މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ރާއްޖެ

16,867 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 866 ވަނަ ޞަފްޙާ

މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވުން ފަސްކޮށްފި

މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވުން ފަސްކޮށްފި

މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ތިލަފުށި، ގުޅީފަޅު)ގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވައިފައިވާ މުއްދަތު އިތުރުކޮށްފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، ކޯވިޑް-19 އިން ރައްކައުތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މުޅި ރާއްޖޭގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެންގުމާއި ގުޅިގެން، މި ހިނގާ މޭ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަޙައްދުގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަ...

ޔުމްނާ ޢަލީ
ރޭ ދަރަވަންދޫން ހައްޔަރުކުރި ފާތިހުގެ ބަންދަށް 15 ދުވަސް ޖަހައިފި

ރޭ ދަރަވަންދޫން ހައްޔަރުކުރި ފާތިހުގެ ބަންދަށް 15 ދުވަސް ޖަހައިފި

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިމަހުގެ 6 ވަނަދުވަހުދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރޭގެ ވަގުތެއްގައި ބ. ދަރަވަންދޫން ހައްޔަރުކޮށްފައިވާ އަހުމަދު ފާތިހުގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ. ލ.ގަން / ދުންފިނިއުފާ، އަހުމަދު ފާތިހު (23 އަހަރު) ހައްޔަރުކޮށްފައިވަނީ ފުލުހުން ރޭ ބ. ދަރަވަންދޫގައި މޯލްޑިވްސް ޕޮލިސް ސާވިސަސްއިން ހިންގި އޮޕަރޭޝަނެއްގައެވެ. ހައްޔަރުކުރުމަށްފަހު އޭނާ ވަނީ މިއަދު މާލެ ގެނެސްފައެވެ. ފާތިހުއަކީ ރައީސް މުހައްމަދު ނަޝީދަށް އަވަހ...

ތިލަދުން
އެހެން ރަށްޔިތުންނަށް ނެތް ފުރުސަތެއް ބޭނުމެއްނޫން، މާލޭ ދަފުތަރަށް ސަލާމް: މައުސޫމް

އެހެން ރަށްޔިތުންނަށް ނެތް ފުރުސަތެއް ބޭނުމެއްނޫން، މާލޭ ދަފުތަރަށް ސަލާމް: މައުސޫމް

އެހެން ދިވެހިރައްޔިތުންނަށް ނުޖެހެވޭ ދަފުތަރެއްގަ ޖެހިގެން ހުންނަން ބޭނުންކަމަށް ޓޫރިޒަމް މިނިސްޓަރު އަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ، ދަފްތަރުގައި ޖެއްސުން މެދުކަނޑާލަން މާލޭ ސިޓީ ކައުންސިލުން މިމަހުގެ 18 ވަނަ ދުވަހު ނިންމާފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގަ އެވެ. މިނިސްޓަރު މައުސޫމް ވިދާޅުވީ، އެހެން ދިވެހިރައްޔިތުންނަށް ނުޖެހެވޭ ދަފުތަރެއްގަ ޖެހިގެން ހުންނަން ބޭނުންކަމަށެވެ. “އެހެން ދިވެހިރައްޔިތުންނަށް ނުޖެހެވޭ ދަފުތަރެއްގަ ޖެހިގެން ހުންނާކަން އަޅުގަނޑު ބޭނ...

ޝިއުނާ އާދަމް
ކޯވިޑް ބަލީގެ"ކޮންޓްރޯލް ގެއްލި" ހާއްސަ އެހީއަށް އެދިފައެއް ނުވާނެ: ސަރުކާރު

ކޯވިޑް ބަލީގެ"ކޮންޓްރޯލް ގެއްލި" ހާއްސަ އެހީއަށް އެދިފައެއް ނުވާނެ: ސަރުކާރު

ކޯވިޑް-19 ބަލީގެ ހާލަތާއި ގުޅިގެން “ކޮންޓްރޯލް ގެއްލި” ޚާއްސަ އެހީއަކަށް އެދިފައެއް ނުވާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ. ސަރުކާރުން މިހެން ބުނެފައިވަނީ ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން އެންމެ ފަހުން ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދިފައިވާ ކަމަށް ވާހަކަ ދެކެވޭތީ އެކަން އޮޅުން ފިލުވައިދެއްވުމުގެ ގޮތުންނެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޯ ވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރ...

ޔުމްނާ ޢަލީ
ކޯވިޑް19: މިއަދު 7 މީހަކު ނިޔާވެ، މިމަހު ނިޔާވި މީހުންގެ އަދަދު 39 އަކަށް

ކޯވިޑް19: މިއަދު 7 މީހަކު ނިޔާވެ، މިމަހު ނިޔާވި މީހުންގެ އަދަދު 39 އަކަށް

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް19 އަށް ފަރުވާހޯދަމުން ދިޔަ 7 މީހަކު ނިޔާވެ، މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދު 39 އަކަށް އަރައިފި އެވެ. މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 112 އަރާފައެވެ. މިއަދު އެންމެފަހުން ކޮވިޑް ޖެހިގެން ނިޔާވީ މިއަދު މެންދުރު 12:16 ހާއިރު އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ 62 އަހަރުގެ އަންހެނެއްކަމަށް ހެލްތު ޕްރޮޓްކެޝަން އޮތޯރިޓީ (އެޗްޕީއޭ) އިން މަޢުލޫމާތުދެއެވެ. މީގެއިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން […]

އަލީ އާދިލް
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުން ހޮވުން ޖޫން 12 ގައި

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުން ހޮވުން ޖޫން 12 ގައި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުން ހޮވުމުގެ އިންތިޚާބު 2021 ޖޫން 12 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފި އެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ގެ 59 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިޢުލާންކޮށްފައިވަނީ މިއަދު އެވެ. އީސީއިން ބުނެފައިވަނ...

އިބްރާހިމް އަސްވާޤް
ޓެރަރިސްޓް ޙަމަލާގެ ތަޙުޤީޤު ގާތުން ބެއްލެވުމަށް، ރައީސްގެ މަންދޫބެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ރައްޔިތެއް

ޓެރަރިސްޓް ޙަމަލާގެ ތަޙުޤީޤު ގާތުން ބެއްލެވުމަށް، ރައީސްގެ މަންދޫބެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ރައްޔިތެއް

ރައްޔިތުންގެ މަޖލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤު ގާތުން ބެއްލެވުމަށްޓަކައި ރައީސްގެ ޚާއްޞަ މަންދޫބެއް ޢައްޔަންކުރައްވައިފި އެވެ. ރައީސް އޮފީހުން ވިދާޅުވީ، 2021 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤާއި އެންމެހާ ކޯޓު މަރުޙަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީ...

އަލީ އާދިލް
އިތުރު މީހަކު ނިޔާވެ ރާއްޖެ، ޖުމްލަ އަދަދު 110 އަށް!

އިތުރު މީހަކު ނިޔާވެ ރާއްޖެ، ޖުމްލަ އަދަދު 110 އަށް!

ރާއްޖޭގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ. އެއީ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވީ ހެނދުނު 8:30 ގައެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 110 ވަނަ މީހާއެވެ. ރާއްޖޭގައި މިބަލީގެ ހާލަތު އަދިވެސް ރަނގަޅުވާން ފަށާފައި ނުވާއިރު އިއްޔެ ވެސް އިތުރު 1465 މީހަކަށް […]

ޙުސައިން ޝަހުދީ
ރާއްޖޭގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ އިންޑިއާ މީހަކު ނިޔާވެއްޖެ

ރާއްޖޭގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ އިންޑިއާ މީހަކު ނިޔާވެއްޖެ

ރާއްޖެގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ އިންޑިއާ ރައްޔިތަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އިންޑިއާ މީހަކު މިއަދު ހެނދުނު ނިޔާވެފަވާ ކަމަށެވެ. އެއީ 51 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. އޭނާ ނިޔާވީ ހެނދުނު 8:44 ގައެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 109 ވަނަ މީހާއެވެ. ރާއްޖޭގައި މިބަލީގެ ހާލަތު އަދިވެސް ވަރަށް ގޯސްކޮށް އޮތްއިރު، އިއްޔެ ވެސް އިތުރު 1465 […]

ޖަލްވާން ޖާދުﷲ
ކޯވިޑް ބަލީގައި ލާމުން 2 މީހަކު، މާލެއިން އެކަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި ލާމުން 2 މީހަކު، މާލެއިން އެކަކު ނިޔާވެއްޖެ

ރާއްޖޭގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ އިތުރު ތިން މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވީ ލ. ކޯވިޑް މެނޭޖެމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހަކާއި، އައިޖީއެމްއެޗް އެމެޖެންސީއަށް ގެނެވުނު މީހަކު ކޯވިޑް ބަލީގައި ނިޔާވެފަވާ ކަމަށެވެ. ލ. ކޯވިޑް މެނޭޖެމަންޓް ފެސިލިޓީގައި ނިޔާވި އެކަކު ނިޔާވީ ރޭ މެންދަމުން އަނބުރާ 1:54 ގައެވެ. އެއީ 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ ފެސިލިޓީގައި ނިޔާވި […]

ޙުސައިން ޝަހުދީ
ދެބިލެއް ރައީސް ތަޞްދީޤުކުރައްވައިފި

ދެބިލެއް ރައީސް ތަޞްދީޤުކުރައްވައިފި

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ބިލާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް ހަވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި އެވެ. ޤައުމީ ޕޭމަންޓް ސިސްޓަމްގެ ބިލަކީ، މި ހުސްވި އެޕްރީލް މަހުގެ 27 ވިީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 35 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަކީ (ޤާނޫނު ނަންބަރު 8/2021) ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަރސީކުރުމާއި ކަމާގުޅޭ އެންމެހައި […]

ތިލަދުން
ދިވެހި ރާއްޖޭގެ ރައްޔިތުން ތިބޭނީ ފަލަސްޠީނާއި އެކު: ރައީސް

ދިވެހި ރާއްޖޭގެ ރައްޔިތުން ތިބޭނީ ފަލަސްޠީނާއި އެކު: ރައީސް

ދިވެހި ރާއްޖޭގެ ރައްޔިތުން ތިބޭނީ ފަލަސްޠީނާއި އެކުކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ފަލްސްޠީންގެ ދިދަ ހިމަނުއްވާ މިއަދު ކުރި ޓުވީޓެއްގަ އެވެ. މިޓުވީޓުގައި ރައީސް ވަނީ ފަލަސްޠީން މިނިވަން ކުރުމަށްވެސް ގޮވާލާފަ އެވެ. އަދި ދިވެހި ރައްޔިތުން ތިބޭނީ ފަލަސްޠީން ރައްޔިތުންނާއި އެކުކަމަށް ވިދާޅުވެފައިވެއެވެ. The people of Maldives stand in solidarity with Palestine. #FreePalestine pic.twitter.com/lBGEG0jhXY — Ibrahim Mohamed Solih (@ibusolih) May […]

އިބްރާހިމް އަސްވާޤް
ކްލައިމެޓް އިމަރޖަންސީ ބިލު ތަސްދީޤު ކުރައްވައިފި

ކްލައިމެޓް އިމަރޖަންސީ ބިލު ތަސްދީޤު ކުރައްވައިފި

ކްލައިމެޓް އިމަރޖަންސީ ބިލު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ތަޞްދީޤުކުރައްވައިފިއެވެ. ކްލައިމެޓް އިމަރޖަންސީ ބިލަކީ މިދިޔަ މަހުގެ 29 ވި ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 37 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ކުލައިމެޓް އެމަރޖެންސީގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. އެއާއިއެކު މި ޤާނޫނަށް ޢަމަލުކުރަން ފެށުނީއެވެ. ކްލައިމެޓް އިމަރޖަންސީ ޤާނޫނަކީ (ޤ...

އިބްރާހިމް އަސްވާޤް
އިންޒާރަކާ ގުޅިގެން މަޖިލިސް އިދާރާގެ ސެކިއުރިޓީ ވަަރުގަދަ ކޮށްފި

އިންޒާރަކާ ގުޅިގެން މަޖިލިސް އިދާރާގެ ސެކިއުރިޓީ ވަަރުގަދަ ކޮށްފި

ރައްޔިތުންގެ މަޖިލީހަށް ނުރަށްކަލެއް އޮތްކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، މަޖިލީސް އިދާރާގެ ސެކިއުރިޓީ ވަރުގަދަ ކޮށްފިއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ވިދާޅުވީ، އެ މައުލޫމާތު ލިބިފައި ވަނީ ރޭގައި ކަމަށެވެ. އެކަން ހާމަކުރަށްވައި، އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، މަޖިލީސް އިދާރާއަށް ތްރެޓެއް އޮތް ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މަޖިލިސް އިމާރާތާ ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ މަތިކޮށްފައިވާ ކަމަށެވެ. މި ވަގުތުގެ ހާލަތު ބަލާ...

ޝިއުނާ އާދަމް
ކޯވިޑް ބަލީގައި 73 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި 73 އަހަރުގެ މީހަކު ނިޔާވެއްޖެ

ރާއްޖޭގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވީ އުުރުން 73 އަހަރުގެ އަންހެނެއް ކަމަށެވެ. އެމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލް ޑީއެޗް11ގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އޭނާ ނިޔާވީ މެންދުރު 12:10 ގައެވެ. މި އާއިއެކު ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިހާރު މިވަނީ 104 އަށް އަރާފަ އެވެ. އިއްޔެ ވެސް ރާއްޖެއިން އިތުރު 1،433 މީހުން މިބަށްޔަށް […]

ޔުމްނާ ޢަލީ