މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުމުންދޫ (227 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
227 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުމުންދޫގެ އެންމެ ފަހުގެ ޚަބަރުތައް

227 ޚަބަރުގެ ތެރެއިން
ކުމުންދޫގައި ފުލުހުންގެ ދާއިމީ މަރުކަޒެއް ގާއިމުކޮށް ޚިދުމަތް ފަށައިފި 📍 ހދ. ކުމުންދޫ

ކުމުންދޫގައި ފުލުހުންގެ ދާއިމީ މަރުކަޒެއް ގާއިމުކޮށް ޚިދުމަތް ފަށައިފި

ހދ. ކުމުންދޫގައި އަލަށް ގާއިމުކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި، އެ ރަށުގައި ފުލުހުންގެ ޚިދުމަތް ދޭން ފަށައިފިއެވެ. މި މަރުކަޒު ހުޅުވުމަށް މިއަދު ކުމުންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ކުމުންދޫ ކައުންސިލުގެ ރައީސް ޢަލީ ޤާސިމެވެ. މި ރަސްމިއްޔާތުގެ ތެރެއިން ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު، ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. އަދި ދިވެހިރާއްޖޭގެ...

ޝިއުނާ އާދަމް
ކުމުންދޫގައި ކައުންސިލްގެ ހުއްދަނެތި ވަލުތެރެ ކޮށައި ގަސް އިންދުން މަނާކޮށްފި 📍 ހދ. ކުމުންދޫ

ކުމުންދޫގައި ކައުންސިލްގެ ހުއްދަނެތި ވަލުތެރެ ކޮށައި ގަސް އިންދުން މަނާކޮށްފި

ކައުންސިލުގެ ހުއްދަނެތި ކުމުންދޫގެ ވަލުތެރެ ކޮށުމާއި އެއްވެސް ސަރަޙައްދެއްގައި ދަނޑުވެރިކަން ކުރުމަށްޓަކައި ގަސް އިންދުމަކީ މަނާކަމެއް ކަމުގައި އެ ރަށު ކައުންސިލުން ކަނޑައަޅައިފިއެވެ. ކައުންސިލުން މިގޮތަށް ނިންމާފައިވަނީ އެ އިދާރާގެ 5 ވަނަ ދައުރުގެ 22 ވަނަ އާންމު ބައްދަލުވުމުގައެވެ. ކުމުންދޫ ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނީ، އެ ރަށުގެ ވަލުތެރޭގެ އެކި ސަރަޙައްދުތައް ކޮށައި ސާފުކުރަމުންދާ ކަމަށެވެ. އަދި ހުއްދަ ނުހޯދައި ދަނޑުވެރިކަން ކުރުމުގެ ބޭނުމުގައި ވަލުތެރެއިން ބިން ކަނޑައަޅައިގެން ގަސް...

ޝިއުނާ އާދަމް
ކުމުންދޫން ދަނޑުވެރިކަމަށް އެއްލައްކަ އަކަފޫޓުގެ ބިމެއް 25 އަހަރަށް ދޫކުރަނީ 📍 ހދ. ކުމުންދޫ

ކުމުންދޫން ދަނޑުވެރިކަމަށް އެއްލައްކަ އަކަފޫޓުގެ ބިމެއް 25 އަހަރަށް ދޫކުރަނީ

ހދ. ކުމުންދޫގައި ވިޔަފާރި އުސޫލުން ނުވަތަ ކޮމާޝިއަލްކޮށް ދިގު މުއްދަތަކަށް ދަނޑުވެރިކަން ކުރުމަށްޓަކައި 100،000 (އެއް ލައްކަ) އަކަފޫޓުގެ ބިމެއް 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށް، ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލަމުން ކުމުންދޫ ކައުންސިލުން ބުނީ، މި ބިން ކުއްޔަށް ދޫކުރުމަށް ބިޑު ހުށަހަޅާ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ކުއްޔަށް ނެގުމަށް ބޭނުންވާ ބިމަށް ވަކި ބިޑު ފޮތެއްގެ ގޮތުގައިކަމަށެވެ. އެގޮތުން ބިޑު ހުށަހަޅާ […]

ޔުމްނާ ޢަލީ
ކުމުންދޫގައި ބަށިބޯޅަ އޮފިޝަލުން ތަމްރީނުކުރުމުގެ ވޯކްޝޮޕެއް، ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫގައި ބަށިބޯޅަ އޮފިޝަލުން ތަމްރީނުކުރުމުގެ ވޯކްޝޮޕެއް، ބައިވެރިވާން ހުޅުވާލައިފި

ހދ. ކުމުންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަށިބޯޅަ އޮފިޝަލުން ތަމްރީނުކުރުމުގެ ޚާއްޞަ ވޯކްޝޮޕްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އާއި “ބަށިބޯޅަ ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް” އާ ގުޅިގެން ކުރިއަށްގެންދިއުމަށް ރާވާފައިވާ ވޯކްޝޮޕެކެވެ. އެ ރަށު ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، އެ ރަށުގައި ބަށިބޯޅަ ކުޅިވަރު ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި، ބާއްވާ މި ވޯކްޝޮޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މަދުވެގެން...

ފާތިމަތު ސަޙާ
ކުމުންދޫ އަންހެނުންގެ ކޮމިޓީގެ ފަތްކެޔޮ ދަނޑު ބެލެހެއްޓުން ސަން ޓްރޭޑާސްއާ ހަވާލުކޮށްފި 📍 ހދ. ކުމުންދޫ

ކުމުންދޫ އަންހެނުންގެ ކޮމިޓީގެ ފަތްކެޔޮ ދަނޑު ބެލެހެއްޓުން ސަން ޓްރޭޑާސްއާ ހަވާލުކޮށްފި

ހދ. ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އިން ހިންގަމުން އަންނަ ފަތްކެޔޮ ދަނޑު ބެލެހެއްޓުމުގެ މަސައްކަތް ސަން ޓްރޭޑާސްއާ ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ދަނޑު ބެލެހެއްޓުން ސަން ޓްރޭޑާސްއާ ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި މި މަސައްކަތް އެ ފަރާތާ ހަވާލުކުރީ މަހަކު ވަކި އުޖޫރައެއް ކަނޑައަޅައިގެން ކަމަށް ކުމުންދޫ އތމ ކޮމިޓީން މައުލޫމާތު ދެއެވެ. އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބުނި ގޮތުގައި، މި […]

ފާތިމަތު ސަޙާ
ފުރާޅުތަކުން މަގުމައްޗަށް ފެންފައިބާ މައްސަލަ އިޞްލާޙުކުރަން ކުމުންދޫ ކައުންސިލުން ސުންގަޑިއެއް ދީފި 📍 ހދ. ކުމުންދޫ

ފުރާޅުތަކުން މަގުމައްޗަށް ފެންފައިބާ މައްސަލަ އިޞްލާޙުކުރަން ކުމުންދޫ ކައުންސިލުން ސުންގަޑިއެއް ދީފި

ހދ. ކުމުންދޫ ގޭގޭގެ ފުރާޅުތަކުގައި ރަނގަޅަށް ދިޔަދޮވި ހަރުކުރަން ކައުންސިލުން އިލްތިމާސްކޮށްފިއެވެ. އެ ރަށުގެ ބައެއް ގެތަކުގެ މަގުމައްޗަށް ވާގޮތަށް ދިޔަދޮވި ނާޅުވާ ހުރި ފުރާޅުތަކުންނާއި، މަގުމައްޗަށް ވާގޮތަށް ހުންނަ ދިޔަދޮވީގެ ހޮޅިތަކުން، ވިއްސާރަ މޫސުމުގައި މަގުތަކަށް ފެންފޭބުމުގެ ސަބަބުން، މަގުތަކުގައި ފެންބޮޑުވެ، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި، ދުއްވާ އެއްޗެއްސަށް ދަތިތަކާ ކުރިމަތިލާން ޖެހުމުން، އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މިކަމާ ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ...

ފާތިމަތު ސަޙާ
ކުމުންދޫގެ ގޯތިތަކާއި މަގުތައް ސާފުކުރަން 20 ދުވަހުގެ މުއްދަތެއް 📍 ހދ. ކުމުންދޫ

ކުމުންދޫގެ ގޯތިތަކާއި މަގުތައް ސާފުކުރަން 20 ދުވަހުގެ މުއްދަތެއް

ހދ. ކުމުންދޫގެ ގޯތިތަކާއި މަގުތައް ސާފުކޮށް ބެލެހެއްޓުމަށް ކައުންސިލުން އިލްތިމާސްކޮށްފިއެވެ. އެ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި، އެ ރަށުގެ އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބަންޑާރަ ގެވަޅުތަކާއި، ފަޅު ގޯތިތަކުގައި ވިނަފަޅައި، ޖަންގަލި ވެފައިވުމާއި، ގޯތިތަކާ އިންވެގެންވާ މަގުފަޅިތައް ސާފުނުކޮށް ހުރުމުގެ ސަބަބުން މަގުމަތި ހަޑިވެ، މަދިރި ފަދަ ގެއްލުންދެނިވި ސޫފާސޫފި ދަނީ އާލާވަމުންނެވެ. މީގެއިތުރުން، ބައެއް ގޯތިތަކުގައި ހުންނަ ގަސްގަހާގެހީގެ ގޮފިތަކާއި، ރުއްރުކުގެ ފަންތައް މަގުމައްޗަށް އެލިފައި ހު...

ފާތިމަތު ސަޙާ
ކުމުންދޫ އާއި ކުޅުދުއްފުށީ ސިޓީ ޕޮލިސް ގުޅިގެން ކުމުންދޫ އަހަރީ ސްކައުޓް ކޭމްޕް ދަރިވަރުންނަށް ސެޝަނެއް 📍 ހދ. ކުމުންދޫ

ކުމުންދޫ އާއި ކުޅުދުއްފުށީ ސިޓީ ޕޮލިސް ގުޅިގެން ކުމުންދޫ އަހަރީ ސްކައުޓް ކޭމްޕް ދަރިވަރުންނަށް ސެޝަނެއް

ހދ. ކުމުންދޫ ސްކޫލުގައި ކުރިއަށްގެންދިޔަ “ސްކައުޓް އަހަރީ ކޭމްޕް 2026” ގެ ބައިވެރިންނަށް ޚާއްޞަކޮށްގެން، ކުމުންދޫ ޕޮލިސް ޕޯސްޓާއި ކުޅުދުއްފުށީ ސިޓީ ޕޮލިސް ގުޅިގެން ޓީމް ބިލްޑިންގ ސެޝަނެއް ބާއްވައިފިއެވެ. ދަރިވަރުންގެ މެދުގައި ލީޑަރޝިޕް ހުނަރުތަކާއި ކޮމިއުނިކޭޝަން ސްކިލްސް ހަރުދަނާކޮށް، ތަރައްޤީކުރުމުގެ މި ސެޝަން، ކޯޑިނޭޓްކޮށް، ނަންގަވައިދެއްވީ ކުޅުދުއްފުށީ ސިޓީ ޕޮލިސްގެ ސާޖަންޓް ޙަސަން އިބްރާހީމެވެ. މީގެއިތުރުން، މި ސެޝަންގައި ކުމުންދޫ ޕޮލިސް ޕޯސްޓުގެ ފަރާތުން ސީނިއަރ ސާޖަންޓް އަޙްމަދު ލިޝާން އަ...

ފާތިމަތު ސަޙާ
ކުމުންދޫ އަތުން ހަނިމާދޫ ހޯދި މޮޅާއެކު ހަނިމާދޫ އާއި ނޮޅިވަރަންފަރު ސެމީއަށް 📍 ހދ. ކުމުންދޫ

ކުމުންދޫ އަތުން ހަނިމާދޫ ހޯދި މޮޅާއެކު ހަނިމާދޫ އާއި ނޮޅިވަރަންފަރު ސެމީއަށް

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގައި ކުމުންދޫ އަތުން ލިބުނު މޮޅާއެކު ހަނިމާދޫ އަށް ސެމީގެ ޖާގައެއް ކަށަވަރުވެއްޖެއެވެ. ދެ ގްރޫޕަކަށް ކުޅޭ މި ބުރުގައި ގްރޫޕް އޭގައި ހިމެނެނީ ހަނިމާދޫ އާއި ކުމުންދޫގެ އިތުރުން މުބާރާތް އޮންނަ ރަށްކަމަށްވާ ނޮޅިވަރަންފަރެވެ. ގްރޫޕް ބީގައި ހިމެނެނީ ރާއްޖޭގެ މިވަގުތު ފުޓްސަލް ރަސްގެފާނު ނައިވާދޫ އާއި ނޭކުރެންދޫ އަދި ކުރިންބެވެ. މިއަދުގެ މެޗަށް ނުކުތް އިރު ގްރޫޕް ”އޭ”ގެ ނޮޅިވަރަންފަރާއި، ކުމުންދޫ އަށް ވެސް އޮތީ […]

ޝިއުނާ އާދަމް
ކުމުންދޫގެ ފުރަތަމަ މެޗުގައި ނޮޅިވަރަންފަރު އަތުން މުހިންމު މޮޅެއް 📍 ހދ. ނޮޅިވަރަންފަރު

ކުމުންދޫގެ ފުރަތަމަ މެޗުގައި ނޮޅިވަރަންފަރު އަތުން މުހިންމު މޮޅެއް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް، “އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގައި ކުމުންދޫގެ ފުރަތަމަ މެޗުން މޮޅުވެ ތިން ޕޮއިންޓް ކަށަވަރުކޮށްފިއެވެ. ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުގައި ކުމުންދޫ މޮޅުވީ ފުރަތަމަ މެޗުން ހަނިމާދޫ ބަލިކޮށް ތިން ޕޮއިންޓާއެކު ކުޅެން ނުކުތް ނޮޅިވަރަންފަރުގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ކުމުންދ...

ޔުމްނާ ޢަލީ
މުރައިދޫ، ނައިވާދޫ، ކުމުންދޫ އަދި ގޮއިދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. މުރައިދޫ

މުރައިދޫ، ނައިވާދޫ، ކުމުންދޫ އަދި ގޮއިދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ގޮއިދޫ، ހއ. މުރައިދޫ، ހދ. ކުމުންދޫ އަދި ހދ. ނައިވާދޫ ސިއްޙީ މަރުކަޒުގެ ލެބޯޓަރީ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން އިއުލާންކޮށްފިއެވެ. ހެލްތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 24 މޭ 2026 އިން ފެށިގެން 8 ޖޫން 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ރެޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ. ރެޖިސްޓްރީ ކުރުމަށްޓަކައި ގެޒެޓްކުރެވިފައިވާ […]

ޔުމްނާ ޢަލީ
ކުމުންދޫގައި ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ވޮލީ ކޭމްޕް ނިންމާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫގައި ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ވޮލީ ކޭމްޕް ނިންމާލައިފި

ހދ. ކުމުންދޫގައި ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ވޮލީ ކޭމްޕް ނިންމލައިފިއެވެ. މި ވޮލީ ކޭމްޕަކީ ކުމުންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އާއި ކުމުންދޫ ކައުންސިލް އަދި ޕޮލިސްގެ އެހީތެރިކަމާއި އެކު ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. މި ފެބްރުއަރީ މަހުގެ 1 އިން 10 އަށް ކުރިއަށް ގެންދިޔަ މި ކޭމްޕްގެ މުދައްރިބެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ސޯދިގް މޫސާ އެވެ. މި ކޭމްޕް […]

ޝިއުނާ އާދަމް
ކުމުންދޫ ފަޅުތެރެއަށް ދޯންޏެއް އަޑިއަށް، ރައްޔިތުންގެ އެހީތެރިކަމަށް އެދިއްޖެ 📍 ހދ. ކުމުންދޫ

ކުމުންދޫ ފަޅުތެރެއަށް ދޯންޏެއް އަޑިއަށް، ރައްޔިތުންގެ އެހީތެރިކަމަށް އެދިއްޖެ

ހދ. ކުމުންދޫ ފަޅުތެރެއަށް ދޯންޏެއް އަޑިއަށް ގޮސްގެން އެ ދޯނި ސަލާމަތްކުރުމުގައި ރައްޔިތުންގެ އެހީތެރިކަމަށް ކައުންސިލުން އެދިއްޖެއެވެ. އަޑިއަށް ގޮސްފައި ވަނީ ކުމުންދޫ ސަންލައިޓްގޭ “އަޒުމް” ނަމަކަށް ކިޔާ ދޯންޏެވެ. ކުމުންދޫ ކައުންސިލުން ބުނާގޮތުގައި މި ދޯނި ފަޅުތެރެއަށް އަޑިއަށް ގޮސްފައި ވަނީ ރޭގެ ވަގުތެއްގައެވެ. ‘’އެ ދޯނި ނެގުމުގެ މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އިލްތިމާސެއް’’ ކުމުންދޫ ކައުންސިލުން ބުނެފަވެއެވެ. މި ދޯނި އަޑިއަށް ދިޔަ...

ޔުމްނާ ޢަލީ
އިންތިޚާބުގައި ވާދަނުކުރުމަށް ނިންމީ އާ ޚިޔާލުތަކާއި ވިސްނުންތަކަށް ފުރުޞަތު ދިނުމަށް: އަމީން 📍 ހދ. ކުމުންދޫ

އިންތިޚާބުގައި ވާދަނުކުރުމަށް ނިންމީ އާ ޚިޔާލުތަކާއި ވިސްނުންތަކަށް ފުރުޞަތު ދިނުމަށް: އަމީން

ހދ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު، ވިދިވިދިގެން ތިން ދައުރު ކައުންސިލްގައި ޚިދުމަތް ކުރެއްވުމަށްފަހު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަނުކުރެއްވުމަށް ނިންމަވައިފިއެވެ. އަމީން މިކަން ހާމަކުރެއްވީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަމީން ވިދާޅުވި ގޮތުގައި، 2014 ވަނަ އަހަރުން ފެށިގެން ކުމުންދޫ ކައުންސިލްގެ މެންބަރުކަމާއި ރައީސްކަމުގެ މަޤާމުގައި ރަށުގެ ތަރައްޤީއަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ރައްޔިތުން ވަނީ ދެއްވާފައެވެ. ނަމަވެސް، 2026 ވަނަ އަހަރު ބޭއްވު...

ޔުމްނާ ޢަލީ
ކުމުންދޫ ބަނދަރު ސަރަހައްދުގައި ތަރައްޤީކުރި މޮނިޔުމަންޓް ރަސްމީކޮށް ހުޅުވައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ބަނދަރު ސަރަހައްދުގައި ތަރައްޤީކުރި މޮނިޔުމަންޓް ރަސްމީކޮށް ހުޅުވައިފި

ހދ. ކުމުންދޫ ބަނދަރު ސަރަހައްދުގައި ތަރައްޤީކުރި މޮނިޔުމަންޓް ރަސްމީކޮށް އިއްޔެ ހަވީރު ހުޅުވައިފިއެވެ. އިއްޔެ ހަވީރު 17:00 ހާއިރު ކުމުންދޫ ބަނދަރުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މޮނިއުމެންޓް ހުޅުއްވައިދެއްވީ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދެވެ. މި މޮނިއުމަންޓަކީ ކުމުންދޫ ކައުންސިލުން ޚަރަދުކޮށްގެން ތަރައްގީކޮށްފައިވާ މޮނިއުމެންޓެކެވެ. މި މޮނިއުމެންޓްގައި ކުމުންދޫ ނަމުގައި ހިމެނޭ ތާނަ އަކުރުތައް ވަކިން ހަދާފައިވާއިރު، އަކުރުތައް މަތީގައި ބައިގައި ފިލިތައް ވެސް ކަނޑާނަގާފައިވެއެވެ...

ޔުމްނާ ޢަލީ