މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,876 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 610 ވަނަ ޞަފްޙާ

އެމްޑީޕީން ވެސް ގުރައިދޫ ދާއިރާ ބައި-އިލެކްޝަންގެ ކެމްޕޭން ފަށައިފި

އެމްޑީޕީން ވެސް ގުރައިދޫ ދާއިރާ ބައި-އިލެކްޝަންގެ ކެމްޕޭން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ވާދަކުރާ ކެންޑިޑޭޓު ހޮވުމަށް އެ ޕާޓީން ކެމްޕެއިން ފަށައިފިއެވެ. މި ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓް ދޭނެ މެންބަރަކު ކަނޑައެޅުމަށް މާރިޗް 11 ގައި ބޭއްވި އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބުކޮށްފައި، އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ހޮވިފައި ވަނީ ކ. ގުރައިދޫ ފައިވްރޯސް، އިބްރާހީމް ޝާޒް އެވެ. މިއަދު ޝާޒްގެ ކެމްޕެއިން ފެށި އިރު އޭނާ އާއިއެކުގައި ސަރުކާރުގެ ވަޒީރުންގެ އިތުރަށް ރައްޔިތު...

ޔުމްނާ ޢަލީ
ކްރިމިނަލް ކޯޓަށް އިސް ގާޟީއަކާއި ގާޟީއެއް ހޯދަނީ

ކްރިމިނަލް ކޯޓަށް އިސް ގާޟީއަކާއި ގާޟީއެއް ހޯދަނީ

ކްރިމިނަލް ކޯޓަށް އިސް ގާޟީއަކާއި ގާޟީއެއް ހޯދަން އިއުލާން ކޮށްފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮށްފައިވާ އިއުލާނުގައި ވަނީ މި މަގާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރިލް މަހުގެ 3 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާއި ހަމައަށް ކަމަށެވެ. މި މަގާމުގެ މުސާރައަކީ 31000 ރުފިޔާ ކަމަށާއި މަގާމަށް އެދި ހުށަހަޅަން ޖެހޭނީ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. މީގެ އިތުރުން ގާޟީއެއް ހޯދުމަށް ކޮށްފައުވާ އިއުލާނުގައި ވަނީ އެ މަގާމުގެ މުސާރައަކީ 30000 […]

މުޙައްމަދު އަފްރާޙް
ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނަގައި އޭގައި އޮތް ކޭޝްކާޑުން ވިޔަފާރި ކުރި މީހަކު ހައްޔަރު ކޮށްފި

ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނަގައި އޭގައި އޮތް ކޭޝްކާޑުން ވިޔަފާރި ކުރި މީހަކު ހައްޔަރު ކޮށްފި

ފަތުރުވެރިއެއްގެ ކޭޝްކާޑު ވަގަށް ނަގައި، ވިޔަފާރި ކުރި މީހަކު ހައްޔަރު ކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އާޓިފިޝަލް ބީޗުގައި އުޅުނު ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނަގައި، އެ ބަހުގައި އޮތް ކޭޝް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރި މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ. އެ މައްސަލައިގައި 42 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައި ވާއިރު، އެ މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވަނީ މިއަދު އެވެ. ”ފަތުރުވެރިޔާގެ ކޭޝްކާޑު ބޭނުންކޮށްގެން 5000 އަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކޮށްފައިވ...

މުޙައްމަދު އަފްރާޙް
އެމްއާރުއެމުން ބުނާ ކަށަވަރުކަން ދޭ ވަރަށްވުރެ އެ ޕާޓީގެ ސައިޒު ކުޑަ: ޝަރީފް

އެމްއާރުއެމުން ބުނާ ކަށަވަރުކަން ދޭ ވަރަށްވުރެ އެ ޕާޓީގެ ސައިޒު ކުޑަ: ޝަރީފް

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ބުނާ ކަށަވަރުކަން ދޭ ވަރަށްވުރެ އެ ޕާޓީގެ ސައިޒު ކުޑަކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ. އެމްއާރުއެމް އަކީ މިހާރުގެ ވެރިކަން ކުރާ ކޯލިޝަންގެ ވެސް ބައިވެރިއެކެވެ. އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މިހާރު ވެސް ވެރިކަން ހިންގަމުން އަންނަ ކޯލިޝަން ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއެކު ކުރިއަށް ދިޔުމަށް އެމަނިކުފާނު ވަނީ ކޯލިޝަންގެ ބައިވެރިންނަށް ސިޓީ ފުޅެއް ފޮނުއްވާފ...

ޔުމްނާ ޢަލީ
އިސްލާމީ މަރުކަޒުގައި އައު ކާޕެޓު އެޅުމުގެ މަސައްކަތް ފަށައިފި

އިސްލާމީ މަރުކަޒުގައި އައު ކާޕެޓު އެޅުމުގެ މަސައްކަތް ފަށައިފި

މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އިސްލާމީ މަރުކަޒު) ގައި އައު ކާޕެޓްއެޅުމުގެ މަސައްކަތް ފަށައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. ކޯވިޑް-19 އާއި ގުޅިގެން އިސްލާމީ މަރުކަޒުގައި ކުރިން އަޅާފައިވާ ކާޕެޓު ނަގައި، ނެވިލޯން ވަނީ އަޅާފައެވެ. އޭގެ ފަހުން ކާޕެޓް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައިނުވަނީ އޭރުގެ ޙާލަތަށް ރިޢާޔަތްކޮށް ކަމާބެހޭ ފަރާތްތަކުން އެގޮތަށް އިރުޝާދު ދެއްވާފައިވާތީއެވެ. ދެ އަހަރަށްފަހު މިހާރު އައު ކާ...

މުޙައްމަދު އަފްރާޙް
މިއަހަރުގެ ރިޔާސީ އިންތިޚާބު ކަވަރު ކުރެވޭނީ ޚާއްސަ ތަމްރީނެއް ފުރިހަމަކޮށްގެން: އީސީ

މިއަހަރުގެ ރިޔާސީ އިންތިޚާބު ކަވަރު ކުރެވޭނީ ޚާއްސަ ތަމްރީނެއް ފުރިހަމަކޮށްގެން: އީސީ

މިއަހަރުގެ ރިޔާސީ އިންތިޚާބު ކަވަރު ކުރެވޭނީ ޚާއްސަ ތަމްރީނެއް ފުރިހަމަކޮށްގެން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އެ ކޮމިޝަނުން މިކަން ހާމަކުރީ ރިޔާސީ އިންތިޚާބުގެ ގައުމީ ލަފާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ މިގޮތަށް ނިންމީ ބައެއް ނޫސްތަކުގެ ފަރާތުން އިންތިހާބުތައް ކަވަކުރަން ފޮނުވި ފަރާތްތަކުން ވޯޓުލާ މަރުކަޒުގައި މާރާމާރީ ހިންގުން ފަދަ ކަންތައްތައް ކޮށްފައިވާތީ ކަމަށެވެ. ރިޕޯޓަރެއްގެ ހައިސިއްޔަތުން، ވޯޓުލާ މަރުކަޒަށް ވެ...

މުޙައްމަދު އަފްރާޙް
ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕް ފުޅާކޮށް އިތުރަށް ހަރުދަނާކުރެއްވުމަށް ބަހްރައިން އާއެކު މަޝްވަރާ ކޮށްފި

ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕް ފުޅާކޮށް އިތުރަށް ހަރުދަނާކުރެއްވުމަށް ބަހްރައިން އާއެކު މަޝްވަރާ ކޮށްފި

ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕް ފުޅާކޮށް އިތުރަށް ހަރުދަނާކުރެއްވުމަށް ބަހްރައިން އާއެކު މަޝްވަރާ ކޮށްފިއެވެ. މި މަޝްވަރާ ކުރައްވާފައިވަނީ ބަޙްރައިން ޓެލެކޮމިޔުނިކޭޝަންސް ކޮމްޕެނީ(ބަޓެލްކޯ)ގެ ޗެއާމަން ޝައިޚް ޢަބްދުﷲ ބިން ޚަލީފާ އަލްޚަލީފާ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރެއްވި ޒިޔާރަތުގައެވެ. ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން ވަނީ، ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕް ފުޅާކޮށް އިތުރަށް ހަރުދަނާކުރެއްވުމަށާއި އިތުރު ދާއިރާތަކުން ގުޅުން ބަދަހި ކުރެއްވުމާ...

މުޙައްމަދު އަފްރާޙް
ނޫރާއްޖެއިން ހަދާފައިވާ ދުނިޔޭގެ އެންމެ ބޮޑު އޯޝަން ޔޫސް ސާވޭގެ ރިޕޯޓް އާންމުކޮށްފި

ނޫރާއްޖެއިން ހަދާފައިވާ ދުނިޔޭގެ އެންމެ ބޮޑު އޯޝަން ޔޫސް ސާވޭގެ ރިޕޯޓް އާންމުކޮށްފި

ނޫރާއްޖެއިން ހަދާފައިވާ ދުނިޔޭގެ އެންމެ ބޮޑު އޯޝަން ޔޫސް ސާރވޭގެ ރިޕޯޓް އާންމުކޮށްފިއެވެ. މުޅި ރާއްޖެ އެކުލެވޭ ގޮތަށް ހަދާފައިވާ ސާރވޭއާއެކު 25,000 ދިވެހިން ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކޮށް އަގުކުރާ ގޮތް އިނގިގެންދާނެއެވެ. ނޫރާއްޖޭގެ ޓީމުން ވަނީ ސާރވޭގެ ހޯދުންތައް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި ބޭއްވި ސެޝަންއެއްގައި ހިއްސާކޮށްފައެވެ. އަދި ރަސްދޫގައި ކޮމިއުނިޓީ އިވެންޓެއް ބާއްވާ ސާރވޭގެ ރިޕޯޓް ނިމުން ވަނީ ފާހަގަކޮށްފައެވެ. ރަސްދޫއަކީ މަސްވެރިކަމާ ޓޫރިޒަމްގެ ދާއިރާއިން ފާހަގަކޮށްލެވޭ ރަށެއްގ...

މުޙައްމަދު އަފްރާޙް
ގާސިމް މަރާލުމުގެ ކުށް އަދުހަމްގެ މައްޗަށް ސާބިތުވެއްޖެ

ގާސިމް މަރާލުމުގެ ކުށް އަދުހަމްގެ މައްޗަށް ސާބިތުވެއްޖެ

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގައި ދައުވާލިބޭ އަދުހަމް މުހައްމަދު މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ޑިސެމްބަރު، 2019 ގައި ހުޅުމާލޭގައި ގާސިމް ޓެކްސީ ދުއްވަމުން ދަނިކޮށް އޭނާގެ ކަރަށް އަދުހަމް ވަޅިން ހަމަލާދިނީ ކާރުގެ ފަހަތު ސީޓުގައި އިނދެފައި، ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގަ އެވެ. ހުކުމުގައިވަނީ ގާސިމަށް ހަމަލާދެވުނީ މަސްތުގެ ހާލުގައި ހުރެ އޮޅުމަކުން ކަމަށާއި އަދި މަރާލުމުގެ ގަސްދެއް ނެތް އަދުހަމް ބުނެފައިވާތީ […]

ޔުމްނާ ޢަލީ
ރިޔާސީ އިންތިޚާބަށް ލަފާދޭ ގައުމީ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ރިޔާސީ އިންތިޚާބަށް ލަފާދޭ ގައުމީ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ރިޔާސީ އިންތިޚާބަށް ލަފާދޭ ގައުމީ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ. މިއީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުންނާއި އިންތިހާބުގެ ކަންކަން ވީހާވެސް ދެފުށް ފެންނަގޮތަށް ކުރުމަށް އެކުލަވާލީ ކޮމެޓީއެކެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މި ކޮމިޓީ އަކީ 2008 ވަނަ އަހަރުގެ ރިޔާސީން އިންތިހާބުން ފެށިގެން ކޮންމެ ރިޔާސީ އިންތިހާބަކަށް އެކުލަވައިލާ ކޮމިޓީއެއް ކަމަށެވެ. އެ ކޮމެޓީގައި ހިމަނާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި ސިޔާސީ...

މުޙައްމަދު އަފްރާޙް
އަނަސްގެ މަރު: ރޯދަ ކައިރިވިޔަސް ދައުވާލިބޭ މީހުންގެ ބަންދަށް ލުޔެއް ނެތް

އަނަސްގެ މަރު: ރޯދަ ކައިރިވިޔަސް ދައުވާލިބޭ މީހުންގެ ބަންދަށް ލުޔެއް ނެތް

މާލޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މަރާލި ރ. މީދޫއަށް ނިސްބަތްވާ މުހައްމަދު އަނަސްގެ މަރުގެ ދައުވާލިބޭ މީހުންގެ ބަންދަށް ލުއި ނުދޭން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. ޖުލައި، 2017 ގައި ލިޓަސް ސާވިސް ސެންޓަރު ތެރެއަށް ގްރޫޕަކުން ވަދެ،އަނަސްއަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާކުރަނީ ހަތް މީހެއްގެ މައްޗަށެވެ. އެއީ މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގާއި ލ. ގަން ތުނޑީ، ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746، ސިމާހް […]

ހުސައިން ހަބީބް
އެމްޕީއެލްގެ ކިޑްސް ކެއާ ސެންޓަރު ހުޅުވައިފި

އެމްޕީއެލްގެ ކިޑްސް ކެއާ ސެންޓަރު ހުޅުވައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޤާއިމުކުރި ކިޑްސް ކެއާ ސެންޓަރު މިއަދު ހުޅުވައިފިއެވެ. މިއަދު ހެނދުނު މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މި ސެންޓަރު ހުޅުއްވައި ދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު އެވެ. މި ސެންޓަރަކީ ސަރުކާރުގެ ރައްޔިތުންނަށް އިޖްތިމާޢީ ހަމަޖެހުން ގެނެސްދިނުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށާއި، ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ބާރުއެޅުމުގެ ސިޔާސަތުގެ ދަށުން، އެމްޕީއެލްގެ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެތަނުގެ މުވައްޒަފުން ވަޒީފާގައި ހޭދަކުރާ ވަގުތުތ...

ޔުމްނާ ޢަލީ
ކުރެންދޫގައި 50 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި

ކުރެންދޫގައި 50 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި

ޅ. ކުރެންދޫގައި 50 ހައުސިން ޔުނިޓު އިމާރާތް އަޅަން މިއަދު ހަވާލުކޮށްފިއެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫޢޫގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް އާއެވެ. އެސް.ޖޭ ކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 95،980،140 ރުފިޔާ އެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ. ކުރެންދޫގައި 50 ހައުސިން ޔުނިޓު އިމާރާތް އަޅަން މިއަދު ހަވާލުކުރިއިރު، މި […]

ޔުމްނާ ޢަލީ
ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެ

ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެ

ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ވިލިމާލެއިން އުމުރުން 13 އަހަރުގެ އަންހެން ކުއްޖާ ފެނުނީ ހުޅުމާލެއިން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ. އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މާރިޗު މަހުގެ 18 ވަނަ ދުވަހުގެރޭ 1:33 ގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ސޯޝަލް މީޑިއާގެ ބައެއް މަސްދަރުތަކުގައި […]

މުޙައްމަދު އަފްރާޙް
ބައިނަލްއަޤްވާމީ ''އަޔަން ލޭޑީ އެވޯޑް'' ޑރ. އަނާރާ އަށް

ބައިނަލްއަޤްވާމީ ''އަޔަން ލޭޑީ އެވޯޑް'' ޑރ. އަނާރާ އަށް

ބައިނަލްއަޤްވާމީ ‘އަޔަން ލޭޑީ އެވޯޑް’ ޑރ. އަނާރާ ނައީމަށް ލިބިއްޖެއެވެ. މިއީ އިންޑިއާގެ އެޑިއުފާމް އިންޓަނޭޝަނަލް އެކަޑަމީ އާއި ސިންގަޕޫރުގެ އޭސިއީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ދޭ އެވޯޑެކެވެ. ބައިނަލްއަގްވާމީ މައިދާނުގައި ފާހަގަކޮށްލެވޭ އަންހެން ކަނބަލުންނަށް ދޭ މި އެވޯޑް ޑރ. އަނާރާއަށް ލިބިވަޑައިގެންނެވީ މުޖުތަމައުގައި މީހުން ބާރުވެރިކުރުވައި، މީހުންނަށް ކާމިޔާބު ހޯދުމަށް ހިތްވަރު ދެއްވުމަށް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތުގެ ސަބަބުންނެވެ. އަދި މުޖުތަމައުގެ...

މުޙައްމަދު އަފްރާޙް