ޔޫއެފާ ނޭޝަންސް ލީގުގައި އިސްރާއީލާ ދެކޮޅަށް އަޔަލޭންޑް ކުޅެން ހަމަޖެހިފައިވާ މެޗުތަކުގައި ބައިވެރިނުވާން އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވަނަ ކީޕަރު ގޭވިން ބަޒޫނޫ ނިންމައި، ޓީމުން ވަކިވެއްޖެއެވެ. އިސްރާއީލުން ކުށެއްނެތް އާންމުން މަރަމުންދާތީ އެކަމާ ދެކޮޅުހެދުމުގެ ގޮތުން ބަޒޫނޫ ނެގި އުސޫލީ ނިންމުމާ ގުޅިގެން، އަޔަލޭންޑްގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއައި) އިން ވަނީ އާދީއްތަ ދުވަހުގެ މެޗަށް އޭނާގެ ބަދަލުގައި އެހެން ކީޕަރަކު ނަގާފައިވާކަން އިއުލާންކޮށްފައެވެ. އުމުރުން 24 އަހަރުގެ ކީޕަރު ސޯޝ...
އަޙްމަދު ވަހީދު
ފްރާންސްގެ ގައުމީ ޓީމަށް ކުޅެނިކޮށް އެ ޓީމުގެ ކެޕްޓަން ކީލިއަން އެމްބާޕޭގެ ވާތްފަރާތު ކަކުލަށް އަނިޔާވެ ދެ ހަފުތާއަށް ކުޅުމާ ދުރަށް ދާންޖެހުނު ނަމަވެސް، ލީގު އަލުން ފަށާއިރު ބާސެލޯނާއާ ދެކޮޅަށް ކުޅޭ ‘އެލް ކްލާސިކޯ’ މެޗަށް އޭނާ ފިޓްވާނެ ކަމަށް ބެލެވޭ ކަމަށް ރިއާލް މެޑްރިޑުން ބުނެފިއެވެ. ރިއާލް މެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނީ، އެ ކްލަބުގެ މެޑިކަލް ޑިޕާޓްމަންޓުން މިއަދު އެމްބާޕޭ ހެދި ޓެސްޓުތަކުން، އޭނާގެ ވާތްފަރާތު ކަކުލުގެ ފަހަތުގެ ކެޕްސޫލް ހައިޕާއެކްސްޓެންޑްވެފައިވާ ކަން […]
އަޙްމަދު ވަހީދު
ފުޓްބޯޅަ އަދި ފުޓްސަލް ބޭސިކް ރެފްރީސް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ. މިއީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިސްނަގައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޯހެކެވެ. އެފްއޭއެމުން ބުނީ މި ކޯހަކީ ރެފްރީކަމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުޞަތެއް ކަމަށެވެ. އަދި މި ކޯހުގައި ހުރިހާ ޢުމުރެއްގެ ދެ ޖިންސުގެ މީހުންނަށްވެސް ބައިވެރިވެވޭނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. މި ކޯހުގައި ބައިވެރިވުމަށް އެންމެ...
ފާތިމަތު ސަޙާ
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައާ ގުޅިގެން، އިސްރާއީލާ ދެކޮޅަށް ކުޅެންޖެހޭ ޔޫއީއެފްއޭ ނޭޝަންސް ލީގު މެޗު ބައިކޮޓްކުރުމާމެދު ރިޕަބްލިކް އޮފް އަޔަރލޭންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ މެދުގައި ނެގި ވޯޓަކަށްފަހު، އެ މެޗު ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ. އަޔަރލޭންޑާއި އިސްރާއީލު ބައްދަލުކުރާ ގްރޫޕް ބީ3 ގެ މި މެޗު އާދީއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ހަންގޭރީގައެވެ. މެޗު ކުޅޭނެކަން ކަށަވަރުވީ އަޔަރލޭންޑް ޓީމުގެ މީޑިއާ ބްރީފިންގއާއި ފަރިތަކުރުންތައްވެސް ފަސްކޮށް، ކުޅު...
ނާޒިމާ އަލީ
އެފްރިކަން ކަޕް އޮފް ނޭޝަންސް (އޭއެފްސީއޯއެން) ގެ ކޮއަލިފައިންގްގައި ސައުތު ސޫދާނާ ދެކޮޅަށް މިސްރުން ކުޅޭ މެޗުގައި ކެޕްޓަން މުހައްމަދު ސަލާހު ނުކުޅޭނެ ކަމަށާއި، އޭނާއަށް ރެސްޓު ދޭން ނިންމާފައިވާ ކަމަށް މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަން (އީއެފްއޭ) އިން ހޮނިހިރު ދުވަހު ބުނެފިއެވެ. މިސްރުން މިގޮތަށް ނިންމީ އެ މެޗު ކުޅޭ ދަނޑުގައި އާޓިފިޝަލް ޓާފު އަޅާފައިވުމުން ކުޅުންތެރިންނަށް އަނިޔާވުމުގެ ފުރުސަތު ބޮޑުވުމާ ގުޅިގެންނެވެ. އީއެފްއޭ އިން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނީ، ކޯޗު ހުސާމް […]
އަޙްމަދު ވަހީދު
އިނގިރޭސި ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކާ ޚިލާފުވި 114 މައްސަލައެއްގައި މެންޗެސްޓާ ސިޓީ ކުށްވެރިވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށް، އެ ކްލަބުގެ ކުށެއް ނެތްކަން ސާބިތުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މެންޗެސްޓާ ސިޓީގެ ޗެއާމަން ޚަލްދޫން އަލް މުބާރަކް ވިދާޅުވެއްޖެއެވެ. ސިޓީގެ ސަޕޯޓަރުންނަށް ފޮނުއްވި އާމު ސިޓީއެއްގައި މުބާރަކް ވަނީ މައްސަލައިގެ ގާނޫނީ މަރުހަލާތައް އަދި ނުނިމޭކަން ފާހަގަކުރައްވައި، ކްލަބުގެ ކުށެއް ނެތްކަން ސާބިތުކޮށްދިނުމަށް ކުރާ މަސައްކަތް ކު...
އަޙްމަދު ވަހީދު
ޔޫއޭއީއެފްއޭ ނޭޝަންސް ލީގުގައި އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ހޮނިހިރު ދުވަހު ކުޅުނު ފޯރިގަދަ މެޗުގައި ފަހަތުން އަރައި 3-2 އިން އިނގިރޭސިން ބަލިކޮށް، ދުނިޔޭގެ ޗެމްޕިއަން ސްޕެއިނުން ނަތީޖާ ނެރެފިއެވެ. ކޯޗު ލުއިސް ޑެ ލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ސްޕެއިން ޓީމުން ހޯދި މި މޮޅާއެކު، ބަލިނުވެ ޖެހިޖެހިގެން 39 މެޗު ހަމަކޮށް، ޔޫރަޕުގެ ޓީމަކުން ގާއިމުކުރި އެންމެ ދިގު ނޮޓްބީޓެން ރެކޯޑު އެޓީމުން ވަނީ އިތުރަށް ފުޅާކޮށްފައެވެ. މެޗު ފެށިގެން ދެވަނަ މިނެޓުގައި […]
އަޙްމަދު ވަހީދު
ޔޫއޭފާ ނޭޝަންސް ލީގުގެ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި 2-0 އިން ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެއެވެ. ކޯޗު ރޮބާޓޯ މަންޗީނީ އެނބުރި އިޓަލީގެ ބެންޗަށް އައި ނަމަވެސް، ވިލުންތެރިކަމެއް ނުދެއްކި އިޓަލީއަށް ކުރިމަތިވެފައިވާ މައްސަލަތައް ވަނީ އިތުރަށް ގޯސްވެފައެވެ. މިއީ މިދިޔަ މާޗު މަހު ބޮސްނިއާ އެންޑް ހެރްޒެގޮވިނާ އަތުން ބަލިވެ، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިނުވެ އިޓަލީ ކެޓިފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ރޯމްގެ ސްޓޭޑިއޯ އޮލިމްޕިކޯގައި ކުޅުނު […]
ނާޒިމާ އަލީ
ޔުއޭފާ ނޭޝަންސް ލީގުގައި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން ފްރާންސް މޮޅުވި ނަމަވެސް، މެޗުގެ އެކަނި ގޯލު ޖެހި ކިލިއަން އެމްބާޕޭގެ ކަކުލަށް އަނިޔާވެ ދަނޑުން ބާާލަން ޖެހުމުން ބޮޑު ކަންބޮޑުވުމެއް އުފެދިއްޖެއެވެ. މިއީ ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި ޒައިނުއްދީން ޒިދާންގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. އިސްތަންބޫލްގެ ބޭރުން ގާތްގަނޑަކަށް 100 ކިލޯމީޓަރު ދުރުގައިވާ އިޒްމިޓްގެ ކޮކައެލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި، ފްރާންސްގެ ތާރީޚުގައިވެސް […]
އަޙްމަދު ވަހީދު
އަންނަ އަހަރު ބާއްވާ އެފްރިކާ ކަޕް އޮފް ނޭޝަންސް (އޭއެފްސީއޯއެން) ގެ ކޮލިފައިން ގްރޫޕް މަރުހަލާގެ ފުރަތަމަ މެޗުތަކުން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރު ކޮންގޯ) އާއި އައިވަރީ ކޯސްޓުން މޮޅުވެއްޖެއެވެ. ޑީއާރު ކޮންގޯއިން އިކުއޭޓޯރިއަލް ގިނީ ބަލިކުރިއިރު، އައިވަރީ ކޯސްޓުން ވަނީ ގާނާގެ މައްޗަށް ކުރިހޯދާފައެވެ. ކިންޝާސާގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުގައި ޑީއާރު ކޮންގޯއިން އިކުއޭޓޯރިއަލް ގިނީގެ މައްޗަށް ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ހަތަރުވަނަ މިނެޓުގައި ޑީއާރު ކޮންގޯގެ […]
އަޙްމަދު ވަހީދު
ޔުއޭފާ ނޭޝަންސް ލީގުގެ ތަށި ދިފާއުކުރުމުގެ ދަތުރު، އަމިއްލަ ގައުމުގައި ވޭލްސް އަތުން 1-0 އިން މޮޅުވެ ޕޯޗުގަލްއިން ފަށައިފިއެވެ. ލިސްބަންގައި ކުޅުނު މި މެޗުގައި ޕޯޗުގަލްއަށް މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޖާއޯ ފެލިކްސްއެވެ. މެޗުގެ 22 ވަނަ މިނެޓުގައި ފެލިކްސް މި ލަނޑު ޖެހީ އޭރިއާ އިމުގެ ބޭރުން ފޮނުވާލި ތިރި ހަމަލާއަކުންނެވެ. މި ބޯޅަ ގޯލުގެ ދުރު ކަނަށް ވަނީ ވޭލްސްގެ ކެޕްޓަން ބެން ޑޭވިސްގެ ގައިގައި ޖެހި، ކުޑަކޮށް މިސްރާބު ބަދަލުވެ، […]
އަޙްމަދު ވަހީދު
ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ޒައިނުއްދީން ޒިދާން ހަވާލުވިފަހުން އެ ޓީމު ކުޅޭ ފުރަތަމަ މެޗުގެ ކުރިން، ތަމްރީނުތަކުގައި ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ސެންޓްރަލް ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ ގައުމީ ސްކޮޑުން ވަކިވެ، އޭނާ ކުޅެމުންއަންނަ ކްލަބް ރިއާލް މެޑްރިޑަށް އެނބުރި ގޮސްފިއެވެ. ފްރާންސްގެ ގައުމީ ޓީމުން ބުނި ގޮތުގައި، ބުދަ ދުވަހު އޮތް ފަރިތަކުރުންތަކުގައި ކޮނާޓޭއަށް ތަދު އިހުސާސްކުރެވުނީ އޭނާގެ ކަނާތްފަރާތު ކަކުލަށެވެ. އަދި އެއަށްފަހު ހެދި ސްކޭންތަކުން ކޮނާޓޭގެ ކަކުލަށް ކުޑަކޮށް...
އަޙްމަދު ވަހީދު
ކެރިއަރުގައި 1،000 ލަނޑު ހަމަކުރުމުގެ ތާރީޚީ އަމާޒަށް ވާސިލުވުމުގެ މަސައްކަތް ކުރަމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔާކުރުމުގެ އެއްވެސް ވިސްނުމެއް މިވަގުތު ނެތް ކަމަށް ބުނެފިއެވެ. ޔޫއެފާ ނޭޝަންސް ލީގުގައި ވޭލްސްއާ ދެކޮޅަށް ޕޯޗުގަލްގެ އެސްޓާޑިއޯ ޖޯސޭ އަލްވާލާޑޭ ސްޓޭޑިއަމްގައި ކުޅޭ މެޗުގެ ކުރިން ވާހަކަދައްކަމުން، އުމުރުން 41 އަހަރުގެ ރޮނާލްޑޯ ބުނީ ޤައުމީ ޓީމުގެ އާ ކޯޗު ޖޯޖް ޖީސަސްގެ އިރުޝާދުގެ ދަށުން ޓީމަށް އެހީތެރިވެދެވޭނެކަމުގެ ފުރިހަމަ އިޢު...
ޙުސައިން ޝަހުދީ
ނައިޖީރިއާގެ ގައުމީ ފުޓްބޯޅަ ޓީމު “ސުޕަރ އީގަލްސް” ގެ ކުރީގެ ކެޕްޓަން އަދި ތަޖުރިބާކާރު ސެންޓްރަލް ޑިފެންޑަރު ވިލިއަމް ޓްރޫސްޓް-އެކޮންގް ރަސްމީކޮށް އިސްލާމްދީން ގަބޫލުކޮށްފިއެވެ. ގަތަރުގެ ދޯހާގައި ހުރެ ޝަހާދަތުގެ ދެ ކަލިމަ ކިޔައި އޭނާ ވަނީ އިސްލާމް ވެފައެވެ. އުމުރުން 33 އަހަރުގެ ދިފާއީ ކުޅުންތެރިޔާ ދޯހާގައި ހުރެ އަރަބި ބަހުން ޝަހާދަތުގެ ދެ ކަލިމަ ކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. މި ހާދިސާގެ ހަބަރު މިޑްލް އީސްޓް އަދި […]
ނާޒިމާ އަލީ
އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑްކުރުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ދުނިޔޭގެ ފުޓްބޯޅަ އިދާރާ (ފީފާ) އާއި ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔުއޭފާ) އަށް ގޮވާލައިފިއެވެ. އެމްނެސްޓީން މިކަމަށް ގޮވާލާފައިވަނީ ފަލަސްތީނުގެ ހިފާފައިވާ ސަރަހައްދުތަކުގައި އިސްރާއީލުން ގާއިމުކޮށްފައިވާ ގާނޫނާ ހިލާފު އާބާދީތަކަށް ނިސްބަތްވާ ފުޓްބޯޅަ ކްލަބްތަކަށް އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ތާއީދުކުރަމުންދާތީއެވެ. އަދި މިފަދަ ހާލަތެއްގައި ޔުއޭފާ ނޭޝަންސް ލީގުގައި އިސްރާ...
އަޙްމަދު ވަހީދު