ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގެ މަގްސަދުގައި އުފައްދާފައިވާ ކުންފުނި، އެގްރޯ ނެޝެނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ އެގްރޯނެޓްގެ މެނެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު މަގާމުން ވަކިކޮށްފިއެވެ. އެގްރޯނެޓަކީ ސަރުކާރުގެ ސަތޭކަ އިންސައްތަ ޙިއްޞާ އޮންނަ, މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެގްރޯ ނެޓްގެ އެމްޑީގެ މަގާމަށް ހާރޫން އައްޔަނު ކުރައްވާފައިވަނި 2020 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. ގއ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަގާމް ވެސް ފުރުއްވި ހާރޫނަކީ އެސްއެ...
މުޙައްމަދު އަފްރާޙް
ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތްތައް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަންގައިފި އެވެ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރިކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. އެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން އެންގީ އެ މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުންތަކެއް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި […]
ހުސައިން ހަބީބް
ޣާޒީ ބިލްޑިންގ ހުރި ތަނުގައި ޕާކިން ޒޯނެއް ހަދަން ޕްލޭނިންގ މިނިސްޓްރީން ނިންމައިފިއެވެ. އެ މިނިސްޓްރީން ބުނީ މިގޮތަށް ނިންމީ މާލެއަށް ދިމާވެފައިވާ ޕާކު ކުރުމުގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ. އަދި ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާތީ ކަމަށެވެ. އެގޮތުން މަސައްކަތް ކުރަމުން ދަނީ އަންނަ ޖޫން 20 ގެ ނިޔަލަށް އެ އިމާރާތް ތަޅާލުމަށް ކަމަށް ވެސް ބުނެއެވެ. ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުން އައި ޣާޒީ ބިލްޑިންގގައި މިހާރު ހިންގަނީ މޯލްޑިވްސް ކަރެކްޝަނަލް […]
މުޙައްމަދު އަފްރާޙް
ވ. އާރަށް މައްސަލާގައި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަމުރުކުރި މައްސަލާގައި ހައި ކޯޓުގައި ދައުލަތް މިއަދު ހޫނުފެނަށް ވެއްޓިއްޖެ އެވެ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރަށް ލޯންޑާކުރި 52 މިލިއަން ރުފިޔާ ހަ މަސް ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން އެ މަނިކުފާނުގެ މައްޗަށް އަމުރުކުރި އެވެ. އެ އަމުރު […]
ހުސައިން ހަބީބް
މެންބަރުން ހަމަކޮށް ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ހޯދަން ބޭނުމެއް ނޫން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ. އެ ޕާޓީގެ ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން މިހެން ވިދާޅުވީ ކުލަބް ހައުސްގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ފާރިސް ވިދާޅުވީ ގާނޫނުގައި އޮތް އަދަދު ހަމަވުުމުން ނިމުނީ ކަމަށާއި ދައުލަތުން ފައިސާ ހޯއްދަވަން ނޫޅުއްވާނެ ކަމަށެވެ. އެމްއާރްއެމް އަކީ މައުމޫންގެ އާއިލީ ޕާޓީއެއް ކަމަށް […]
މުޙައްމަދު އަފްރާޙް
އިހުލާސްތެރި ކަމާއެކު އެ މީހުން ކުރާ ބުރަ މަސައްކަތުގެ ހަދިޔާއަކަށް އާހިރުގައި ވާނީ ނަގާ އެއްލައިލުން ކަމަށް ކުރީގެ ޖެންޑަރ މިނިސްޓަރ އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ތަރުޖަމާން ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ބައިބައިވުމާއި ގުޅިގެން ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންގެ ތެރެއިން ސަރުކާރުގެ ވަޒީފާގައި ތިބި ބައެއް ފަރާތްތައް ވަޒީފާއިން ވަކިކުރަމުން އަންނަ ދަނޑިވަޅެއްގައި، ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ޝިދާތާ ވަނީ ރައީސް ޞާލިޙް...
މުޙައްމަދު އަފްރާޙް
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ވާދަކުރެއްވުމަށް އެ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ނިންމަވައިފިއެވެ. ޖޭޕީގެ ރިޔާސީ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރުމަށް ނިންމަވައި، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލަށް ޤާސިމް ފޮނުއްވި ސިޓީ އެ ޕާޓީގެ ރަސްމީ ޓްވީޓާގައި މިހާރު ވަނީ އާންމުކޮށްފައެވެ. އެ ސިޓީގައި ޤާސިމް ވިދާޅުވެފައި ވަނީ، އެ ޕާޓީގެ ރިޔާސީ ޓިކެޓްގައި ވާދަކުރުމުގެ ޝަރުތު ހަމަވާ އެ ޤާބިލުކަން ހުރި އެތައް ބޭފުޅުންނެއް […]
ޔުމްނާ ޢަލީ
މަދަނީ ޖަމިއްޔާތަކަށް ނުރައްކާ ކުރިމަތި ކުރާ ކަންކަމަކީ ރާއްޖޭގެ ހުޅުވާލެވިފައިވާ މުޖުތަމަޢަށް ގެއްލުންހުރި ކަންކަން ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. ރައީސް މިހެން ވިދާޅުވީ، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން ބޭއްވެވި “ސަމިޓް ފޮރ ޑިމޮކްރަސީ”ގެ ދެވަނަ ބައްދަލުވުމުގައި އިއްވެވި ޤައުމީ ބަޔާނުގައެވެ. ރައީސްގެ ބަޔާނުގައި ވަނީ 2021 ވަނަ އަހަރު ބޭއްވި މީގެ ފުރަތަމަ ސަމިޓަށްފަހު ރާއްޖެއިން ހޯދާފައިވާ ކުރިއަރުންތަކަށް އަލިއަޅުވާ...
ޔުމްނާ ޢަލީ
ޅ. ނައިފަރުގެ ފެނާ ނަރުދަމާގެ މައްސަލައަކީ ދެ ސަރުކާރެއްގެ ދެމެދު ތާށިކޮށްގެން އުޅޭ މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު، އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ނައިފަރުގެ ފެނާ ނަރުދަމާގައި ހުރި މައްސަލަތަކާ ބެހޭގޮތުން ނައިފަރު ދާއިރާގެ މެންބަރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ޤަރާރަށް ވާހަކަ ދައްކަވަމުންނެވެ. އެ ޤަރާރަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ، ނައިފަރުގައި 2022 ވަނަ އަހަރު ނިންމައި މީހުން ދިރިއު...
މުޙައްމަދު އަފްރާޙް
ވ. އާރަށް މައްސަލާގައި 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަމުރު ނެރުނީ ގާނޫނާ ޚިލާފަށް ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެ އެވެ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނިކޮށް, ލޯންޑާކުރި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން މިދިޔަ މަހު އެންގި އެވެ. އެ ނިންމުން […]
ހުސައިން ހަބީބް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުކަމުގެ މަޤާމަށް، އިބްރާހީމް ވަޙީދު (އިބްރޭ) މިއަދު ޢައްޔަންކުރައްވައިފިއެވެ. ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޑެޕިއުޓީ ޗެއާޕާސަން (އިދާރީ)ގެ މަގާމުގައި ހުންނެވި އިބްރޭ ރައީސް އޮފީހުގެ މިނިސްޓަރުގެ މަޤާމަށް ޢައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އިބްރޭ އަކީ، 2009 އ...
ޔުމްނާ ޢަލީ
ފާއިތުވި ތިން އަހަރު، ޒަކާތު ފަންޑުން ބޭސްފަރުވާއަށް 35 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން މިކަން ހާމަކުރީ ޒަކާތު ފަންޑުން ވޭތުވެދިޔަ ތިން އަހަރު ބޭސްފަރުވާއަށް ކުރި ހަރަދުގެ ތަފުސީލު ހާމަކުރައްވައި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ލިޔުމުގައެވެ. މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، އިސްލާމިކް މިނިސްޓަށް ހުށަހަޅުއްވާފައިވާ ސުވާލަކަށް ދެއްވި ޖަވާބުގައި މިނިސްޓަރު ވ...
މުޙައްމަދު އަފްރާޙް
ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އެ މަގާމުން ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރިކަމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ އެއީ ތެދެއް ކަމަށާއި ޝިފާޒު، ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް ނުދެއްވައެވެ. މިކަމާއި ގުޅިގެން ‘ތިލަދުން’ އަށް ޝިފާޒު ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓު އަދި ލިބިވަޑައިނުގަންނަވާ ކަމަށެވެ. “އަޅުގަ...
މުޙައްމަދު އަފްރާޙް
ދިވެހި ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުން ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަކުރުމަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގ ކުރިމަތީގައި ރޭ 12:00 ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާނެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު، ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުން، ކޮމިޝަންޑް އޮފިސަރުން އަދި ގިނަ އަދަދެއްގެ ފުލުހުންނާއި އާންމު […]
މުޙައްމަދު އަފްރާޙް
ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މޮޓޯކޭޑަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފިއެވެ. އެ ދެ މީހުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މި މާރިޗު މަހުގެ 26 ގައެވެ. އެ އަމުރުގައި ބުނެފައިވަނީ، ހާދިސާ ހިނގި ގޮތުގެ ފުޓޭޖާއި ދިފާއުން ހުށަހަޅާފައިވާ ފުޓޭޖުން ހާދިސާ ހިނގި ގޮތް ފެންނަ ކަމަށާއި ފުލުހުންގެ ފަރާތުން ހުށަހެޅި ސްނެޕްޝޮޓުތަކުން ފެންނަ މަންޒަރުތަކަށް ބަލާއިރު، މި ކުށް ތަކުރާރުވުމުގެ ފުރުސަތު ކުޑަކަމަށް ފެންނަ ކަމަށެވެ. އެހެންވެ، މި ދެ […]
މުޙައްމަދު އަފްރާޙް