ވެރިކަމުގައި އަމިއްލަ ޕާޓީގެ ތެރެއިން ކުރިމަތިވެވަޑައިގަތް ''ތުރާތައް'' ޞާލިޙް ތިލަކޮށްދެއްވައިފި
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ދައުރުގައި، އެމަނިކުފާނުގެ އަމިއްލަ ޕާޓީ ކަމަށްވާ އެމްޑީޕީގެ ތެރެއިން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުން ކުރިމަތިކުރުވި ގޮންޖެހުންތަކާއި ތުރާތަކުގެ ތަފްސީލް ރައީސް ޞާލިޙް ފުރަތަމަ ފަހަރަށް ހާމަކުރައްވައިފިއެވެ. މި ވާހަކަފުޅުތައް އެމަނިކުފާނު ދެއްކެވީ އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ މީކައިލް ނަސީމަށް ތާއީދު ހޯދުމަށް އައްޑޫގެ މަރަދޫގައި ބޭއްވި ބައްދަލުވުމެއްގައެވެ. ރައީސް ޞާލިޙް ވިދާޅުވީ، 2019 ވަނަ އަހަރުގެ މ...