މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 69 ވަނަ ޞަފްޙާ

އާސިފް އާއިލާއަށް ރައީސްގެ ތައުޒިޔާ

އާސިފް އާއިލާއަށް ރައީސްގެ ތައުޒިޔާ

ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވި ހއ. އުލިގަމަށް ނިސްބަތްވާ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފް ރޭ ނިޔާވެފައިވާއިރު، އާސިފްގެ ޢާއިލާ އަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ. ރައީސް ތައުޒިޔާ މެސެޖުގައި ވިދާޅުވީ، މަޤާމުގެ ވާޖިބު އަދާކުރެއްވުމަށް ޑިއުޓީގައި ކަނޑުމަތީގައި މަސައްކަތްކުރައްވަނިކޮށް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފް ނިޔާވި ޚަބަރު އަޑުއެހީ ފުންހިތާމައާއެކު ކަމަށެވެ. “މަރްޙޫމުގެ ޢާއިލާއަށް ކެތްތެެރިކަން ދެއްވުން...

ޝިއުނާ އާދަމް
ވޭވަށު ކައުންސިލްގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން އެމްޑީޕީގެ ކެންޑިޑޭޓަށް ކާމިޔާބުވެއްޖެ

ވޭވަށު ކައުންސިލްގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން އެމްޑީޕީގެ ކެންޑިޑޭޓަށް ކާމިޔާބުވެއްޖެ

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މ. ވޭވަށު ކައުންސިލްގެ ވޯޓުތަކެއްގައި ތިކިތަކެއް ހުރުމުން އެ ވޯޓުތައް ބާތިލް ކުރުމުން އެ ކައުންސިލްގެ ގޮނޑިއެއް ޕީއެންސީއަށް ލިބިފައި ވަނިކޮށް އެ ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. މ. ވޭވަށު ކައުންސިލްގެ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކޮށްފައި ވަނިކޮށް އެ ގޮނޑި ޕީއެންސީއަށް ލިބުނީ ތިކިތަކެއް ހުރި ވޯޓު ކަރުދާސްތަކެއް ސައްހަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް އެ މައްސަލަ ޕީއެންސީގެ ކެންޑިޑޭޓްގެ ފަރާތުން ހައި […]

ހުސައިން ހަބީބް
އޮޕަރޭޝަނެއްގައި އުޅުނު އުލިގަމަށް ނިސްބަތްވާ ފުލުހަކު ނިޔާވެއްޖެ

އޮޕަރޭޝަނެއްގައި އުޅުނު އުލިގަމަށް ނިސްބަތްވާ ފުލުހަކު ނިޔާވެއްޖެ

ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވި ފުލުހަކު ނިޔާވެއްޖެއެވެ. 2026 ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ ސީނިއާ ސާޖަންޓް އަޙްމަދު އާސިފް އެވެ. އާސިފަކީ ހއ. އުލިގަމަށް ނިސްބަތްވާ ފުލުހެކެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 34 އަހަރެވެ. ފުލުހުން ބުނިގޮތުގައި “ޕޮލިސް ލޯންޗް 57” ގައި ޑިއުޓީގައި ތިބި ފުލުހުންގެ ތެރެއިން އޮފިސަރެއްކަމުގައިވާ އާސިފް ގެއްލިފައިވާކަން ސަމާލުކަމަށް އައުމާއެކު، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ވަގުތުން ފަށާފައެވެ. […]

ޔުމްނާ ޢަލީ
ވޯލްޑް ކަޕްގައި ރައީސްގެ ޓީމަކީ އާޖެންޓީނާ، ދެވަނަ ޗޮއިސްއަކީ އިނގިރޭސިވިލާތް

ވޯލްޑް ކަޕްގައި ރައީސްގެ ޓީމަކީ އާޖެންޓީނާ، ދެވަނަ ޗޮއިސްއަކީ އިނގިރޭސިވިލާތް

މާދަމާ ރޭ ފަށާ ފީފާ ވޯލްޑް ކަޕް 2026 ގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ސަޕޯޓުކުރައްވަނީ އާޖެންޓީނާއަށް ކަމަށް އެމަނިކުފާނު މިއަދު ހާމަކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ވޯލްޑް ކަޕުގެ ރަސްމީ ބޯޅަތަކެއްގައި ސޮއިކުރުމަށް ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ޙަރަކާތެއްގެ ތެރެއިންނެވެ. ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަކީ ވަރަށް ކުޑައިރުއްސުރެ އާޖެންޓީނާގެ ސަޕޯޓަރެއް ކަމަށެވެ. “އަޅުގަ...

ޔުމްނާ ޢަލީ
ވޭވަށު ކައުންސިލްގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން މާދަމާ ގޮތެއް ނިންމަނީ

ވޭވަށު ކައުންސިލްގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން މާދަމާ ގޮތެއް ނިންމަނީ

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މ. ވޭވަށު ކައުންސިލްގެ ވޯޓުތަކެއްގައި ތިކިތަކެއް ހުރުމުން އެ ވޯޓުތައް ބާތިލް ކުރުމުން އެ ކައުންސިލްގެ ގޮނޑިއެއް ޕީއެންސީއަށް ލިބުނު މައްސަލާގެ ހުކުމް މާދަމާ އިއްވަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ. މ. ވޭވަށު ކައުންސިލްގެ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކޮށްފައި ވަނިކޮށް އެ ގޮނޑި ޕީއެންސީއަށް ލިބުނީ ތިކިތަކެއް ހުރި ވޯޓު ކަރުދާސްތަކެއް ސައްހަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް އެ މައްސަލަ ޕީއެންސީގެ ކެންޑިޑޭޓްގެ ފަރާތުން ހައި […]

ހުސައިން ހަބީބް
ޝަމްއާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް: އިހުސާން

ޝަމްއާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް: އިހުސާން

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދު ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އަދި ސަރުކާރުގެ އިސްވެރިންނަށް އަމާޒުކުރައްވަމުން ގެންދަވަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޝަމްޢާންގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކުގެ ހުކުމް އިއްވުމާ ގާތްވެފައި ވަނިކޮށް އޭނާ މީޑިއާގައި އިއްޔެ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އިޙްސާން ވިދާޅުވީ،...

އަލީ އާދިލް
ބައްސާމްގެ ދެ އެޕާޓްމެންޓާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރަން ހައި ކޯޓުން އަމުރުކޮށްފި

ބައްސާމްގެ ދެ އެޕާޓްމެންޓާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރަން ހައި ކޯޓުން އަމުރުކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އަމިން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމެންޓާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރަން ހައި ކޯޓުން އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް އަމުރެއް ނެރެފި އެވެ. އެފްއޭއެމްގެ ފައިސާތަކަކަށް ހިޔާނާތްތެރިވެ, އެ ފައިސާ ބޭނުންކޮށްގެން އަމިން އެވެނިއުގެ އެޕާޓްމެންޓްތަކެއް ގަތް ކަމަށް ބުނެ ބައްސާމްގެ މައްޗަށް ދައުލަތުން ދައުވާކޮށް, ބައްސާމްގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ މައްސަލާގައި […]

ހުސައިން ހަބީބް
ޕީއެންސީއާއި ފިކުރު ކުރިއެރުވުމަށް މިހިރީ ވަރަށް ގަދަކޮށް ރައީސް މުޢިއްޒާއެކު: ޒަމީރު

ޕީއެންސީއާއި ފިކުރު ކުރިއެރުވުމަށް މިހިރީ ވަރަށް ގަދަކޮށް ރައީސް މުޢިއްޒާއެކު: ޒަމީރު

މާލީ ވަޒީރުކަމުގެ މަގާމުން އިސްތިއުފާދެއްވި ނަމަވެސް ވެރިކަންކުރާ ޕީއެންސީ އާއި އެ ޕާޓީގެ ފިކުރު ކުރިއެރުވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއެކު ގަދަކޮށް ހުންނެވިކަމަށް ކުރީގެ މާލީ ވަޒީރު މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެއެވެ. ޒަމީރު މިހެން ވިދާޅުވީ ޕީއެންސީން ރޭ ބޭއްވި އެ ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޒަމީރު ވަޒީރުކަމުން އިސްތިއުފާދެއްވީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އޭނާ އިސްތިއުފާދެއްވީ ސިއްހީ ސަބަބުތަކަށްޓަކައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ ޕީއެންސީން ރޭގައި […]

އަލީ އާދިލް
ރައީސަށް ނިސްބަތްކޮށް ޝަމްޢާން ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް: ތަރުޖަމާނު

ރައީސަށް ނިސްބަތްކޮށް ޝަމްޢާން ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް: ތަރުޖަމާނު

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދު މިއަދު މީސް މީޑިއާގައި ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިއާގައި އެ ދެއްކެވީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. ޝަމްޢާން މ...

އަލީ އާދިލް
ޝަމްއާން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ޝަމްއާން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށްފަހު އެ މީހާ ބަންދުން ދޫކޮށްލި މައްސަލާގައި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މިދިޔަ އަހަރުގެ މާޗް މަހު ޝަމްއާން މަގާމުން ވަކިކޮށް, އޭނާ ހައްޔަރުކުރީ 500،000ރ. އާއެކު އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއަކު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް އެ މީހާ އަތުން ފައިސާ އަތުލައިގެން ޝަމްއާންގެ ގ...

ހުސައިން ހަބީބް
ޝަމްއާންގެ މައްޗަށް ތިން ދައުވާ ސާބިތުވެއްޖެ, ޕީޖީން އެދެނީ ބޮޑު ހުކުމަކަށް

ޝަމްއާންގެ މައްޗަށް ތިން ދައުވާ ސާބިތުވެއްޖެ, ޕީޖީން އެދެނީ ބޮޑު ހުކުމަކަށް

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކުރާ ހުރިހާ ދައުވާތަކެއް ވެސް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ނިންމައިފި އެވެ. މިދިޔަ އަހަރުގެ މާޗް މަހު ޝަމްއާން މަގާމުން ވަކިކޮށް, އޭނާ ހައްޔަރުކުރީ 500،000ރ. އާއެކު އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއަކު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް އެ މީހާ އަތުން ފައިސާ އަތުލައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ބުނެ އެވެ. އެ […]

ހުސައިން ހަބީބް
އާދަމް ނަސީރު އިބްރާހީމް މަޤާމުން އިސްތިއުފާ ދެއްވައިފި

އާދަމް ނަސީރު އިބްރާހީމް މަޤާމުން އިސްތިއުފާ ދެއްވައިފި

ދިވެހިބަހާއި ޤައުމިއްޔަތާއިބެހޭ ޚާއްސަ މުޝީރު އާދަމް ނަސީރު އިބްރާހީމް އެމަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، ދިވެހިބަހާއި ޤައުމިއްޔަތާއިބެހޭ ޚާއްސަ މުޝީރު އާދަމް ނަސީރު އިބްރާހީމް އެމަޤާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އާދަމް ނަސީރު މަގާމުން އިސްތިއުފާދެއްވިކަން ސަރުކާރުން ހާމަކުރެއްވިއިރު އޭނާ އެމަގާމަށް ޢައްޔަނުކުރެއްވީ އިއްޔެއެވެ. އަދި އޮފީހަށް ނުކުންނެވީ މިއަދުއެވެ. މި ސަރުކާރުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ ވަ...

ޔުމްނާ ޢަލީ
ތިން ގައުމެއްގެ އައު ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ތިން ގައުމެއްގެ އައު ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ފިލިޕީންސް، ނެދަލެންޑްސް އަދި ފަރަންސޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ވަކިވަކިން ބޭއްވި ތިން ރަސްމިއްޔާތެއްގައި މި ބޭފުޅުން ވަނީ ފަތްކޮޅު އަރުވާފައެވެ. ރިޕަބްލިކް އޮފް ފިލިޕީންސްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ނީނާ ޕީ. ކައިންޖްލެޓް ފަތްކޮޅު އެރުވުމަށްފަހު ރައީސާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމ...

ޝިއުނާ އާދަމް
އޭއީއެޗްގައި ކާމިޔާބު ކޮރޮނަރީ އެންޖިއޯގްރާމް އާއި މަލްޓިވެސަލް ކޮރޮނަރީ އިންޓަވެންޝަންތަކެއް

އޭއީއެޗްގައި ކާމިޔާބު ކޮރޮނަރީ އެންޖިއޯގްރާމް އާއި މަލްޓިވެސަލް ކޮރޮނަރީ އިންޓަވެންޝަންތަކެއް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ތިން ކޮރޮނަރީ އެންޖިއޯގްރާމް އާއި ދެ މަލްޓިވެސަލް ކޮރޮނަރީ އިންޓަވެންޝަންތަކެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ. މިއީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ހިތުގެ ބަލިތަކަށް ދެވޭ ފަރުވާ އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ. އައިޖީއެމްއެޗުން ބުނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އެންމެ ފަހުން ކުރިއަށްގެންދިޔަ ކާޑިއެކް ސާވިސް ސެޝަންގައި، އެ ހޮސްޕިޓަލާއި ނޭޝަނަލް ކާޑިއެކް ސެންޓަރުގެ (އެންސީސީ) ޓީ...

ޔުމްނާ ޢަލީ
ދާއިރާގެ މަސައްކަތްތައް ރާއްވާ ހިންގާނީ ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު: ހީނާ

ދާއިރާގެ މަސައްކަތްތައް ރާއްވާ ހިންގާނީ ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު: ހީނާ

ފަންނާއި ތަރިކައާއި ސަގާފަތުގެ ދާއިރާގެ މަސައްކަތްތައް ރާއްވަވައި، ހިންގަވާނީ ދާއިރާގެ މަސައްކަތް ކުރާ ވީހާ ވެސް ގިނަ އަމިއްލަ ޖަމިއްޔާތަކުގެ ބައިވެރިވުމާއި އެކުގައި ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު ހީނާ މިމޭރުމުން ވިދާޅުވީ، މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއާ އެކު އިއްޔެ އެ ވުޒާރާގައި ބޭއްވެވި ބައްދަލުވެއްގައެވެ. ވަޒީރުގެ ވާހަކާގައި ފާހަގަކުރެއްވި ގޮތުގައ ފަންނާއި ތަރިކައާއި ސަގާފަތުގެ ދާއިރާގެ ޢިލްމީ އަދި ފަންނީ ބޭފުޅުން ހިމެނޭހެން އެންމެންގެ ވެ...

ޝިއުނާ އާދަމް