ދުނިޔެމަތީގައި ލިބޭ ކާމިޔާބީ ތަކަކަކީ ވަގުތީ ކާމިޔާބީ ތަކެއް ކަމަށާއި، ހަޤީޤީ ކާމިޔާބަކީ ސުވަރުގެއަށް ދެވުން ކަމަށް އައްޝައިޚް ޢަބްދުﷲ އާމިރު ވިދާޅުވެއްޖެއެވެ. އައްޝައިޚް އާމިރު މިހެން ވިދާޅުވީ ހދ. ކުޅުދުއްފުށީ ސިޓީގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ގުޅިގެން ރޭ ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. ”އިސްލާމީ ނަޒަރަކުން ވަގުތު” މި މައުޟޫޢަށް ކުޅުދުއްފުށި ސިޓީގައި ތަޤްރީރައްވަމުން އައްޝައިޙް ޢަބްދުﷲ އާމިރު ވިދާޅުވީ ވަގުތު އެންމެ ހެޔޮގޮތުގަ...
ޔުމްނާ ޢަލީ
ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރުމަށް ރައީސް ސާލިހު، މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ރުހުން ދީފިއެވެ. މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވި ބޭފުޅުންގެ ނަންތައް ދިރާސާކޮށް، އެ ބޭފުޅުންނަށް ގާނޫނު އެނގިވަޑައިގަންނަވާ މިންވަރު ބެލުމުގެ ޓެސްޓެއް ވަނީ ހަދާފައެވެ. އަދި ކޮމިޓީން ވަނީ އެ ބޭފުޅުންނާ އިންޓަވިއު ވެސް ކޮށްފައެވެ. އެކަންކަން ބެލުމަށްފަހު، ނެގި ވޯޓުން ބްރ...
މުޙައްމަދު އަފްރާޙް
މިއަދު، ދެގަޑިއިރު ބޯކޮށް ވާރޭ ވެހި މާލެއަށް 88 މިލިމިޓަރުގެ ވާރޭ ވެހިއްޖެއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނީ މިއަދު ހެނދުނު 7 އިން 9 ޖެހުމާއި ދެމެދު މާލެއަށް ބޯކޮށް ވާރޭ ވެހުނީ ވިއްސާރަ ވިލާތަކެއް އުފެދުމުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް މިއީ ވަކި މޫސުމެއް އައިސްގެން އުފެދުނު ވިލާތަކެއް ނޫން ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ. މީގެ އިތުރުން ހުޅުލެއަށް 49 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވެސް ވަނީ […]
މުޙައްމަދު އަފްރާޙް
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ބޯޑުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މި އޭޕްރިލް މަހު 24 ގެ ނިޔަލަށް ހުޅުވާލައިފިއެވެ. ޕަބްލިކް ހިއްސާދާރުން ތަމްސީލުކުރުމަށް، ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންވާ ޝަރުތުތައް ބަޔާންކޮށް، އެ ކުންފުނިން ކޮށްފައިވާ އިއުލާނުގައި ވަނީ އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް އަދި ފޯމާ އެކު ހުށަހަޅަން ޖެހޭ ޑޮކިއުމަންޓްތައް ފުރިހަމަކުރުމަށްފަހު cs@s...
މުޙައްމަދު އަފްރާޙް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ވެެރިކަމެއްގައި ދައުލަތުގެ ބޮޑެތި ކުންފުނިތަކުގެ ވިޔަފާރި ބޭރުގައުމުތަކަށް ފުޅާކުރައްވާނެ ކަމުގައި އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ، އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ “ނާޒިމް ބުނަނީ ކީކޭ؟” ކްލަބް ހައުސް އިވެންޓުތަކުގެ ތެރެއިން ރޭގެ އިވެންޓުގައި ބައިވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ ދައު...
ޔުމްނާ ޢަލީ
އުއްމީދަކީ ”ވިއަވަތި ރާއްޖެ” ކޮންފަރެންސް ކުޅުދުއްފުށި ސިޓީގައި ބޭއްވުންކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރާޢީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އެ ކޮންފަރެންސް ކުރިން ބާއްވަން ނިންމާފައި އޮތީ ކުޅުދުއްފުށީ ސިޓީގައެވެ. އެހެންކަމުން ކުރިން ވެސް ނިންމާފައި އޮތްގޮތައް އެ ކޮންފަރެންސް އެ ސިޓީގައި ބޭއްވިގެން ދިޔުމަކީ އޭނާގެ އުއްމީދެއްކަމަށް ރައީސް އޮފީހާއި، ރައީސް އޮފީހުގެ ތަރުޖަމާނާއި އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ޓެގް ކ...
ޔުމްނާ ޢަލީ
މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ތާއީދު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ލިބުމަކީ ރައީސްގެ ކެމްޕޭނަށް ލިބުނު ވަރުގަދަ ހިތްވަރެއްކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. އުއްޗުގެ ރިސޯޓް ޗަމްޕާ ގިރީގައި ރައީސްގެ ދެކަނބަލުންނަށް އިއްޔެ ދެއްވި ރޯދަވީއްލުމުގެ ކުރިން އުއްޗު ވަނީ “އިބޫ 23” ޖަހާފައިވާ ޖާޒީއެއް ރައީސަށް އަރުވައިފަ އެވެ. އެކަމަށް އިޝާރާތް ކުރައްވަމުން ޝަރީފް ވިދާޅުވީ، އުއްޗު ފަދަ ފުއްނާބު އުސް ވިޔަފާރިވެރިއެއްގެ ތާއީދު ރައީސް އިބް...
ޔުމްނާ ޢަލީ
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ވެެރިކަމެއްގައި ހިޔާ ފްލެޓްތަކުގެ ކުލި 4000 ރުފިޔާއަށް ކުޑަކުރައްވާނެ ކަމުގައި އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ، އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ “ނާޒިމް ބުނަނީ ކީކޭ؟” ކްލަބް ހައުސް އިވެންޓުތަކުގެ ތެރެއިން ރޭގެ އިވެންޓުގައި ބައިވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. ހިޔާ ފްލެޓްތަކުގެ ފްލެޓަކަށް މިހާރު ދައްކަން ޖެހެނީ ކުލީގެ ގޮތުގައި 7500 ރުފިޔާ އާއި މެ...
ޔުމްނާ ޢަލީ
“ދުލުގައި ހިފައިގެން ނުދެމުމަށް’’ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ)ގެ ކިބައިން އެދިވަޑައިގެންފިއެވެ. ޝިފާޢު މިގޮތައް އެދިވަޑައިގަތީ މީސްމީޑިއާގައި ޚިޔާލުފާޅު ކުރައްވައި ވައްޑޭ ދެއްކެވި ވާހަކައަކަށް ރަށްދު ދެއްވަމުންނެވެ. ޚިޔާލު ފާޅުކުރަމުން ވައްޑޭ ވިދާޅުވީ، 2019 ވަނަ އަހަރު މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވަކިން ވާދަކުރަން ޤައުމީ މަޖިލިސް އިއްތިފާޤުން ނިންމައި، ދާއިރާތަކުގައި ޕްރައިމަރީތައް ބާއްވައި ކެންޑިޑޭޓުން ހޮވާފައި ވަނ...
ޔުމްނާ ޢަލީ
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން ޖޭޕީ ދޫކޮށް ރައީސްގެ ފަހަތަށް އަރަން ފަށައިފިއެވެ. އެ މެމްބަރުން ރައީސް ސާލިހަށް ތާއީދު ކުރައްވައި، ޖޭޕީން ވަކިވާން ފަށާފައި މިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން އެކަނި ވާދަކުރަން ނިންމައި، އެ ޕާޓީގެ ކެންޑިޑޭޓެއް ނެރެން ނިންމުމާއި ގުޅިގެންނެވެ. އެގޮތުން މިހައިތަނަށް ޖޭޕީ އިން ވަކިވެ، ރައީސްއަށް ތާއީދު ކުރައްވަން ނިންމަވާފައިވަކަން ރަސްމީކޮށް އިއުލާންކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ރަ...
މުޙައްމަދު އަފްރާޙް
ސިނާއީ ރަށް، ތިލަފުށީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ތިލަފުށީގައި ހުރި އިމާރާތެއްގައި ރޯވެގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ”އަލިފާން ރޯވެގެން ތިލަފުށީ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރި ވަނީ. ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:45 ހާއިރު” އެމްއެންޑީއެފުން ވިދާޅުވިއެވެ. މިއަދު 14:00 ހާއިރު އެ އިމާރާތުގައި ރޯވި އަލިފާނުގެ 80 ޕަސަންޓް ކޮންޓްރޯލް ކޮށްފައިވާއިރު، އިތުރު ތަނަކަށް އަލިފާން ފެތުރިފައިނުވާ ކަމަށް އެމްއެންޑީއެފުން ވަނީ...
ޔުމްނާ ޢަލީ
މާލޭ ޖަލުގައި ތިބި ގައިދީން އެހެން ޖަލުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ މާލޭ ޖަލުގައި ތިބި ގައިދީން ބަދަލުކުރަނީ ހުޅުމާލެ ޖަލަށާއި މާފުށި ޖަލަށް ކަމަށެވެ. މާލޭ ޖަލު ހުސްކުރަނީ މިހާރު އެ ޖަލު ހުރި ތަނާއި ޖެހިގެން އޮތް ބިމުގައި ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ކުރާތީއެވެ. އެޑިއުކޭޝަން މިނިސްޓްރީން އަންދާޒާކޮށްފައިވަނީ ކުރިއަށް އޮތް ދިރާސީ އައު އަހަރު ފަށާއިރު، ދަރުމަވަންތަ ސްކޫލްގެ ކިޔެވުން […]
މުޙައްމަދު އަފްރާޙް
ހަތަރު ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހދ. ހަނިމާދޫގައި ބާއްވަން ނިންމާފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި ކޮންފަރެންސް ހަނިމާދޫގައި ކުރިއަށްދާނީ އަންނަ މޭމަހުގެ 12 އިން 14 އަށެވެ. ވިއަވަތި ރާއްޖެ ކޮންފަރެންސަކީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުން ހަރުދަނާކޮށް، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި، މި ނިޒާމް ހަރުދަނާކުރުމަށް، ސަރުކާރުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސ...
ޔުމްނާ ޢަލީ
ވިސާ އާ ނުލާ އޮމާންގައި ދިވެހިންނަށް 14 ދުވަހު އުޅެވޭނެގޮތް ހަދައިފިއެވެ. ރާއްޖޭގެ ޚާރިޖީ ވުޒާރާ އިން ވިދާޅުވީ ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ކުރިން ވިސާއެއް ނެގުމަކާ ނުލައި އެޤައުމަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން މުއްދަތު ހަމަނުވާ ޕާސްޕޯޓަކާއެކު ރާއްޖެއިން އޮމާނަށް ދަތުރުކުރައްވާ ފަރާތްތަކަށް އެޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 14 ދުވަހުގެ މުއްދަތަށް އެޤައުމުގައި ތިބެވޭނެ ކަމަށް އެ ވުޒާރާ އިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވިދާޅުވީ މިގޮތަށް...
މުޙައްމަދު އަފްރާޙް
ސިޔާސީ މައިދާނުގެ އަސްލު މަންޒަރު ދަނީ މަޑުމަޑުން ސާފުވަމުން ކަމަށް ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޗެއަރޕާރސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ. އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެކުގައި ކުރިއަށް ނުދެވުނަސް އަންނަ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށެވެ. މީގެ އިތުރުން ނޭނގި ހުރި ކަންކަން މަޑުމަޑުން ސާފުވެ، މައިދާން ތައްޔާރުވެއްޖެ ކަމަށާއި ކުރިއަށް އޮތީ ޝައުގުވެރި ދުވަސްތަކެއް ކަމަށް ވެސް އެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ. އަދި...
މުޙައްމަދު އަފްރާޙް