މާލޭގައި ހުންނަ އޮފީހެއް ފަޅާލައި 7 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި ފަޅާލާފައި ވަނީ މާލޭ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރަތަަމަ ފަންގިފިލާގައި ހުންނަ އޮފީހެކެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތުހުމަތުގައި މާލެއިން އުމުރުން 43 އަހަރުގެ ފިރިހެނެއް މިއަދު ހައްޔަރުކޮށްފައިވާއިރު، އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅުނު ތަން ބަލައިފާސްކޮށް […]
ޔުމްނާ ޢަލީ
ގިނަ ދުވަސްވެފައިވާ އެއްވެސް އުޅަނދެއް ރާއްޖެއަށް އެތެރެނުކުރެވޭނެގޮތަށް ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީއާއި ހިއްސާކުރައްވަމުންނެވެ. ނަހުލާ ވިދާޅުވީ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެއްވެސް އުޅަނދެއް ރާއްޖެއަށް އެތެރެނުކުރެވޭނެގޮތަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ހުށައަޅުއްވާފައިވާ ކ...
މުޙައްމަދު އަފްރާޙް
އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލާގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ސަރުކާރުން ނިންމީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އެމްޑީއެންއިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައެއްގައި އެ ޖަމްއިއްޔާ ސަސްޕެންޑް ކުރުމަށްފަހު ސަރުކާރުން އުވާލާފައިވާނީ 2019 ވަނަ އަހަރު އެވެ. އެމްޑީއެންގައި މަސައްކަތްކުރި ޝަހިންދާ އިސްމާއިލްގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ސިިވިލް ކޯޓުން މިއަދު ކުރި ހު...
ހުސައިން ހަބީބް
ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުގައި ޝަރީއަތް މަޑުޖައްސާލުމުގެ އަމުރެއް ނެރެދޭން އެ މަނިކުފާނުގެ ފަރާތްޕުޅުން މިއަދު ހައި ކޯޓުގައި އެދިވަޑައިގެންފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާކޮށް, އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ. […]
ހުސައިން ހަބީބް
ދަރަނި ރީސްޓްރަކްޗަރ ކުރުމަކީ ރޭޓިން އެޖެންސީތަކުން ސަރުކާރުގެ ރޭޓިން ދަށްކުރާނެކަމެއް ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ލިޔުމުން ކުރައްވާފައިވާ ސުވާލުގެ ޖަވާބުގައެވެ. ބޮންޑާ ވަނީ 2021 ވަނަ އަހަރުގެ ކަރަންޓް ޑެޓް ޓު ޖީޑީޕީ ރޭޝިއޯއަކީ ކޮބައިތޯ އާއި 2022ވަނަ އަހަރަށް ލަފާކުރާ ޑެޓް ޓު ޖީޑީޕީ ރޭޝިއޯއަކީ ކޮބައިތޯއާއި ދައުލަތުގެ ދަރަނި ބޮޑުއިރު، ދަރަނި މަދުކޮށް ރީސްޓްރަކްޗަރ ކުރުން މުހިން...
މުޙައްމަދު އަފްރާޙް
ދިވެހި މީޑިއާގެ ދަފުތަރެއް އެކުލަވާލައި އާއްމުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފި އެވެ. އެމްއެމްސީ އިން ނިންމާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްމަޖައްލާތަކާއި އެނޫން ވެސް މީޑިއާގެ ވަސީލަތްތައް ހިމެނޭހެން އެއް މަސްދުވަހުގެ ތެރޭގައި ދަފްތަރެއް އެކުލަވާލުމަށެވެ. ދިވެހިސަރުކާރުގެ ގެޒެޓުގައި، އެމްްއެމްސީން އާއްމުކުރި އުސޫލުގައިވާ ގޮތުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކުގެ އާއްމު މައުލޫމާތާއި ނޫސްމަޖައްލާތައް ނެރުމަށް ހަމަޖެހިފައިވާ ގޮތް އެ އު...
މުޙައްމަދު އަފްރާޙް
ރާއްޖެއަށް މިއަހަރު 1.9 މިލިއަން ފަތުރުވެރިން ގެނައުމަށް ކަނޑައެޅި އަމާޒަށް ވާސިލުވުމުގެ އުއްމީދު އައު ވެއްޖެއެވެ. އެގޮތުން މި މާރިޗު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ބައިމިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި އެދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 500597 ފަތުރުވެރިން އައިސްފައެވެ. އެހެންކަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ މި ކާމިޔާބީ ހޯދުމުގައި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރި މަ...
މުޙައްމަދު އަފްރާޙް
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސުމަށް އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) ގެ ނަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އަށް ފޮނުވައިފިއެވެ. ރައީސް އޮފީހުގެ ކުރީގެ ކެބިނެޓް ސެކްރެޓަރީ ކަންވެސް ކުރައްވާފައިވާ ސައީދު، އެސްޓީއޯގެ އެމްޑީގެ މަގާމަށް ހަމަޖެއްސުމަށް ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް މިހާރުއަންނަނީ ކުރަމުންނެވެ. ސައީދު މިހައިތަނަށް ހުންނެވީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ މެނޭޖިންގ ޑިރެކްޓަ...
މުޙައްމަދު އަފްރާޙް
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޗީފް ވޮރަންޓް އޮފިސަރުގެ ރޭންކް މުޅިން އަލަށް ފަސް ބޭފުޅެއް ޕްރޮމޯޓްކޮށް، މަޤާމުގެ ކުރިއެރުންދެއްވައިފިއެވެ. މިއަދު ހެނދުނު ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައި އޮތް ރަސްމިއްޔާތެއްގައި މަޤާމުގެ ކުރިއެރުން ލިބުނު ފަސް ބޭފުޅުންނަށް މަގާމުގެ ލިޔުން ހާވާލު ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީއެވެ. މީގެ އިތުރުން މި ފަސް ބޭފުޅުންނަށް ރޭންކް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެވެ. […]
ޔުމްނާ ޢަލީ
ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކުރިމަތިވެދާނެ އިތުރުކަމަކަށް ވަރަށްބޮޑަށް ވިސްނަންޖެހޭ ކަމަށާއި އެކަމަށް ތައްޔާރަށް ތިބެންޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު މިފަދައިން ވިދާޅުވީ ރައީސް ސާލިހުގެ މޮޓޯކޭޑު ހުއްޓުވި މައްސަލައަށް ރިޔާއަތް ކުރައްވައެވެ. ޖާބިރު ވިދާޅުވީ ރައީސްގެ މޮޓޯކޭޑު ހުއްޓުވައި، ހުރަސް އެޅުމަކީ ވަރަށް ވެސް ދެރަ އަމަލެއް ކަމަށާއި މިހެންވެ، ކުރިއަށް އޮތްތަނުގައި އަތުވެދާނެ އިތުރު ކަމަކަ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކުރި ދައުވާގައި ކައިޒީން އެދުނު ގޮތަށް އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމުމުން އެ މައްސަލަ ކައިޒީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. ކައިޒީން، އޭނާގެ ބައްޕައާ ދެކޮޅަށް ދައުވާކުރީ 3.6 މިލިއަން ރުފިޔާ ދީގެން ބައްޕަ ލައްވައި ބޯޓު ގަތުމުން، ކައިޒީންގެ ރުހުން ނެތި ބައްޕަގެ ނަމުގައި ބޯޓު ރަޖިސްޓަރީ ކުރި ކަމަށް ބުނެ […]
ހުސައިން ހަބީބް
ރަމަޟާން މަހުގެ އިނާޔަތް ނުލިބޭނަމަ، ޝަކުވަ ހުށަހެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އެދިއްޖެއެވެ. އެ އޮތޯރިޓީން ބުނީ އެކަމަށް ޝަކުވާ ހުށަހެޅުމަށް އެދޭ ފޯމު އެ އޮތޯރިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި އެ އޮތޯރިޓީއަށް ގޮސްގެން ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް އެތަނެއްގައި ވަޒީފާ އަދާކުރާ މުސްލިމު މުވައްޒަފުންނަށް ދޭ ރަމަޟާން އިނާޔަތުގެ ކޮންމެ މުސްލިމް މުވައްޒަފަކަށް 3000 ރުފިޔާ ދިނުމަށް ގާނޫނު ލާޒިމު ކުރެއެވެ. އެހެންނަމަވެސް ވަޒީފާ ދޭ […]
މުޙައްމަދު އަފްރާޙް
ރާއްޖޭގެ 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑު ޝަމްހާ އަހްމަދު އައު ކޮށްފިއެވެ. އޭނާ މި ރެކޯޑު އައު ކުރީ ނެދަލެންޑްސްގެ ވެންލޫޕް ހާފް މެރަތަންގައި ދުވެ، 39 މިނިޓް 34 ސިކުންތުން ނިންމައިގެންނެވެ. މި ރެކޯޑު މީގެކުރުން ވެސް އޮތީ އުމުރުން 40 އަހަރުގެ ޝަމްހާ އަތުގައެވެ. އެއީ އޮސްލޯ މެރަތަންގައި ދުވެ، 40 މިނިޓް 39 ސިކުންތުން ރޭސް ނިންމައިގެންނެވެ. ޝަމްހާ އަމިއްލަ ރެކޯޑު އައުކޮށްފައިވާއިރު، އޭނާ ވަނީ މި ރޭހުގައި އުމުރުފުރާ ކެޓަގަރީން ރަން […]
މުޙައްމަދު އަފްރާޙް
އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރގެ މަޤާމަށް މޭޖަރ ޙުސައިން ރަޝީދު އައްޔަން ކުރައްވައިފިއެވެ. އޭނާ މި މަގާމަށް އައްޔަން ކުރެއްވީ މި މާރިޗު މަހުގެ 26 ވަނަ ދުވަހުއެވެ. އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކީ، ސިފައިންގެއާ ބެހޭ މަޢުލޫމާތު ރަސްމީކޮށް މީޑިއާތަކަށް ފޯރުކޮށްދޭ ފަރާތެވެ. ސިފައިންގެ މީހަކު އެމީހެއްގެ އަމިއްލަ ފަރުދީ ހައިސިއްޔަތުން އެއްވެސް މީޑިއާއަކަށް މަޢުލޫމާތު ދިނުމަކީ މަނާކަމެކެވެ. މިފަދަ މަޢުލޫމާތު، ދެވޭނީ އެކަމަށް ކަނޑައަޅާފައި ހުންނަ އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކަށް، ނުވަ...
މުޙައްމަދު އަފްރާޙް
އަބަދުވެސް ތިބެންވާނީ މަރަށް ތައްޔާރުވެގެން ކަމަށް ޤައުމީ ޔުނިވާސިޓީގެ ޝަރީޢާ ފެކަލްޓީގެ ޑީން ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނު ވިދާޅުވެއްޖެއެވެ. ޑރ. އަބުދުއްސައްތާރު މިހެން ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަވާ މިއަހަރުގެ އިހްޔާ ފޯރަމްގައި އާދީއްތަ ދުވަހުގެ ރޭ ތަޤްރީރު ކުރައްވަމުންނެވެ. އާދީއްތަ ދުވަހުގެ ރޭ ބޭއްވި އިހްޔާ ފޯރަމްގެ މައުޟޫއަކީ ” މަރާއި މަރުހިއްޕެވުން ” އެވެ. މި އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން ޑރ. ޢަބްދުއްސައްތާރު ވިދާޅުވީ، މަރަކީ ކަނޑައެޅިފައިވާ ކަމެއްކަމަ...
ޔުމްނާ ޢަލީ