ކޯވިޑްބަލީގައި 47 އަހަރުގެ މީހަކާއި، 54 އަހަރުގެ މީހަކު ނިޔާވެއްޖެ
ހުއްޓުމެއްނެތި ފެތުރެމުންދާ ނުރައްކާތެރި ކޯވިޑް ބަލީގައި އަނެއްކާ ވެސް އިތުރު ދެމީހުން ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު ދެ މީހަކު ނިޔާވެފައި ވާކަމަށެވެ. އެ ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. ދެ މީހުން ވެސް ނިޔާވީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. 47 އަހަރުގެ މީހާ ނިޔާވީ މިއަދުގެ ހެނދުނު 5:55 ގައެވެ. 54 އަހަރުގެ މީހާ ނިޔާވީ ރޭ މެންދަމު 2:15 ގައެވެ. […]