އަންނަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ވެސް ރައީސް އިބްރަޙީމް މުޙައްމަދު ޞާލިޙަށް ކާމިޔާބު ކޮށްދެއްވާނެ ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްް (އެމްޑީއޭ)ގެ ރައީސް، ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ (އޭޕީ)އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ވެރިންނާ އެކު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޞާލ...
ޔުމްނާ ޢަލީ
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް އައު ދައުރެއް ކާމިޔާބުކޮށް ދިނުމަށް މިހާތަނަށް އެއްބަސްވުމަކަށް އައިސްފައިވާ ކޯލިޝަން އޮތީ މިހާރު ވެސް ރޭހުގެ މާ ކުރީގައި ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް، އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ (އޭޕީ)އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ވެރިންނާ އެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޞާލިޙް އިއްޔެ ވަނީ ބައްދަލު ކުރައްވާފައެވެ. އެ [...
ޔުމްނާ ޢަލީ
ރައްޔިތުންނަށް ލިބޭނެ އެންމެބޮޑު ހިތްހަމަޖެހުމަކީ ރައްކާތެރި އަމާން މާހައުލެއް ޤާއިމުވެފައި އޮތުންކަމަށް ނައިބު ރައީސް ފައިޞަލް ނަސީމު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް 2023 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. ނައިބު ރައީސް ވިދާޅުވީ، ޤައުމެއްގެ ރައްޔިތުންނަށް ލިބޭނެ އެންމެބޮޑު ހިތްހަމަޖެހުމަކީ ރައްކާތެރި އަމާން މާހައުލެއް ޤާއިމުވެފައި އޮތުންކަން ކަމަށެވެ. އަދި މިކަންކަން ކަށަވަރުކުރުމުގައި ރެޔާއި...
ޔުމްނާ ޢަލީ
ދިވެހި ރާއްޖެ އަށް ވެސް ރޯދަ މަހުގެ ފުރަމަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށް ކަނޑައަޅައިފިއެވެ. ރާއްޖޭގައި ހަނދު ސާބިތު ކުރުމަށް މިރޭ ވެރިރަށް މާލޭގައި ބޭއްވި އިހްތިފާލަށްފަހު ނެރުނު ހަނދާއި ބެހޭ ގަރާރުގައި ބުނެފައި ވަނީ މާދަމާ އަކީ މި އަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި އަދި މިއަހަރުގެ ރަމަޟާން މަހުގެ 1 ވަނަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށެވެ. ރާއްޖެއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ކަމަށް ކަނޑައެޅިއިރު، […]
ޔުމްނާ ޢަލީ
ރާއްޖެ އަށް ކިލޯއަކަށް ވުރެ ގިނަ ޑްރަގް އެތެރެކުރި މައްސަލައެއްގައި މިދިޔަ އަހަރު ހައްޔަރުކުރި އެމެރިކާ މީހަކަށް ދައުވާ ނުކޮށް, އޭނާ ޑީޕޯޓް.ކޮށްލަން ނިންމައިފި އެވެ. މިދިޔަ އަހަރުގެ މެއި މަހު ވައިގެ މަގުން 1.87 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި އެމެރިކާ އަންހެނަކު ހައްޔަރުކޮށް، އޭނާ މައްޗަށް އޮތީ ދައުވާކޮށްފަ އެވެ. .ޕީޖީ އޮފީހުން މިއަދު ބުނީ އޭނާ ގައުމަށް ޑީޕޯޓްކޮށްލަން ނިންމީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ކަމަށެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންނަށް […]
ހުސައިން ހަބީބް
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމު ފުރުއްވަމުން ގެންދަވާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެ ޕާޓީން ވަކިވެއްޖެއެވެ. ހަނަފީ ޖޭޕީން ވަކިވެ، ޖޭޕީގެ ލީޑަރަށް ސިޓީއެއް މިއަދު ފޮނުއްވާއިރު، އޭނާ އެ ޕާޓީން ވަކިވެފައި މިވަނީ އިއްޔެ އޭނާއަށް ޖޭޕީގެ ލީޑަރު، ގާސިމްގެ އެޑްވައިޒަރުގެ މަގާމު ވެސް ހަމަޖައްސާފައި ވަނިކޮށެވެ. ޖޭޕީން ވަކިވާން ނިންމައި ފޮނުވި ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ ޖޭޕީގެ ވިސްނުން މިހާރު ހުރީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް […]
ޔުމްނާ ޢަލީ
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިޚާބަުގައި ވާދަކުރައްވާ ކެންޑިޑޭޓަށް ޓިކެޓު ހަވާލުކުރުން މެއި 5 ގައި ބޭއްވުމަށް ނިންމައިފިއެވެ. އެ ޕާޓީން ބުނީ މިގޮތަށް ނިންމީ ރޭ އެ ޕާޓީން ބޭއްވި ހިންގާ ޤައުމީ ކައުސިލުގެ ތިންވަނަ ބައްދަލުވުމުގައި ކަމަށެވެ. މި ޖަލްސާގެ ރިޔާސަތު އެޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ބެލެހެއްޓެވިއިރު، ރިޔާސީ ކެންޑިޑޭޓަށް ޓިކެޓު ހަވާލުކުރާ ޖަލްސާގެ ހުރިހާ އިންތިޒާމުތަކެއް ހިންގާ ބަލަހައްޓާނީ އެ ޕާޓީގެ ނާއިބު ރައީސް ހުސޭން އިސްމާއިލް […]
މުޙައްމަދު އަފްރާޙް
ރައީސް އިބްރާޙީމް މުޙައްމަދު ސާލިހުގެ ސެކިއުރިޓީ ފެއިލްވި މައްސަލަ އެމްއެންޑީއެފާއި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީންބަލަން ފަށައިފިއެވެ. 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ކޮމިޓީން މައްސަލަ ބަލަނީ އަމިއްލަ އިސްނެގުމަށް ކަމަށާއި އެ ކޮމިޓީގެ ބައްދަލުވުން މިއަދު ހެނދުނު 11:00 ގައި ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ. ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައިފައިވަނީ ޖެންޑަރ މިނިސްޓްރީން ހުޅުމާލޭގައި ބޭއްވި ރަސްމީ ޖަލްސާ ނިންމާލެއްވުމަށް ފަހ...
މުޙައްމަދު އަފްރާޙް
މާލެއިން 46 އަހަރުގެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ ކ. މާލެ / ހ. ކޯލީފްލާވަރ، އަޙްމަދު ނާޝިދު ކަމަށެވެ. އޭނާ މާލެއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފުލުހުން ވިދާޅުވީ އެއީ އުމުރުން 46 އަހަރުގެ މީހެއް ކަމަށާއި 2023 މާރިޗު 15 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ރިފޯޓްކޮށްފައިވަނީ މާރިޗު […]
މުޙައްމަދު އަފްރާޙް
ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މޮޓޯކޭޑަށް ހުރަސްއެޅި ބަޔަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެ މައްސަލައިގާ 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެއީ ހަތަރު ފިރިހެނުން ކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ އަދި ފޮޓޯ އިން ފެންނަގޮތުގައި ރައީސްގެ މޮޓޯކޭޑު ބޮޑުތަކުރުފާނު މަގުން ދަތުރުކުރަނިކޮށް ހުރަސްއަޅާފައިވަނީ އެ ސަރަހައްދުގައި އޭރު މުޒާހަރާ ކުރަން ތިބި މީހުންގެ ތެރެއިން ބައެކެވެ. އެއީ މާލޭގައި ސިލްސިލާކޮށް މުޒާހަރާ ކުރަމުންދާ އިދިކޮޅު ޕްރޮގްރެސިވް ކޯ...
މުޙައްމަދު އަފްރާޙް
އަންހެނުން ބާރުވެރިކުރުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ކުރަމުން އަންނަނީ ތަޢުރީފު ޙައްޤު މަސައްކަތްތަކެއް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވަނީ މި އަހަރުގެ ރެހެންދި އެވޯޑް މިރޭ ޙާޞިލުކުރެއްވި ފަރާތްތަކަށް އެ ވޯޑު ހަވާލުކޮށް ދެއްވާފައެވެ. އޭގެ ތެރޭގައި އެމްޓީސީސީ ވެސް ހިމެނ...
ޔުމްނާ ޢަލީ
ދެން މަސައްކަތް ކުރަންވީ، ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރޭ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރާއްޖޭގައި ހުރިހާ ދާއިރާއެއްގައިވެސް މިންތީ ހަމަހަމަކަން ޤާއިމުކުރުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމ...
ޔުމްނާ ޢަލީ
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުންނާއި އެޑްވައިޒަރުންގެ މަޤާމަށް ބޭފުޅުން އައްޔަނުކޮށްފިއެވެ. އެ ބޭފުޅުން އެ މަޤާމުތަކަށް އައްޔަނު ކުރެއްވިކަން އިއްޔެ މެންދުރުފަހު ބޭއްވި ޖޭޕީގެ 152 ވަނަ ކައުންސިލް ބައްދަލުވުމުގައި ޢިއުލާން ކުރެއްވީ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޤާސިމެވެ. ޖޭޕީގެ ސްޕެޝަލް އެޑްވައިޒަރުންގެ ގޮތުގައި އިއްޔެ ހަމަޖެއްސެވީ ކުރިން އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ހަތަރު ބޭފުޅެކެވެ. އެއީ ވިލިމާލެ ދާއިރާ...
ޔުމްނާ ޢަލީ
މި ފެށޭ ރޯދަމަހަކީ، ކީރިތި ޤުރްއާނުގެ ހިޔަލުގައި ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއްކަމަށާއި، އެ ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސް ޞާލިޙް މިފަދައިން އިލްތިމާސް ކުރެއްވީ ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، މި ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ދީނީ އަދި އަޚްލާޤީ ރީތި...
ޔުމްނާ ޢަލީ
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީއަކަށް އެމަނިކުފާނުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އިލްހާމް އަހުމަދު މިއަދު އައްޔަންކުރައްވައިފިއެވެ. އިލްހާމް އެމަގާމަށް އައްޔަންކުރެއްވިކަން ޖޭޕީގެ ލީޑަރު ޤާސިމް އިއުލާކުރައްވާފައިވަނީ މިއަދު މެންދުރުފަހު ބޭއްވި ޖޭޕީގެ 152 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ. އިލްހާމަކީ ގާސިމާއި ވަރަށް އަރިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަކީ މީގެ ކުރިން ގެމެނެފުށީ ދާއިރާގެ މަޖިލީސް މެންބަރު ކަމާއި، ދަނގެތީ ދާއިރާ...
ޔުމްނާ ޢަލީ