ކުނިވަސްދުވާތީ ބެލިއިރު، 27 އަހަރުގެ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
ކުނިވަސްދުވާތީ ބެލިއިރު، 27 އަހަރުގެ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން ފުލުހުން ބުނީ ގަލޮޅުގެ ގެއެއްގައި ކުނިވަސް ދުވާތީ ބެލިއިރު މަރުވެ ގިނަ ދުވަސްވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައި ވަނީ 27 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އެ މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިރޭ 2:33 ގައިކަމަށް ފުލުހުން ވިދާޅުވި އެވެ. އެ ސީނު ޕްރޮސެސްކޮށް ބަލަންޖެހޭ ކަންކަން ބެލުމުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެ […]