''ރާއްޖެ ފަދަ ގައުމެއްގައި ވަގުތުން ލޭ ލިބުމަކީ ފުރާނަ ސަލާމަތްކުރަން ލިބޭ ބޮޑު ފުރުސަތެއް''
ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ވަގުތުން ވަގުތަށް ލޭ ލިބުމަކީ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި، އެއްވެސް އުޖޫރައަކާ ނުލައި ލޭ ހަދިޔާކުރާ ފަރާތްތަކުން ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުރާ އަގުނު...