138.14 ކިލޯ ގްރާމްގެ އޫރުމަސް ނައްތާލައިފި
މޯލްޑިވްސް ކަސްޓަމްސް ސާރަވިސްގެ ބޮންޑެޑްވެއަރ ހައުސްގެ ބެލުމުގެ ދަށުގައި ހުރި އޫރުމަސްތަކެއް ނައްތާލައިފިއެވެ. މި ތަކެތި ނައްތާލާފައި ވަނީ ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި މިއަދު ކަމަށް ކަސްޓަމްއިން މަޢުލޫމާތު ދެއްވަ އެވެ. ނައްތާލާފައިވަނީ 18 ކޭހެއްގައި ހުރި 138.14 ކިލޯ ގްރާމްގެ އޫރުމަހެވެ. މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ […]