ފުރަބަންދަކަށް ނުގޮސް، ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ގުޅީފަޅު، ތިލަފުށި، ހުޅުލެ)ގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަން ސަރުކާރުން ނިންމައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ކޯވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. “ލޮކްޑައުންއެއް ކުރުމަށް ނިންމާފައެއް ނުވޭ...
ޙުސައިން ޝަހުދީ
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ ސަރައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ. މިއީ މިސަރަހައްދު ތަކަށް މިއަދު ހުދު ސަމާލު ނެރުނު ދެވަނަ ފަހަރެވެ. ފުރަތަމަ ނެރުނު ސަމާލުގެ ވަގުތު ހަމަވީ ހެނދުނު 9:30 އަށެވެ. މިފަހަރުގެ ސަމާލުގެ ވަގުތަކީ މެންދުރު 13:45 އިން ހަވީރު 17:45 އަށެވެ. މި ސަމާލުގެ ވަގުތުގައި އެ ސަރަހައްދުތަކަށް ކަނޑު ގަދަވެ، ގަޑިއަކު 19 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ […]
ޔުމްނާ ޢަލީ
ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފާރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވާން އެދޭކަމަށާއި، ވަކިން ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އެދޭކަމަށެވެ. ހުޅަނގު މޫސުގެ ދުވަސްވަރު ކަމަށް ވުމުން ކުރިއަށް އޮތް 4 ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް އެ އިދާރާއިން ލަފާކުރަށްވައެވެ. ހާއްސަކޮށް ރާއްޖޭގެ އިތުރާ...
ޝިއުނާ އާދަމް
ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގު، ކުރިއަށް ގެންދަވަނީ ވަރަށް އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފަޔާއި އެއްގޮތަށް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ސީޕީ ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރެވިގެން 6 މެއި ގައި ދެވުނު ޓެރަރިސްޓް ހަމަލާއާއިގުޅޭ ތަހުގީގު، ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދަވަނީ ވަރަށް އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފައާއި އެއްގޮތަށް ކަމަށެވެ. މިފަދަ މ...
އަލީ އާދިލް
ނުރައްކާތެރި ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 66 އަހަރުގެ ފިރިހެނެކެވެ. އެމީހާއަކީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދިވެއްސެކެވެ. އޭނާ ނިޔާވީ ހެނދުނު 8:07 ގައެވެ. ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމުން މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 124 އަށް އެރީއެވެ. މިބަލީގައި ރޭ ވަނީ 39 އަހަރުގެ ދިވެހި އަންހެނެއް ވެސް ނިޔާވެފައެވެ. އަދި އިއްޔެ ހަވީރު އުމުރުން […]
ޝިއުނާ އާދަމް
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ ސަރައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ. އެކަންހާމަކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ވ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން މޫސުމަށް ސަމާލުވުމަށް ދޭ އިރުޝާދުގެ ދަށުން، އެސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދު 9:30 އާއި […]
ޙުސައިން ޝަހުދީ
ފަލަސްޠީން އާއި ދެކޮޅަށް ހައްދުފަހަނަ އެޅި އިޒްރާއިލުން ދެމުންގެންދާ ހަމަލާތަކާއި ދެކޮޅަށް ދިވެހިން އެއްތަންކުރި “މޯލްޑިވްސް ސްޓޭންޑް ވިތު ފަލަސްތީން” ގުރޫޕް ފޭސްބުކުން ބޭންކޮށްފި އެވެ. އެގްރޫޕްގެ ފައުންޑިން މެންބަރަކު މިނޫހަށް މަޢުލޫމާތު ދެމުން ބުނީ އެ ގްރޫޕް ވުޒޫދުން ގެއްލުނުއިރު މެމްބަރުންގެ ގޮތުގައި 50،000 އާ ގާތްކުރާ އަދަދަކަށް މީހުން ތިބި ކަމަށެވެ. މިގުރޫޕް އެކްޓިވްކޮށް މަސައްކަތް ކުރަން ފެށިތާ މިވީ ހަފްތާއެކެވެ. އިޒުރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމާލަތަކާ ދެކޮޅަށް އަޑުއުލުމަށްޓަކައި...
ތިލަދުން
ކޯވިޑު-19 ގައި މިއަދު ރާއްޖެއިން ދެވަނަ މީހަކު ނިޔާވެ މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 122 އަށް އަރައިފި އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މި ބަލީގައި އެންމެފަހުން ނިޔާވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ އަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެއް ކަމަށާއި އޭނާ ނިޔާވެފައިވަނީ މިއަދު ހަވީރު 4:15 ހާއިރު ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މިއީ މި މަހު މި ބަލީގައި […]
އިބްރާހިމް އަސްވާޤް
ކޯވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ 48 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ. މިއީ ކޯވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 121 ވަނަ މީހާއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވިދާޅުވިގޮތުގައި އޭނާއަކީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާއަށް އެޑްމިޓް ކޮށްފައި އޮތް މީހެކެވެ. އޭނާ ނިޔާވީ މެންދުރު 12:02 ގައެވެ. ހުޅުމާލޭ ފެސިލިޓީގައި ފަރުވާއަށް އެޑްމިޓް ކޮށްފައި އޮތް 57 އަހަރުގެ ދިވެހި އަންހެނެއް ވެސް ރޭ އިރާކޮޅު ނިޔާވިއެވެ. ރާއްޖެއިން ރެޔާއި ހަމައަށް ޖުމްލަ 52،045 […]
ޝިއުނާ އާދަމް
ޔަހޫދީންގެ ފަނާކުރަނިވި ރޮކެޓު ހަމަލާތަކުގައި އަނިޔާވި ފަލަސްތީނީންނަށް ދިވެހިންގެ އެހީ ލިބެންފަށައިފިއެވެ. އެގޮތުން މިއަދު ޣައްޒާގެ އުތުރުގައި ހުންނަ ބޮޑު ހޮސްޕިޓަލެއްކަމަށްވާ “އިންޑޮނީސިއާ ހޮސްޕިޓަލް” އަށް މިވަނީ ދިވެހީންގެ އެހީގައި 20 ވީލްޗެއަރ ހަދިޔާކުރެވިފައެވެ. ރާއްޖޭގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން މެދުވެރިކޮށް ގެންދަނީ ދިވެހިންގެ އެހީ ޣައްޒާއަށް މި އުނދަގޫ ދަނޑިވަޅުގައިވެސް ފޯރުކޮށްދެމުންނެވެ. މިދިޔަ ހަފްތާގައި އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން...
ތިލަދުން
މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދިނުމަށް، މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ. މުއިއްޒު މިހެން ގޮވާލެއްވީ، މާލޭގެ ކޯވިޑްގެ ހާލަތު އިހުނަށްވުރެއް ގޯސްވެ ވަކި ގަޑިތަކެއްގައި ކާފިއު ހިންގާފައިވާ ދަނޑިވަޅެއްގައެވެ. މިރޭ ކުރެއްވި ޓްވީޓެއްގައި މުއިއްޒު ވިދާޅުވީ ކޯވިޑް 19 ގެ ނުރައްކާތެރި މި ޙާލަތުގައި، މާލޭގައި ގިނަ ވަގުތު ކާފިޔު އިޢުލާންކޮށްފައި އޮންނާތީ، ގިނަ ބައެއްގެ ޢާމްދަނީއަށް އަސަރުކޮށްފައިވާ ކަމަށެވެ. “މާލޭގައި ދިރިއުޅޭ ރައ...
އަލީ އާދިލް
ރާއްޖޭގެ ވެރިކަންކުރާ މާލެ ސަރަހައްދު އަނެއްކާވެސް ލޮކްޑައުންކުރަން އުޅޭވާހަކަ ސަރުކާރުން ދޮގުކޮށްފި އެވެ. ހާލަތު ގޯސްވުމުގެ ސަބަބަބުން މި ހަފުތާގެ ތެރޭގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ބަންދުކުރަން ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށް އެއަޑު ގަދަވެފައިވައިވަނިކޮން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެފަދަ ނިންމުމެއް އަދި ނިންމާފައި ނުވާ ކަމަށެވެ. މިމޭރުމުން މަބްރޫކް ޓުވީޓު ކުރެއްވި ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެ...
އަލީ އާދިލް
ނުރައްކާތެރި އިންފެކްޝަނެއް ކަމަށްވާ “ބްލެކް ފަންގަސް” ނުވަތަ “ކަޅު ފަންގަސް” ދެނެގަނެވޭނެގޮތެއް، އަދި މިފަންގަސްއިން ރައްކާތެރިވުމަށް ދޭ ބޭހެއް ރާއްޖޭގައި ގައި ނެތް ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ. މަޢޫލޫމާތު ލިބިފައިވާ ގޮތުގައި ބްލެކް ފަންގަސް ހުރި ކަމަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިގެން ޓެސްޓުތައް މިއަދު ވަނީ ހަދަން ފަށާފައެވެ. ބްލެކް ފަންގަސް ހުރި ކަމަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިފައިވާއިރު ޑރ.ފައިސަލް މިރޭ ކުރެއްވި ޓްވީ...
އިބްރާހިމް އަސްވާޤް
ކޯވިޑް19 އިން ރާއްޖެއިން މިއަދު ޕޮޒިޓީވްވި މީހުންގެ އަދަދު އިންތިހާއަށް މައްޗަށްގޮސްފި އެވެ. އެޗްޕީއޭއިން މިއަދު އާންމުކުރި މަޢުލޫމާތައް ބަލާއިއިރު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މިބައްޔަށް 691 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެޗްޕީއެން ކުރި ޓުވީޓުގައި ބުނެފައިވަނީ ބާކީތިބި 1503 މީހުންނަކީ އެކިދުވަސް މަތިން ބެކްލޮގްގެ ގޮތުގައި ރިޕޯޓް ކުރެވިފައިވާ ފަރާތްތައް ކަމަށެވެ. މިއާއި އެކު އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ބަލި ޖެހިފައިތިބި މީހުންގެ އަދަދުވަނީ 20276 އަކަށް އަރާފަ އެވެ. ރާއްޖެއިން [...
އިބްރާހިމް އަސްވާޤް
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) މަގާމުތަކުން ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އަޙްމަދު ޢީސާ އެކަހެރިކޮށް ތަޙްޤީޤު އަވަސްކުރުމަށް އެޕާޓީން ގޮވާލައިފި އެވެ. އެމްޑީޕީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އެމް.ޑީ.ޕީގެ މެމްބަރ އަޙްމަދު ޢީސާގެ މައްޗަށް ގެވެށިއަނިޔާގެ ކުށްތަކެއްގެ ސީރިއެސް ތުޙުމަތުތަކެއް ކުރެވިފައިވާތީ، އޭނާގެ މައްޗަށް ތުޙުމަތުކުރެވޭ އެ ޢަމަލާ މެދު ކަންބޮޑުވެ، އެކަން ހަރުއަޑުން ކުށްވެރިކުރާކަ...
ޔުމްނާ ޢަލީ