މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ރާއްޖެ

16,867 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 869 ވަނަ ޞަފްޙާ

އުތުރުގެ 4 އަތޮޅުގައި ދަތި ޙާލުގައި ތިބި 366 ކުޑަކުދިންނަށް އާރކް އެއިޑްގެ އެހީ 

އުތުރުގެ 4 އަތޮޅުގައި ދަތި ޙާލުގައި ތިބި 366 ކުޑަކުދިންނަށް އާރކް އެއިޑްގެ އެހީ 

އުތުރުގެ 4 އަތޮޅުގައި ދަތި ޙާލުގައި ތިބި 366 ކުޑަކުދިންނަށާއި އެކުދިންގެ އާއިލާއަށް އާރކް އެއިޑްއިން އެހީ ފޯރުކޮށްދީފިއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރެންއިންގެ (އާރކް) ޙާއްސަ ފްރޮގްރާމް “އާރކް އެއިޑް” ގެ ދަށުން 55 ރަށުގައި ދަތި ޙާލުގައި ތިބި 1800 އަށްވުރެ ކުދިންނަށް އަސާސީ ކާބޯތަކެތީގެ އެހީތެރިކަންވަނީ ފޯރުކޮށްދީފިއެވެ. އެޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުތުރުގެ 4 އަތޮޅުގެ ތެރެއިން ހއ. އަތޮޅުގެ 5 ރަށުން 26 ކުދިންނާއި […]

އިބްރާހިމް އަސްވާޤް
އެމްއެމްޕީއާރުސީގެ ފައިސާއެއް ނުލިބޭ، އަޅުގަނޑަކީ ބޮޑު ޚިޔާނާތުގެ ބައިވެރިއެއް ނޫން: ޢަލީ

އެމްއެމްޕީއާރުސީގެ ފައިސާއެއް ނުލިބޭ، އަޅުގަނޑަކީ ބޮޑު ޚިޔާނާތުގެ ބައިވެރިއެއް ނޫން: ޢަލީ

އެމްއެމްޕީއާރުސީގެ ފައިސާ ލިބިފަ ނުވާކަމަށާއި، އޭނާއަކީ ބޮޑު ޚިޔާނާތުގެ ބައިވެރިއެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީ ގެ ޖޮއިންޓް ކޮމިޓީއެއް އެކުލަވާލައި އެމްއެމްޕީއާރުސީގެ މައްސަލަ ބަލައި އެ ކޮމިޓީއިން މިއަދު ވަނީ ރިޕޯޓު ފާސްކޮށްފަ އެވެ. އެ ރިޕޯޓު ފާސްކޮށްފައި ވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ހިޔާނާތުގެ ލިސްޓު އެއްވެސް އުނި އިތުރެއް ނުގެނެސް ކަމަށް އެ ކޮމެޓީއިން ވަނީ ބުނެފަ […]

އަލީ އާދިލް
ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ނެރުނު ރީނދޫ ސަމާލުގެ ވަގުތު ދަންމާލައިފި

ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ނެރުނު ރީނދޫ ސަމާލުގެ ވަގުތު ދަންމާލައިފި

ރާއްޖޭގެ އުތުރަށް މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ނެރުނު ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފި އެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ކުރިން މިސަރަހައްދަށް ނެރުނު ސަމާލުގެ ވަގުތު ހަމަވީ މިރޭ 22:00 އަށެވެ. އެހެންކަމުންމިހާރު އެ ސަމާލުގެ ވަގުތު ވަނީ ފަތިހު 4:00 އާއި ހަމައަށް ދަންމާލާފަ އެވެ. ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ […]

ޔުމްނާ ޢަލީ
އޮޑިޓާ ޖެނެރަލް އިސްތިއުފާ ދެއްވައިފި

އޮޑިޓާ ޖެނެރަލް އިސްތިއުފާ ދެއްވައިފި

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އިސްތިއުފާ ދެއްވައިފި އެވެ. އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މަގާމުން މި އިސްތިއުފާ ދެއްވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވޭ މީހުންގެ ލިސްޓްގައި ނަން ހިމެނިފަ ވަނިކޮށެވެ. ޒިޔަތު އިސްތިއުފާ ދެއްވިކަން އަދި ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރުކޮށް ނުދެއްވި ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި އޭނާ ވަނީ މީގެ ކުޑައިރުކޮޅެއްކުރިން އިސްތިއުފާ ދެއްވިކަމުގެ ސިޓީ މަޖިލީހުގެ ރައީސަށް ފޮނުއްވާފަ އެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީ ގެ […]

ޔުމްނާ ޢަލީ
ސަމާލުވޭ! ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ސަމާލުވޭ! ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ރާއްޖޭގެ އުތުރަށް މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ތ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭގެ 19:00 އިން ފެށިގެން މިރޭގެ 22:00 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި […]

ޖަލްވާން ޖާދުﷲ
މާލެއިން 21 އަހަރުގެ އަންހެންކުއްޖެއް ގެއްލިގެން ހޯދަނީ

މާލެއިން 21 އަހަރުގެ އަންހެންކުއްޖެއް ގެއްލިގެން ހޯދަނީ

މާލެ ސިޓީގެ މާލެއިން އުމުރުން 21 އަހަރުގެ އަންހެންކުއްޖެއް ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ، ގެއްލިގެން ހޯދަމުންދަނީ މ. ގޯބިލިގަސްދޮށުގެ، 21 އަހަރުގެ، އާމިނަތު ހުމައިނާ ޒަކަރިއްޔާ އެވެ. އާމިނަތު ހުމައިނާ ޒަކަރިއްޔާ ވީނުވީއެއް ނޭނގި ގެއްލުނީ މި މެއި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:15 އިން ފެށިގެން ނެވެ. އާއިލާގެ ފަރާތުން ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފަނުވާކަމަށް ފުލުހުން […]

ޔުމްނާ ޢަލީ
ޓެރަރިޒަމަށް ހިތްވަރު ދޭ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަނީ

ޓެރަރިޒަމަށް ހިތްވަރު ދޭ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަނީ

ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރާ ސިވިލް ސާވިސް މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ. ސީއެސްސީއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ، ސިވިލް ސާވިސް މުވައްޒަފުން ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމާއި މުޖްތަމައުގައި އުޅޭ އުޅުމުގައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދިނުމާއި އެފަދަ ފޮޓޯ އާއި ވީޑިއޯ އާންމުކުރާ ނަމަ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ކަން ދޭހަވާ އެއްވެސް ކަމެއް […]

އަލީ އާދިލް
މޫސުން ގޯސްވެ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވެ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވުމުގެ ސަބަބުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ހުދު ސަމާލު ނެރެފައިވަނީ މިއަދު މިރޭގެ 22:30  އިން ފެށިގެން މިރޭ މެންދަމު 03:30 އާއި ހަމައަށް ކަމަށެވެ. މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، އަދި 40 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު، އިއްޔެ މެޓުން ވަނީ މިއަހަރުގެ […]

ޖަލްވާން ޖާދުﷲ
ރާއްޖެއިން އިތުރު 1501 މީހަަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 1501 މީހަަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 1501 މީހަަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި މިއަދު އިތުރަށް ޕޮޒިޓިވްވިކަމަށް ނަތީޖާ ލިބުނު މީހުންގެ ތެރެއިން 1229 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. 267 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 7 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިދިޔަ ސައުވީސް ގަޑިއިރުތެރޭ ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވީ 662 ސާމްޕަލެވެ. ބާކީ ސާމްޕަލް ތަކަކީ މީގެ ދެތިން ހަތަރު ދުވަސްކުރިން ނެގި ސާމްޕަލްތަކެވެ...

ޖަލްވާން ޖާދުﷲ
މި އަހަރުގެ ފިތުރު ޢީދު ދުވަހަކީ ބުރާސްފަތި ދުވަސް

މި އަހަރުގެ ފިތުރު ޢީދު ދުވަހަކީ ބުރާސްފަތި ދުވަސް

މި އަހަރުގެ ފިތުރު ޢީދު ދުވަހަކީ އަންނަ ބުރާސްފަތި ދުވަސްކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ހަނދު ސާބިތު ކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ޖަލްސާއަށްފަހު އެ މިނިސްޓްރީން ނެރުނު ހަނދާބެހޭ ބަޔާނުގައެވެ. ވުމާއިއެކު މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަހަކީ 12 މެއި 2021 ވާ ބުދަދުވަހެވެ. އެ މިނިސްޓްރީން މިކަމާއި ގުޅިގެން އާންމުކުރި ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ރަމަޟާން މަހުގެ 29 ވީ އަންގާރަ […]

އިބްރާހިމް ޚަލީލް
ރެސްޓޯރެންޓް، ހޮޓާ އެތެރޭގައި ތިބެގެން ކެއިންބުއިން މަނާކޮށް، އިތުރު ފިޔަވަޅުތަކެއް!

ރެސްޓޯރެންޓް، ހޮޓާ އެތެރޭގައި ތިބެގެން ކެއިންބުއިން މަނާކޮށް، އިތުރު ފިޔަވަޅުތަކެއް!

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލޭ)ގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިން މަނާކޮށް، އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ، މާލެ ސަރަޙައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިން މަނާކުރި ނަމަވެސް އެތަންތަނުން މެންދަމު 12 އާއި ހަމައަށް ޑެލިވަރީގެ ޚިދުމަތާއި، ޓޭކް އަވޭގެ ޚިދުމަތް ދެވޭނެ އެވެ. މާދަމާއިން ފެ...

ޖަލްވާން ޖާދުﷲ
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން މަނާކޮށްފި

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން މަނާކޮށްފި

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލޭ)ގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން މަނާކޮށްފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މާދަމާއިން ފެށިގެން އެއް ހަފުތާގެ މުއްދަތަށް މި ނިންމުން ތަންފީޒު ކުރުމަށް އަންގާފަ އެވެ. މީގެއިތުރުން މާދަމާއިން ފެށިގެން 1 ހަފުތާގެ މުއްދަތަށް މާލެ ސަރަޙައްދުގައި ހަވީރު 04:00 އިން ފަތިހު 4:00 އާއި ދެމެދު ބޭރަށް ނިކުމެ އުޅުން ވެސް ވަނީ މަނާކޮށްފަ […]

ޔުމްނާ ޢަލީ
ރައީސް ނަޝީދަށް ދިން ޙަމަލާ، ވަޒީރުންގެ މަޖިލީހުން ކުށްވެރިކުރައްވައިފި

ރައީސް ނަޝީދަށް ދިން ޙަމަލާ، ވަޒީރުންގެ މަޖިލީހުން ކުށްވެރިކުރައްވައިފި

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ނުރައްކާތެރި ޙަމަލާ، ވަޒީރުންގެ މަޖިލީހުން ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފިއެވެ. އޮންލައިންކޮށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައި، މިއީ، ޓެރަރިޒަމްގެ ވަރަށް ނުރައްކާތެރި ޢަމަލެއްކަމަށް ރައީސް ޞާލިޙް ވިދާޅުވިކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ. ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސް ޞާލިޙް ދ...

ޔުމްނާ ޢަލީ
ލޮޖިސްޓިކް މަސައްކަތްކުރާ ފަރާތްތަކާއި، މުދާ އުފުލާ ދޯނިތަކުގެ މީހުން ތިބީ ކަންބޮޑުވެ ގޮތް ހުސްވެފައި: ރާޢީ

ލޮޖިސްޓިކް މަސައްކަތްކުރާ ފަރާތްތަކާއި، މުދާ އުފުލާ ދޯނިތަކުގެ މީހުން ތިބީ ކަންބޮޑުވެ ގޮތް ހުސްވެފައި: ރާޢީ

ރާއްޖޭގައި ލޮޖިިސްޓިިކް މަސައްކަތްކުރާ ފަރާތްތަކާއި، ޝިޕިންގް ކުންފުނިތައް އަދި މުދާ އުފުލާ ދޯނިތަށް ތިބީ، އެފަރާތްތަށް ކުރަމުން ގެންދާ ވިޔަފާރި ތަކާއިމެދު ކަންބޮޑުވެ ގޮތް ހުސްވެފައިކަމަށް ވިދާޅުވެ، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ. ރާޢީ މިކަންބޮޑުވުން ފާޅުކުރެއްވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އަތޮޅުތަކަށް ކޮންޓެއިނާ ފެރީ ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް ބުނުމުންނެވެ. އެމްޕީއެލްއާއި ހަވާލާދީ އޮންލައިން ނޫހަކުން ވަނީ، އަންނަ ޖޫން...

އަލީ އާދިލް
އިންތިހާބީ ކައުންސިލަރުން ހުވާކުރާނީ އޮންލައިންކޮށް: އެލްޖީއޭ

އިންތިހާބީ ކައުންސިލަރުން ހުވާކުރާނީ އޮންލައިންކޮށް: އެލްޖީއޭ

ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގުޅިގެން އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުން ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެ އެވެ. ކައުންސިލަރުން ހުވާކުރުމަށް ކަނޑައަޅާފައިވާ ތާރީހަށް ބަދަލު ގެނައުމަށް ނިންމާފައި ނުވާ ކަމަށް ވެސް އެލްޖީއޭއިން ވިދާޅުވެއެވެ. ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލްޖީއޭގެ ޑިރެކްޓާ...

ޖަލްވާން ޖާދުﷲ