ކޯވިޑް ބަލީގައި 100 އަހަރުގެ މީހަކު ނިޔާވެއްޖެ
ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި، ނިޔާވީ އުމުރުން 100 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާ ދެމުން ދިޔަ މީހެކެވެ. އެމީހާ ނިޔާވީ ހެނދުނު 9:33 ގައެވެ. މިއީ މިއަދު ނިޔާވި ދެވަނަ މީހާއެވެ. މިއަދު ފުރަތަމަ ނިޔާވީ 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އެމީހާ ނިޔާވީ ރޭ މެންދަމު 12:19 […]