ނޮޅިވަރަންފަރު ފެނުގެ ނިޒާމާ ގުޅަން ބޭނުންވާ ގެތަކަށް ފުރުޞަތު ހުޅުވާލައިފި
ހދ. ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމުގެ ދަށުން، ގޭގެއަށް މީޓަރު ގުޅަައިދޭނީ، އެކަމަށްޓަކައި ގޭގެ ވެރިފަރާތުން އެކަން ކައުންސިލަށް އެންގުމުންކަމަށް ނޮޅިވަރަންފަރު ކައުންސިލުން ބުނެފިއެވެ. އެރަށު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީ އިން މިގޮތަށް ކަންތައް ކުރުމަށް އަންގާފައިވާކަމަށާއި، މިކަމަށްޓަކައި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 22 ވަނަ ދުވަހުގެ 12:00 ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ. މިމުއްދަތުގެ ފަހުން ފޯމު ހުށައަޅާ ގޭގެއަށް މީޓަރު ގު...