯރިގަދަ މެޗެއް

ދިވެހިންގެ ތެރޭގައި ވަރަށް ކުރީއްސުރެ ކުޅެވެމުން އަންނަ ފޯރިގަދަ ސަގާފީ ކުޅިވަރެއް ކަމަށްވާ މަންޑި ދިރުވައި އާލާކުރުމަށްޓަކައި ށ. ފުނަދޫ އާއި ނ. ކެނދިކުޅުދޫގެ މެދުގައި ތާރީޚީ މެޗެއް ކުޅެފިއެވެ. މި ފޯރިގަދަ މެޗުގައި ވާދަކޮށް 4 ލަނޑު 2 ލަނޑުން މޮޅުވެފައިވަނީ ށ. ފުނަދޫގެ “އަރުމަތާ ޕްރޯ” ޓީމެވެ. މި މެޗާ ގުޅޭގޮތުން ފުނަދޫގެ ފަރު ފުނަ ސްޕޯޓްސް އިން ބުނީ، މިއީ ފަހުގެ ތާރީޚެއްގައި ރަށު ފެންވަރުގައި މިހާ ވާދަވެރިކޮށް މަންޑި ކުޅެވުނު ފުރަތަމަ […]

ޔުމްނާ ޢަލީ
ފުނަދޫ ކަނބަލުންގެ ކަސްރަތު ޕްރޮގްރާމް ނިމުން ފާހަގަކޮށްފި 📍 ށ. ފުނަދޫ

ފުނަދޫ ކަނބަލުންގެ ކަސްރަތު ޕްރޮގްރާމް ނިމުން ފާހަގަކޮށްފި

ށ. ފުނަދޫގެ ކަނބަލުނަށް ހާއްސަކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިމުން ފާހަގަކޮށްފިއެވެ. މި ކަސްރަތު ޕްރޮގްރާމަކީ ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އާއި ފިޓްނަޝް ލައިފް އާއި ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ނިމުން ފާހަގަކޮށް ޕްރޮގްރާމް ފުރިހަމަކުރި ކަނބަލުންނަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ. މެއި 1 އިން 20 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް 21 ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމް ކާމިޔާބުކަމާއެކު...

ޝިއުނާ އާދަމް