މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހަނިމާދޫ (781 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
781 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހަނިމާދޫގެ އެންމެ ފަހުގެ ޚަބަރުތައް

781 ޚަބަރުގެ ތެރެއިން
ހަނިމާދޫ ކައުންސިލްގެ ޖަވާހިރުލް ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލްގެ ޖަވާހިރުލް ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

2026 ވަނަ އަހަރު ހަނިމާދޫ ކައުންސިލާއި ހަނިމާދޫ ސްކޫލް ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ “ޖަވާހިރުލް ޤުރުއާން މުބާރާތް 1448” ގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ. މި މުބާރާތަކީ ދަރިވަރުންނާއި އާންމުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި، ތަޖުވީދުގެ މަގުން ޤުރުއާން ކިޔެވުމުގެ ހުނަރު ތަރައްޤީ ކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ. މުބާރާތުގެ ގޮފިތަކާއި އުމުރުފުރާތައް މި މުބާރާތް ބަހާލެވިފައިވަނީ މައިގަނޑު ދެ ގޮތްޕަކަށެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފި އަދި ނު...

ޔުމްނާ ޢަލީ
ފަހު މެޗުގައި ވެސް ހަނިމާދޫ މަނަދޫ ބަލިކޮށްފި 📍 ހދ. ހަނިމާދޫ

ފަހު މެޗުގައި ވެސް ހަނިމާދޫ މަނަދޫ ބަލިކޮށްފި

ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގައި ހަނިމާދޫ އާއި މަނަދޫގެ ފަހުމެޗު 3-2 ލަނޑުން ހަނިމާދޫ ކާމިޔާބުކޮށްފިއެވެ. މަނަދޫގައި މިއަދު ކުޅުނު މި މެޗުގައި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލް ހުޅުވާލެވިފައެއްނުވެއެވެ. މި ހާފުގައި ދެ ޓީމުން ހަމަހަމަކުޅުމެއް ކުޅެފައިވާއިރު ދެ ޓީމަށްވެސް ގޯލް ޖަހާނެ ފުރުސަތުތައް ލިބި ވަނީ ނާކާމިޔާބުވެފައެވެ. ދެވަނަ ހާފު ފަށައި ދެވަނަ މިނިޓްގައި، މެޗުގެ 46 ވަނަ މިނިޓްގައި ހަނިމާދޫގެ ޖޯޒީ ނަންބަރު 5 މުހައްމަދު ޚާލިދު […]

ޔުމްނާ ޢަލީ
ހިރިމަރަދޫ ކައުންސިލާއި ހުރިހާ އަތޮޅު ކައުންސިލްތަކާއި އިދާރާތައް އުވާލައިފި 📍 ހދ. ހަނިމާދޫ

ހިރިމަރަދޫ ކައުންސިލާއި ހުރިހާ އަތޮޅު ކައުންސިލްތަކާއި އިދާރާތައް އުވާލައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. ހިރިމަރަދޫ ކައުންސިލާއި ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކާއި އެކައުންސިލްތަކުގެ އިދާރާތައް 2026 މޭ 17 ވަނަ ދުވަހުން ފެށިގެން އުވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި މިކަން ހާމަކޮށްފައިވާއިރު، ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވައި، ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައިކަން އެ ދެންނެވުމުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމު...

ޔުމްނާ ޢަލީ
ހަނިމާދޫގެ މައްޗަށް ކުރި ހޯދައި އޭދަފުށި ލީގަށް ކުރާ އުންމީދު އައުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގެ މައްޗަށް ކުރި ހޯދައި އޭދަފުށި ލީގަށް ކުރާ އުންމީދު އައުކޮށްފި

ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ހަތް ވަނަ މެޗުގައި ހަނިމާދޫ އާއި އޭދަފުށި މިއަދު ބައްދަލުކުރި މެޗު 4-2 އިން ކާމިޔާބުކޮށް އޭދަފުށި ލީގަށް ކުރާ އުންމީދު އައު ކޮށްފިއެވެ. އޭދަފުށީގައި މިއަދު ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ހަނިމާދޫންނެވެ. އެއީ 29 ވަނަ މިނިޓްގައި ނޫރުﷲ ތޯހާ ނަގައިދިން ކޯނަރެއް ގޯލްގެ ތެރެއަށް ވައްދާލައިގެން އެޓީމްގެ ޖޯޒީ ނަންބަރު 30 މުހައްމަދު މަފާޒް ޖަހައިދިން ލަނޑެކެވެ. މި ހާފު ނިމުނީ […]

ޝިއުނާ އާދަމް
ހަނިމާދޫ، އޭދަފުއްޓާއި ދެކޮޅަށް ނުކުންނަ އިރު މޯޑު ''ވާނުވާ ސަސްޕެންޝަން''އެއްގައި ހުރުމުން ކަންބޮޑުވުން 📍 ހދ. ހަނިމާދޫ

ހަނިމާދޫ، އޭދަފުއްޓާއި ދެކޮޅަށް ނުކުންނަ އިރު މޯޑު ''ވާނުވާ ސަސްޕެންޝަން''އެއްގައި ހުރުމުން ކަންބޮޑުވުން

ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ހަތް ވަނަ މެޗުގައި ހަނިމާދޫ މިއަދު އޭދަފުއްޓާ ދެކޮޅަށް ނުކުންނައިރު، ހަނިމާދޫ ޓީމުގެ ކެޕްޓަން މުހައްމަދު ހަސަން ”ވާނުވާ ސަސްޕެންޝަން”ގައި ހުރުމަކީ ކަންބޮޑުވުމެއްކަމަށް ޓީމް ހަނިމާދޫ އިން ބުނެފިއެވެ. ޓީމް ހަނިމާދޫގެ އޮފިޝަލަކު ”ތިލަދުން” އަށް ބުނީ ހަނިމާދޫ ޓީމު މިއަދުގެ މެޗަށް ތައްޔާރުވެފައިވާ ކަމަށާއި، ނަމަވެސް ޓީމުގެ ކެޕްޓަން މުހައްމަދު ހަސަން (މޯޑު) ސަސްޕެންޝަންގައި ހުރުމަކީ ޓީމަށް ލިބޭނެ އުނިކަމެއް ކަމަށެވެ. ނަމަވެސް މޯޑު ނެތްތަން ފޫބައްދައި […]

ޔުމްނާ ޢަލީ
ފަހަތުން އަރައި އޭދަފުށި ބަލިކޮށް ހަނިމާދޫ ތާވަލުގެ އެއްވަނަ އަށް 📍 ހދ. ހަނިމާދޫ

ފަހަތުން އަރައި އޭދަފުށި ބަލިކޮށް ހަނިމާދޫ ތާވަލުގެ އެއްވަނަ އަށް

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ފަސް ވަނަ މެޗުގައި ހަނިމާދޫ އިން އޭދަފުށި ބަލިކޮށްފިއެވެ. ތަޖުރިބާކާރު ކޯޗު، އިސްމާއީލް އާސިފް (ކުޑަ ހީނާ)ގެ ބެލުމުގެ ދަށުން  ކުޅުނު އޭދަފުށި ހަނިމާދޫ އަތުން ބަލިވީ 1-2 އިންނެވެ. ހަނިމާދޫގައި ކުޅުނު، މިއަދުގެ މެޗުގައި އޭދަފުށިން ވަނީ މެޗުގެ ދެވަނަ މިނިޓްގައި ލަނޑެއްޖަހައި ލީގު ނަގާފައެވެ. އެއީ އޭދަފުށީގެ […]

ޔުމްނާ ޢަލީ
މަނަދޫ ބަލިކޮށް ހަނިމާދޫ ނޯތު ރީޖަން ލީގު ފެށީ ބޮޑު މޮޅަކުން 📍 ހދ. ހަނިމާދޫ

މަނަދޫ ބަލިކޮށް ހަނިމާދޫ ނޯތު ރީޖަން ލީގު ފެށީ ބޮޑު މޮޅަކުން

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ފުރަތަމަ މެޗު ޒޯން1ގެ ޗެމްޕިއަން ހަނިމާދޫ ކާމިޔާބުކޮށްފިއެވެ. މިއަދު ހަނިމާދޫގައި ކުޅުނު މި މެޗު އެރަށު ޓީމު ކާމިޔާބުކުރީ ޒޯން 2ގެ ޗެމްޕިއަން މަނަދޫގެ މައްޗަށް 5-0 އިން ކުރި ހޯދައިގެންނެވެ. މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ހަމަހަމަކުޅުމެއް ދެއްކިއިރު މި ހާފުގައި ދެ ޓީމުން […]

ޔުމްނާ ޢަލީ
ކޮންމެ ނަތީޖާއެއް ނުކުތަސް ކުޅިވަރުގެ ރޫޙާ އެއްގޮތަށް ޢަމަލުކޮށްދިނުމަށް ހަނިމާދޫ ޓީމުން އެދިއްޖެ 📍 ހދ. ހަނިމާދޫ

ކޮންމެ ނަތީޖާއެއް ނުކުތަސް ކުޅިވަރުގެ ރޫޙާ އެއްގޮތަށް ޢަމަލުކޮށްދިނުމަށް ހަނިމާދޫ ޓީމުން އެދިއްޖެ

“ބީއެމްއެލް ނޯތު ރީޖަން 2026″ ގެ ފުރަތަމަ މެޗުގައި މިއަދު ނ. މަނަދޫ އާއި ދެކޮޅަށް ނުކުންނަ ހދ. ހަނިމާދޫ ޓީމުން، އެ ޓީމުގެ ސަޕޯޓަރުންނަށް ޚާއްޞަ އިލްތިމާސެއް ކޮށްފިއެވެ. ހަނިމާދޫ ޓީމުން ސަޕޯޓަރުންނަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ، މިއަދުގެ މެޗަކީ ރަށުގެ ފަސްގަނޑުގައި ”ނޫލަސްކަރު” ކުރިމަތީ ކުޅޭ މެޗަކަށްވާއިރު، ކޮންމެ ނަތީޖާއެއް ނުކުތަސް ކުޅިވަރުގެ ރޫޙާ އެއްގޮތަށް އެ މިންގަނޑުގައި ހިފަހައްޓައިގެން ތިއްބެވުމަށް އެދޭ ކަމަށެވެ. އަދި އެއްވެސް ފަރުދަކަށް ނުވަތަ ބަޔަކަށް ރައްދު ނުދިނުމަށް […]

ޔުމްނާ ޢަލީ
ހަނިމާދޫ އާއި މަނަދޫގެ މެޗުން ނޯތު ރީޖަން ލީގު މިއަދު ފަށަނީ 📍 ނ. މަނަދޫ

ހަނިމާދޫ އާއި މަނަދޫގެ މެޗުން ނޯތު ރީޖަން ލީގު މިއަދު ފަށަނީ

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ މެޗުތައް މިއަދު ފަށާނެއެވެ. ‘’ބީއެމްއެލް ނޯތު ރީޖަން 2026’’ ގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރާނީ ޒޯން 1 ގެ ޗެމްޕިއަން ހދ. ހަނިމާދޫ އާއި ޒޯން 2 ގެ ޗެމްޕިއަން ނ. މަނަދޫ އެވެ: ހަނިމާދޫގައި ކުޅޭ މި މެޗު ފަށާނީ މިއަދު ހަވީރު 16:00 ގައެވެ. ނޯތު […]

ޔުމްނާ ޢަލީ
ހަނިމާދޫ އާއި ހޯރަފުށީގައި ސްވިމިންގ ޓްރެކް ޕްލެޓްފޯމް ތަރައްގީކުރުމަށް އަލުން ހުޅުވާލައިފި 📍 ހއ. ހޯރަފުށި

ހަނިމާދޫ އާއި ހޯރަފުށީގައި ސްވިމިންގ ޓްރެކް ޕްލެޓްފޯމް ތަރައްގީކުރުމަށް އަލުން ހުޅުވާލައިފި

ހދ. ހަނިމާދޫ އާއި ހއ. ހޯރަފުށީގައި ސްވިމިންގ ޓްރެކް ޕްލެޓްފޯމްއެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން އަލުން އިޢުލާންކޮށްފިއެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީން ކުރިން ކުރި އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގުތައް، އަންދާޒާކުރި އަގަށްވުރެ ބޮޑުވުމުން އެ އިޢުލާން ވަނީ ބާޠިލްކޮށްފައެވެ. އެހެންކަމުން، މިނިސްޓްރީން މިހާރު ވަނީ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާފައެވެ. މި މަސ...

ޔުމްނާ ޢަލީ
ޕެނަލްޓީގައި ދިއްދޫ ބަލިކޮށް ހަނިމާދޫ ތަށި އުފުލާލައިފި 📍 ހއ. ދިއްދޫ

ޕެނަލްޓީގައި ދިއްދޫ ބަލިކޮށް ހަނިމާދޫ ތަށި އުފުލާލައިފި

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ޒޯން ފައިނަލްގައި ދިއްދޫ ބަލިކޮށް ހަނިމާދޫ ޗެމްޕިއަންކަން ހޯދައިފިއެވެ. މިއަދު ދިއްދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލްގައި ހަނިމާދޫ ޗެމްޕިއަންކަން ހޯދީ 6-8 އިން  ދިއްދޫ ބަލިކޮށްގެންނެވެ. މިއަދުގެ މެޗު ފަށައި 37 ވަނަ ސިކުންތުގައި ދިއްދޫ ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ދިއްދޫ އަށް […]

ޔުމްނާ ޢަލީ
ޓީމު ހަނިމާދޫގެ އިލްތިމާސް: ހދ. އަތޮޅަށް ތަށި ގެނައުމަށް އަތޮޅުގެ ހުރިހާ ރައްޔިތުން ވެސް ހިތްވަރުދީ ސަޕޯޓްކޮށްދީ! 📍 ހދ. ހަނިމާދޫ

ޓީމު ހަނިމާދޫގެ އިލްތިމާސް: ހދ. އަތޮޅަށް ތަށި ގެނައުމަށް އަތޮޅުގެ ހުރިހާ ރައްޔިތުން ވެސް ހިތްވަރުދީ ސަޕޯޓްކޮށްދީ!

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ފައިނަލްގައި މިއަދު ހއ. ދިއްދޫ އާއި ދެކޮޅަށް ނުކުންނައިރު، ހދ. އަތޮޅަށް ތަށި ގެނައުމަށް އަތޮޅުގެ ހުރިހާ ރައްޔިތުން ވެސް ހިތްވަރުދީ ސަޕޯޓްކޮށްދިނުމަށް ”ޓީމު ހަނިމާދޫ” އިން އިލްތިމާސްކޮށްފިއެވެ. ހަނިމާދޫގެ މި އިލްތިމާސަށް ހދ. އަތޮޅުގެ ރަށްތަކުން އަންނަނީ އިޖާބަދީ، މީސްމީޑިއާގައި ”ޓީމް ހަނިމާދޫ”ގެ އިލްތިމާސްގެ ޕޯސްޓް ޝެއާ […]

ޔުމްނާ ޢަލީ
ނޯތު ރީޖަން ކޮލިފައިންގައި ހަނިމާދޫ-ދިއްދޫ މެޗު އެއްވަރު 📍 ހއ. ދިއްދޫ

ނޯތު ރީޖަން ކޮލިފައިންގައި ހަނިމާދޫ-ދިއްދޫ މެޗު އެއްވަރު

ރާއްޖޭގެ ފުޓްބޯލައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ފަހު މެޗުގައި ހަނިމާދޫ އާއި ދިއްދޫ މިއަދު ކުޅުނު މެޗު އެއްވަރުވެއްޖެއެވެ. މެޗަށް ނުކުތްއިރު ވެސް ފައިނަލް ކަށަވަރުވެފައިވާ މި ދެ ޓީމުގެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މުހިންމު ކުޅުންތެރިންތަކެއް ބެންޗުގައި ބައިތިއްބައިގެން ކުޅެން ނުކުތް ހަނިމާދޫ ވަނީ މެޗުގެ ފުރަތަމަ ހާފުގެ 10 ވަނަ […]

ޔުމްނާ ޢަލީ
ނޯތު ރީޖަން ކޮލިފައިންގައި ހަނިމާދޫގެ ފުރަތަމަ މެޗުން ހޯދި މޮޅާއެކު ފައިނަލް ކަށަވަރުވެއްޖެ 📍 ހދ. ކުޅުދުއްފުށި

ނޯތު ރީޖަން ކޮލިފައިންގައި ހަނިމާދޫގެ ފުރަތަމަ މެޗުން ހޯދި މޮޅާއެކު ފައިނަލް ކަށަވަރުވެއްޖެ

ރާއްޖޭގެ ފުޓްބޯލައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ދެވަނަ މެޗުގައި ކުޅުދުއްފުށީ ސިޓީގެ މައްޗަށް ހަނިމާދޫ މިއަދު ކުރި ހޯދައިފިއެވެ. މިއަދުގެ މެޗުގައި ހަނިމާދޫ މޮޅުވީ 3-0 އިންނެވެ. މި ނަތީޖާއާއެކު ކުޅުދުއްފުށީ ސިޓީ ކުޅުނު ދެމެޗުން ބަލިވުމުން އެ ޓީމަށް ވަނީ މުބާރާތް ނިމިފައެވެ. މި މޮޅާއެކު މުބާރާތުގެ އެއްމެޗު ބާކީ އޮއްވާ ހަނިމާދޫ އަށް […]

ޔުމްނާ ޢަލީ
ޕީއެންސީ ކައުންސިލެއް ނުހޮވިއްޖެނަމަ ހަނިމާދޫގެ ތަރައްގީ ދެއަހަރާއި ބައި ފަހަތައް ހިނގައިދާނެ: ސައްތާރު 📍 ހދ. ހަނިމާދޫ

ޕީއެންސީ ކައުންސިލެއް ނުހޮވިއްޖެނަމަ ހަނިމާދޫގެ ތަރައްގީ ދެއަހަރާއި ބައި ފަހަތައް ހިނގައިދާނެ: ސައްތާރު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) ތަކުގެ އިންތިޚާބުގައި ހދ. ހަނިމާދޫ ރަށު ކައުންސިލަށާއި، ޑަބްލިޔުޑީސީ އަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުން ހޮވަންޖެހެނީ އެއީ ރަށަށް ތަރައްގީއާއި ކުރިއެރުން ލިބެންއޮތް އެންމެ ރަނގަޅު މަގުކަމަށްވާތީ ކަމަށް ވިދާޅުވެ، އެ ކެންޑިޑޭޓުންނަށް އަންނަ އިންތިޚާބުގައި ވޯޓު ދިނުމަށް ހަނިމާދޫ ރައްޔިތުންގެ ކިބައިން އެރަށުގެ ކައުންސިލްގެ ރައީސް އަބުދުއްސައްތާރު ހަސަން (ސަޓޯ) އެދިވަޑައިގެންފިއެވެ. އިދިކޮޅު...

އަލީ އާދިލް