ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ހިންގާ ކެމްޕޭން ރާވާ ހިންގުމުމުގެ އެންމެ އިސް ބޭފުޅެއްގޮތުގައި އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާޙީމް ހަމަޖައްސަވައިފިއެވެ. ކުރިން ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އަމީން އެ މަގާމަށް ހަމަޖެއްސިކަން ޖުމްހޫރީ ޕާޓީން މިއަދު ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ. މިހާރު ޕީއެޗްޑީއަށް ކިޔެވުމުގެ މަރުހަލާ ވެސް ފުރިހަމަ ކުރައްވާފައިވާ އަމީން އެ މަގާމަށް ހަމަޖެއްސިކަން ހާމަކޮށް ޖޭޕީން ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ […...
ޔުމްނާ ޢަލީ
މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހައި ރަށެއްގައި ވެސް މިއަދުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށާއި ރަމަޟާން މަހުގެ 27 ވަނަ ދުވަހާއި ހަމައަށް ޒަކާތް ބަލައިގަންނާނެ ކަމަށެވެ. މީގެ އިތުރުން ޒަކާތް ފުރަތަމަ ބަލައިގަންނަން ފަށާނީ ފައިސާއިން ކަމަށާއި މީގެތެރޭގައި އޮންލައިންކޮށް އަދި އިސްލާމިކް މިނިސްޓްރީން ޑެސްކް ބަހައްޓައިގެން ވެސް ޒަކާތް ބަލައިގަތުން ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. “ފައިސާ ބަލައިގަންނަން ޑެސްްކް...
މުޙައްމަދު އަފްރާޙް
ނިޤާބު އެޅިޔަސް، ކިޔެވުމުގެ ޙައްޤު ލިބެންވާނެ ކަމަށް ޑރ. އަނާރާ ނަޢީމު ވިދާޅުވެއްޖެއެވެ. ކުރީގެ މަކުނުދޫ ދާއިރާގެ މެންބަރު އަދި ބާ ކައުންސިލްގެ ނިމުނު ދައުރުގެ އެގްޒެކް ކޮމެޓީގެ މެންބަރުކަން ވެސް ކުރެއްވި އަނާރާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން( އައިއޯސީސީ)ގެ އެއް ނައިބު ރައީސްކަން ކުރައްވަމުން ގެންދަވާ ޑރ. އަނާރާ ވިދާޅުވީ، ނިޤާބު އެޅިޔަސް، ކިޔެވުމުގެ ޙައްޤު ލިބެންވާނެ ކަމަށެވެ. އަދި އަޅާ ހެދުމެއްގެ ސަބަބުން ޢިލްމު […]
ޔުމްނާ ޢަލީ
ސައުދީ އަރަބިއްޔާއިން މިއަހަރު ދިވެހިރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހަން ފަށާނީ މި މަހު 26 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން ވިދާޅުވީ، 06 އޭޕްރިލް ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަދުރު ބަހާނެ ކަމަށެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12 ޖަހަންދެން، އިސްލާމީ މަރުކަޒުގެ ލޮބީ ސަރަހައްދުގައި ކަދުރުބެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން ކަދުރު ބަލައި އަންނައިރު، އައިޑީ ކާޑު ގެންނަންވާނެ ކަމަށް ވެސް […]
މުޙައްމަދު އަފްރާޙް
ދާއިރާގެ ތަރައްގީގައި ވަކި ޕާޓީއަކަށް ބެލުމެއް ނޯންނާނެ ކަމަށާއި އޭނާއަކީ ހުރިހާ ރައްޔިތުންނަށް އެމްޑީޕީގެ ތަރައްގީ ފޯރުކޮށްދޭން ނިކުންނަ ‘އެޖެންޓެއް’ ކަމަށް މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް އިބްރާހީމް ޝާޒު ވިދާޅުވެއްޖެއެވެ. އޭނާގެ ކެމްޕޭން ފެށުމަށް މާލެއަތޮޅު ގުޅީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ޝާޒު ވިދާޅުވީ އޭނާ އެ ދާއިރާއަށް ކުރިމަތިލަނީ މަޖިލީހުގެ ގޮނޑި ހޫނުކުރުމަށް ނޫން ކަމަށެވެ. މީގެ އިތުރުން ގުރައިދޫ އާއި މާފުއްޓަށް ބޭނުނ...
މުޙައްމަދު އަފްރާޙް
“ކެމްޕޭން ފަންސައާހި” ގެ ނަމުގައި މީރާއިން ކެމްޕޭނެއް ފަށައިފިއެވެ. މިއީ ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރާ މިންވަރު (ޓެކްސް ކޮމްޕްލަޔަންސް) އިތުރު ކުރުމުގެ ގޮތުން، ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑިއަށް ބަޔާން ހުށަހަޅާ ނިސްބަތް (އޮންޓައިމް ފައިލިންގ ރޭޓް) އިތުރު ކުރުމުގެ ޚާއްސަ ކެމްޕޭނެކެވެ. މި ކެމްޕޭނުގެ މަގުސަދަކީ މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ސުންގަޑިއަށް ހުށަހެޅުން އިތުރުކުރުމެވެ. ޓެކްސް ބަޔާން ސުންގަޑިއަށް ހުށަނޭޅުމަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނ...
މުޙައްމަދު އަފްރާޙް
“ދީނުގެމަގު”ގައި ޝާއިޢުކޮށްފައިވާ ރަމަޟާންމަހާ ގުޅޭ ހުރިހާ ލިޔުންތަކެއް އެއްފޮތަކަށް ޖަމާކޮށް ހިލޭ ބަހަން ފަށައިފި އެވެ. މި ފޮތަކީ ފާއިތުވި 2 އަހަރުގެ ރަމަޟާންމަހު “ދީނުގެމަގު”ގައި ޝާއިޢުކޮށްފައިވާ ރަމަޟާންމަހާ ގުޅުންހުރި ހުރިހާ ލިޔުންތަކެއް އެއް ފޮތެއްގައި ޖަމާކޮށް، “މަރުޙަބާ ރަމަޟާން 1444″ގެ ނަމުގައި ތައްޔާރުކުރި ފޮތެކެވެ. މި ފޮތުގެ 10،000 ކޮޕީ ދިވެހީރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެހުމަށް ނިންމާފައިވާކަމަށް އެފަރާތުން ހާމަކުރެއެވެ. އެގޮތުން ރަށްރަށުގައި އެފޮތް ބެހުމަށް ޝައުގުވެރިވާ ފަރާތްތަކަ...
އިބްރާހިމް އަސްވާޤް
ރާއްޖެއާ، ދެކުނު ކޮރެއާ ދެމެދު ސީދާ ވައިގެ ދަތުރުގެ ގުޅުން އަލުން ޤާއިމުކުރަން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ކޮށްފައިވަނީ ރިޕަބްލިކް އޮފް ކޮރެއާގެ ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ސީނިއަރ ސެކްރެޓަރީ ޓު ދަ ޕްރެސިޑެންޓް ފޮރ ޕޮލިޓިކަލް އެފެއާޒް، ހިޒް އެކްސަލަންސީ ލީ ޖިން ބޮކް ނައިބު ރައީސް ފައިސަލް ނަޞީމްގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ. ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން […]
މުޙައްމަދު އަފްރާޙް
ފުލުހުންގެ ވަޒީފާ ދިނުމުގެ ކުރިން ވަޒީފާއަށް ކުރިމަތިލީ މީހާގެ ބެކްގްރައުންޑް ޗެކްކުރުމަށް ބޭނުންވާ ޕޮލިގްރާފް ހެދުން އިހުތިޔާރީކޮށް ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް އެއްވަނަ އިސްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ 20 މާރިޗު 2020 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރައްވައިފައިވާ ބިލެކެވެ. މި ބިލުން އިސްލާޙްކޮށް...
ޔުމްނާ ޢަލީ
ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހު ބާއްވާ އިހްޔާ ފޯރަމް މާދަމާ ރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން ބުނީ އިހްޔާ ފޯރަމްތައް 23 މާރިޗް ވާ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ކުރިޔަށްދާނެ ކަމަށެވެ. މިއަހަރު ޖުމްލަ 17 އިޙްޔާ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެއީ މާލޭގައި 9 ޕްރޮގްރާމް އަދި އަތޮޅުތަކުގައި 8 ޕްރޮގްރާމް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. ފައިބެއަހަރުތަކާއި އެއްގޮތަށް މިއަހަރުވެސް މާލޭގައި […]
މުޙައްމަދު އަފްރާޙް
މާދަމާ މިފެށޭ މި އަހުގެ ރޯދަ(ރަމަޟާން) މަހަކީ އަޅުކަމުގައި ހީވާގިވެ އަނެކުންނަށް އެހީތެރިވުމާއި ދީލަތުވުމުގައި އަތްތައް ގުޅައިލަންވީ މައްސަރު ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، 1444 ވަނަ އަހަރުގެ ރޯދަ މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. މި ޚިޠާބުގައި ރައީސް ވިދާޅުވީ، ރޯދަ މަހަކީ އަޅުކަމާއި ތަޤްވާވެރިކަމުގެ މޫސުން ކަމަށެވެ. އަދި އެއީ ކީރިތި ޤުރްއާން ކިޔެވުމާއި ދުޢާ ކުރުން ގިނަކޮށް، އަޅުކަންތައް ކުރުމުގައި ހީވާގިވުމާއ...
ޔުމްނާ ޢަލީ
ގދ. މަޑަވެލީގައި އަންހެނަކަށް އަނިޔާކުރާ ވީޑިއޯ ދައުރުނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސް ކޮށްފިއެވެ. އެ ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަޑަވެލީގައި އަންހެނަކަށް ގެވެށި އަނިޔާ ކުރާ ވީޑިއޯގައި ހިނގާ ކަންކަން އެ އިދާރާއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ. އަދި މި ވީޑިއޯ ދައުރު ނުކުރުމަށް އާންމުންނަށް އިލްތިމާސް ކުރާ ކަމަށެވެ. “ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ގދ. މަޑަވެލީގައި އަންހެނަކަށް ގ...
މުޙައްމަދު އަފްރާޙް
ގ. އޯކަމް އިސްތަފާ އިބްރާހިމް މަނިކު އަވަހާރަވެއްޖެއެވެ. ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ޕްރިޒަންސް ޑިވިޝަނުގެ އިސްވެރިޔާގެ މަގާމު ފުރުއްވި އިބްރާހިމް މަނިކު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭނާގެ އާއިލާ އާ ހަވާލާދީ ބައެއް މަސްދަރުތަކުން ބުނީ އިސްތަފާ އިބްރާހިމް މަނިކު އަވާހަރަވީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްްއެޗުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. އަދި އަވަހާރަވީ މުސްކުޅި ބަލީގައި ކަމަށް ވެސް ބުނެފައި ވެއެވެ. އުމުރުން 83 އަހަރުގެ އިބްރާހިމް މަނިކުގެ ހާލު ދެރަވެ، އައި...
މުޙައްމަދު އަފްރާޙް
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ދެ ބިލަކަށް އާންމުންގެ ހިޔާލު ހޯދަން ފުރުސަތު ހުޅުވާލައިފިއެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނަށް އާންމުންގެ ޚިޔާލު ހޯދުމަށް އިއްޔެއިން ފެށިގެން 27 މާރިޗު ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަ...
މުޙައްމަދު އަފްރާޙް
ބައެއް ކުޅިވަރުތަކަށް ކޯޗުން ނުލިބިގެން، ސްޕެޝަލް އޮލިމްޕިކް އޮފް މޯލްޑިވްސް (އެސްއޯއެމް) ގެ ކުޅިވަރުތަކުގެ ފަރިތަކުރުންތައް ނުފެށޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާގައި އެސްއޯއެމްގެ ޗެއަރމަން ޝާއިނާ ވިދާޅުވީ ފުޓް ބޯޅައިގެ ކޯޗުން ނުލިބޭ ކަމަށެވެ. އެ ކުޅިވަރުގެ ތަމްރީނު ލިބިފައިވާ ކޯޗުން ހޯދުމަށް އިއުލާން ކުރުމުން ވެސް އެކަށީގެންވާ އިޖާބައެއް މިހައިތަނަށް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން 2021 ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އެގ...
މުޙައްމަދު އަފްރާޙް