ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތަށް ގްރީން ފަންޑުން އަހަރަކު 7،000،000ރ. ޚަރަދުކުރަނީ
ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް މޯލްޑިވްސް ގްރީން ފަންޑުން ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިކަން އިޢުލާނު ކުރެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ޚިޠާބުގައެވެ. ރައީސް ވިދާޅުވީ، ތިމާވެށި ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޒަމާނުންސުރެ އޮތް އެންމެ ބޮޑު ހުރަހަކީ އެކަށީގެންވާ މިންވަރަށް މާލީ ވަސީލަތްތައް ނުލިބުމާއި، އަހަރުން އަހަރަށް ޔަޤީންކަމާއެކު ލ...