މިއީ ރާއްޖެއިން ކޯވިޑް-19 އިން މިންޖުވާ އިހުނަށްވުރެ ބޮޑަށް، އެންމެން ގުޅިގެން މަސައްކަތްކުރަންޖެހިފައިވާ ވަގުތެެއްކަމަށް ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ކޯވިޑް-19 ހާލަތު ގޯސްވެ ބަލިޖެހެމުންދާ މިންވަރު އިތުރުވެފައިވެ، އެހާލަތާމެދު ވިސްނާ އެކަން ވަޒަންކުރާއިރު އިހްސާސްކުރެވިގެންދަނީ ވަރަަށް ހިތްދަތި މަންޒަރެއް ކަމަށް އުގައިލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. މިހާތަަނަށް ރާއްޖެއިން ކޯވިޑް ޖެހިންގެން 103 މީހަކު ނިޔާވެފައިވާއިރު، 45،956 މީހުންވަނީ ޕްޒިޓިވްވެފައެވެ. ކޯވިޑް-19 އ...
އައިޝަތު އިލްމާ އަދުނާން
ނ. މާފަރު މީހެއްގެ ކޭޝް ކާޑު ވަގަށް ނަގައި ކެނދިކުޅުދޫ އޭ.ޓީ.އެމް އިން އެ ކާޑު ބޭނުންކޮށްގެން 20000 ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއް ގައި ހައްޔަރު ކުރި ދެމީހުން ކޯޓުން ދޫކޮށްލައިފި އެވެ. މޯލްޑިވްސް ޕޮލިސް ސާރވިސް އިން މިމައްސަލަ އާއި ގުޅިގެން ވިދާޅުވީ މިމައްސަލަ މާފަރު ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށެވެ. އެ މައްސަލައާ ގުޅިގެން މި މަހު 10 ވަނަ ދުވަހު 26 އަހަރުގެ މީހަކާއި 32 […]
އަލީ އާދިލް
ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 79 އަހަރުގެ އަންހެނަކު ރޭ 23:14 ގައި ނިޔާވެފައިވާ ކަމަށެވެ. މި އާއިއެކު ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިހާރު މިވަނީ 103 އަށް އަރާފަ އެވެ. އިއްޔެ އިތުރު 1،433މީހުން ޕޮޒިޓިވްވެ، މިހާތަނަށް މިބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 45،956އަށް އަރާފައެވެ. […]
އަލީ އާދިލް
މިއަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި، ރަން އަކުރުން ފެވިގެންދާނެ ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކައުންސިލަރުން ހުވާކުރެއްވުމާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުން އިޤްރާރުވުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، މިއަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި، ރަން އަކުރުން ފެވިގެންދާނެ ދުވަހެއް ކަމަށެވެ. “ސަބަބަކީ، މިއަދަކީ...
ޖަލްވާން ޖާދުﷲ
މިއަދު ހުވާކުރެއްވި ކައުންސިލަރުން، އެ ކައުންސިލެއް ނިސްބަތްވެ ވަޑައިގަންނަވާ ކައުންސިލް އިދާރާތައް ހިންގަންވާނީ ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ހައިސިއްޔަތަކުން ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކައުންސިލަރުން ހުވާކުރެއްވުމާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުން އިޤރާރުވުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ގެ ޚިޠާބުގައި ވަނީ މީގެ ކުރިން މަރުކަޒީ...
އަލީ އާދިލް
ނުރައްކާތެރި ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި އެއީ އުމުރުން 70 އަހަރުގެ މީހެކެވެ. އެމިހާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ދިވެހި އަންހެނެކެވެ. އެމީހާ ނިޔާވީ މއަދުގެ ހަވީރު 18:00 ގައެވެ. އަދި ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ މިހާރު ވަނީ 101 އަށް އަރާފަ އެވެ. ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެކްޓިވް […]
ޖަލްވާން ޖާދުﷲ
ކޯވިޑް-19ގެ ހާލަތު ތ. ގުރައިދޫގައި އިތުރަށް ގޯސްވެދާނެތީ އެރަށުގެ ބައެއް މީހުންގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ. ގުރައިދޫން ފުރަތަމަ މީހެއް ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މާލެ ދަތުރުކުރާ ބޯޓެއްގަ އުޅޭ ބަންގްލަދޭޝް މީހެކެވެ. ލ. އަތޮޅަށް ދަތުރުކުރުމަށްފަހު އެރަށަށްދިޔަ އެއް ގެއެއެއްގެ 5 މީހަކު ވެސް އެމީހާއާއި އެއްދުވަހު ޕޮޒިޓިވްވިއެވެ. އެމީހުން ޕޮޒިޓިވްވީ ރޯދަމަހުގެ ފަހު ހަފުތާގައެވެ. ގުރައިދޫ ސިއްހީ މަރުކަޒުން އާންމު ކުރިމައުލޫމާތަށް ބަލާއިރު އެރަށުން މިހާތަނަށް ނެގުނު 69 ސާމްޕަލްގެ ތެރެއިން 30 ސާ...
ޔުމްނާ ޢަލީ
ލޯކަލް ކައުންސިލްތަކަށް އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރައްވައިފި އެވެ. މިއަދު ހެނދުނު 9:00 އިން ފެށިގެން ކުރިއަށް ދިޔަ ރަސްމިއްޔާތުތަކުގައި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، މެންބަރުންނާއި، ރަށު ކައުންސިލްތަކުގެ ރައީސުންނާއި، މެންބަރުންވަނީ ހުވާކޮށްފަ އެވެ. ކައުންސިލަރުން ހުވާކުރުމުގެ އިތުރުން އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުނަށް މަގާމުގެ ލިޔުން ހަވާލު ކުރުން ވެސް މިއަދު އޮތެވެ. ގިނަ ކައުންސިލަރުން ހުވާ ކުރެއްވީ އޮންލައިން ކޮށެވެ. ނަމަވެސް މަދު ރަށްރަށުގ...
ޔުމްނާ ޢަލީ
ކޯވިޑް-19 ބަލީގައި އަނެއްކާ ވެސް ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވީ 64 އަހަރުގެ ފިރިހެނެކެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި އޭނާ ނިޔާވީ މިރޭ މެންދަމު 12:14 ގައެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލް ޑީއެޗް11ގައި ފަރުވާއަށް އެޑްމިޓްކޮށްފައި އޮތް މީހެކެވެ. މިއީ މިބަލީގައި މިއަދު ނިޔާވި 5 ވަނަ މީހާ އެވެ. އަދި ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ ވަނީ 99 އަށް އަރައިފަ އެވެ. މިއަދު މިބަލީގައި އިތުރު 4 […]
ޝިއުނާ އާދަމް
ނުރައްކާތެރި ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި އެއީ އުމުރުން 80 އަހަރުގެ މީހެކެވެ. އެމިހާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ދިވެހި އަންހެނެކެވެ. މިއީ މިބަލީގައި މިއަދު ނިޔާވި ހަތަރު ވަނަ މީހާ އެވެ. އަދި ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ ވަނީ 98 އަށް އަރައިފަ އެވެ. މިއަދު ކުރިން ނިޔާވި ތިން މީހުންނަކީ ވެސް ހުޅުމާލޭ މެޑިކަލް […]
ޔުމްނާ ޢަލީ
އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އުދުވާނާއި ގުޅިގެން، ދިވެހިން ފަލަސްތީނާއެކު ތިބިކަން ހާމަކޮށްދިނުމަށް ޚާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި ހަރަކާތަކީ، ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ރާއްޖޭއަށް މި ދަނޑިވަޅުގައި ކުރިމަތިވެފަ ކޯވިޑްގެ ނުރައްކާތެރި ހާލަތުގެ ސަބަބުން މިޙަރަކާތް ކުރިއަށްގެންދިއުމަށް ނިންމާފަ ވަނީ ގޭތަކުގެ ބެލްކަނީގައި ތިބެގެންނެވެ. މިޙަރަކާތް ރާވާ އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި، މިޙަރަކާތުގައި ބައި...
Thiladhun
ދިވެހި ބަހުގެ އުސްތާޒު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނޢޢވ) ލިބިވަޑައިގެންފައިވާ އަބްދުﷲ ސޯދިގު(ސޯދުބެ) ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އުމުރުފުޅުން 86 އަހަރުވެފައިވާ ސޯދުބެ، ކޯވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ގެންދަވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުންނެވެ. ސޯދުބެގެ އާއިލާއާއި ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފަވާގޮތުގައި، ސޯދުބެ ހޮސްޕިޓަލަށް ބަދަލު ކުރީ ހާލު ސީރިއަސް ވެގެން ނޫނެވެ. އަދި ސޯދުބެ ހޮސްޕިޓަލަށް ބަދަލު ކުރީ ކުއްލި އަކަށް ބަލި ބޮޑުވެދާނެ ކަމަށްޓަކައި...
ޔުމްނާ ޢަލީ
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ. މި ފުރުޞަތަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 މޭ 23 އަދި 24 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށް އެ އޮފީހުން ވިދާޅުވެއެވެ. މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެ ގޮތްވަނީ ހަމަޖ...
ޔުމްނާ ޢަލީ
ކޮވިޑް19 އަށް ފަރުވާހޯދަމުންދިޔަ 30 އަހަރުގެ އަންހެނަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ ޒުވާނާ ނިޔާވެފައިވަނީ ރޭފަތިހު 4:30 ގައި ކަމަށެވެ. މިއީ ދެ ދަރިންގެ މަންމައެކެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 96 ވަނަ މީހާއެވެ. މިޒުވާނާގެ އިތުރުން 81 އަހަރުގެ ފިރިހެނަކުވެސް ހަމަ އެހޮސްޕިޓަލުގައި ރޭ ނިޔާވެފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އެމީހާ ނިޔާވެފައިވަނީ ރޭ 2:38 ގައެވެ. މިދެމީހުންނަކީވެސް ދިވެހިންނެވެ. އި...
އިބްރާހިމް އަސްވާޤް
ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޯހުން ގޯހަށް ގޮސްފައި ވުމާއެކު، އަތޮޅުތަކުގައި އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޒަރޫރީ ބޭނުންތަކާއި، ސިއްހީ ފަރުވާ ހޯދަން ނޫނީ މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައޮތް އޮތުން އިތުރު 14 ދުވަހަށް ދަންމާލައިފިއެވެ. ޒަރޫރީ ބޭނުންތަކަށާއި، ސިއްހީ ފަރުވާ ހޯދުމަށް ޓަކައި މެނުވީ، މާލެ ސަރަޙައްދުގައި ހިމެނޭ މާލެ، ވިލިނގިލި، ހުޅުމާލެ، ގުޅިފަޅު އަދި ތިލަފުށި ފިޔަވައި، މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ […]
އައިޝަތު އިލްމާ އަދުނާން