މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖޭޕީ އިން ވާދަކުރާނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ޖޭޕީގެ ކައުންސިލުން ފާސްކޮށްފިއެވެ. އެ ކައުންސިލުން މިގޮތަށް ފާސްކުރީ މިއަދުއެވެ. ޖޭޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ފަރާތެއް ހޮވުމަށް، ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވައިލުމުން އެކަމަށް ކުރިމަތިލައްވާފައި ވަނީ ވެސް ގާސިމް ގިނިކަންޏާއެވެ. ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާނީ ގާސިމް ކަމަށާއި އެމަނިކުފާނު ކެންޑިޑޭޓު ކަމަށް...
މުޙައްމަދު އަފްރާޙް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދަށް ސިޔާސީގޮތުން ކުރިމަތިވެވަޑައިގެން ކަންކަމަކީ އަމިއްލަ އެދުމާހުރެ ކުރިމަތިވެވަޑައިގަތްކަންކަން ކަމަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ. ރާޝިދު މިހެން ވިދާޅުވީ، ‘’ހަސަން ކުރުސީ’’ ނަމުގައި ޓްވީޓާގައި ހަރަކާތްތެރިވާ މީހަކު ކުރި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. ’’ހަސަން ކުރުސީ’’ އަކީ ރައީސް ނަޝީދު ކަމަށް ނުވަތަ ރައީސް ނަޝީދާއި ގާތްގުޅުމެއް އޮންނަ މީހެއްކަމަށް ބައ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ވެރިކަންކުރާ އެމްޑީޕީއަށް ސޮއިކޮށްފިއެވެ. އަލީ ހަމީދަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލިސްއަށް އިންތިޚާބުވެފައިވާ ބޭފުޅެކެވެ. އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރެއްވީ، ރައީސް އިބްރާޙީމް މުޙައްމަދުގެ ހާޟިރުގައި ރިޔާސީ ގަނޑުވަރު މުލިއާގޭގައެވެ. އަލީ ހަމީދު ޖޭޕީ ދޫކޮށްލުމުން ޖޭޕީގެ ޕާލަމެންޓަރީ ގްރޫޕްގައި ދެން ތިއްބަވާނީ އެ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމާއި، ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިނެވެ....
ޔުމްނާ ޢަލީ
އިންޓަރނޭޝަނަލް ހޭންޑްބޯލް ކޯޗިންގ ކޯހުގައި ބައިވެރިވުމަށް ހައިޝަމް އަބްދުﷲ ހަންގޭރީއަށް ފުރައިފިއެވެ. އޭނާ މި ކޯހަށް ފުރާފައިވަނީ އިއްޔެއެވެ. މިއީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ހޯދައިދިން ފުރުސަތެކެވެ. މި ކޯސް އޮންނާނީ މިއަދުން ފެށިގެން ޖޫން މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހަންގޭރީގެ ބުޑަޕެސްޓުގައެވެ. ހޭންޑްބޯލް މޯލްޑިވްސް އިން ބުނީ ހަންގޭރީގެ ޔުނިވަރސިޓީ އޮފް ސްޕޯޓްސް ސައިންސްގައި ކުރިއަށްދާ މި ކޯހުގައި ކޯޗިންގގެ ބޭސިކުން ފެށިގެން ސްޕޯޓްސް ސައިންސާއި ގުޅޭ ގިނަ ކަންތައްތަކެއް ދަސްކޮށްދޭނެ ކަމަ...
މުޙައްމަދު އަފްރާޙް
ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވިއްޖެނަމަ، ވަރުބަލިކަމެއް ނެތި ޚިދުމަތުގައި ހުންނާނެ ކަމަށް އެދާއިރާގެ ގޮނޑިއަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވާދަކުރައްވާ ކެންޑިޑޭޓް އަލީ އަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެމްއެންޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަރީފް ވިދާޅުވީ އޭނާއަކީ މި ދާއިރާއަށް އައްޔަންކުރާނެ އެންމެހީވާގި، އެންމެކެރޭ، އެންމެމުރާލި އަދި އެންމެގާތުން މަސައްކ...
މުޙައްމަދު އަފްރާޙް
މޫނު ބުރުގާގެ މައްސަލައިގާ އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. މިއީ އެ ސްކޫލްގެ ޔުނީފޯމް ކޯޑާ ހިލާފަށް ބައެއް ދަރިވަރުން މޫނު ބުރުގާ އަޅާތީ އެކަން އެގޮތަށް ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގުމުން، މިނިސްޓްރީއާ ދެކޮޅަށް އެ ސްކޫލްގެ ބެލެނިވެރިން ހުށަހެޅި މައްސަލައެކެވެ. އަރަބިއްޔާ ބެލެނިވެރިންގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅި ރެހެންދި ޗޭމްބާސް ލޯފާމުގެ ފަރާތުންނެވެ. ރެހެންދި ޗެމްބާސް ލޯފާމުން ނެރުނު ނޫސްބަޔާނުގައި ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާފަ...
މުޙައްމަދު އަފްރާޙް
ހުޅުމާލެ ފޭސް 2 ގައި ދެ އެކްސިޑެންޓެއް، އެކަކު ނިޔާވެ، އަނެކަކުގެ ހާލު ސީރިއަސް ވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމާލެ ފޭސް 2 ގެ އެމްޕީއެލް ފްލެޓު ކައިރީ ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 09:56 ހާއިރު ލިބިފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި 59 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށް […]
މުޙައްމަދު އަފްރާޙް
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނިން ހިލްޓަނަށް 24 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަންގައިފި އެވެ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ބާތިލްކުރުމުން ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރުގެ އާބިޓްރޭޝަނުން އަންގާފައިވާތީ އެ ފައިސާ ދެ ހަފުތާ ތެރޭގައި ދައްކަން މިދިޔަ ފެބްރުއަރީ މަހު ސިވިލް ކޯޓުން ހުކުމްކުރި […]
ހުސައިން ހަބީބް
ރާއްޖޭގެ އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުމަށް ޗައިނާއިން ވަރަށް ބޮޑަށް އެހީތެރިވެދެއްވާފައިވާކަން ފާހަގަ ކުރައްވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީ (ސީ.އައި.ޑީ.ސީ.އޭ)ގެ ވައިސް ޗެއަރމަން، ޑެންގ ބޮކިންގ މިއަދު ނައިބު ރައީސްގެ އަރިއަހަށް ކުރެއްވި ޒިޔާރަތުގެތެރެއިން، އޭނާ އާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް އޮފީހުން ހާމަކުރައްވާ ގޮތުގައި އެ ދެބޭފުޅުންގެ މިބައްދަލުކުރެއްވު...
ޔުމްނާ ޢަލީ
ޔޫތު މިނިސްޓްރީގެ ބިމެއްގައި ހުރި ގުދަނެއްގެ ތަޅު ހަލާކުކޮށްލައިގެން މާލޭ ސިޓީ ކައުންސިލުން ވަން ގުދަނަކީ ޔޫތް މިނިސްޓްރީއާއި ހަވާލުކޮށްފައިވާ ތަނެއްކަން ސާފުކޮށް އެނގޭކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ޔޫތު މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ 355 ނަންބަރު ކޮށްޓަކީ ކުޅިވަރު ބޭނުމަށް ދޫކޮށްފައިވާ ބިމެއް ކަމަށް ކަނޑައަޅާ މެއި 15، 2019 ވަނަ އަހަރު ދޫކޮށްފައިވާ ބިމެއް ކަމަށެވެ. އަދި އެ ލިޔުން ދޫކޮށްފައި ވަނީ ޕްލޭނިންގ މިނިސްޓްރީން ކަމަށެވެ. އެ ބިމުގެ ޑިވެލޮޕްމަންޓް […]
މުޙައްމަދު އަފްރާޙް
ސްޕެޝަލް އޮލިމްޕިކްސް އޮފް މޯލްޑިވްސް (އެސްއޯއެމް) އިން ނަމާދު ވޯކްޝޮޕެއް ބޭއްވުމަށް ނިންމައިފިއެވެ. ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން އެސްއޯއެމްގެ ޓެެކްނިކަލް / ސްޕޯޓްސް ޑިރެކްޓަރ އިބްރާހިމް ރަމީޒު (އިބޭ) ވިދާޅުވީ މިއީ ޕީސް ފައުންޑޭޝަނާއި ގުޅިގެން ކުރިއަށް ގެންދާ ވޯކްޝޮޕެއް ކަމަށެވެ. މި ވޯކްޝޮޕްގައި ނަމާދުގެ ހަރަކާތްތަކާއި ނަމާދުގެ އެކިއެކި ކަންކަން ކުދިންނާއި ގުޅޭގޮތުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށާއި މިއީ އެއްވެސް ފީއެއް ނުނަގާ ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އަދި މި ވޯކްޝޮ...
މުޙައްމަދު އަފްރާޙް
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރައްވާ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ފަތުރުވެރިކަމާބެހޭ ވަޒީރު، ޑރ. ޢަބުދުﷲ މައުސޫމްގެ ތާއީދު އޮތްކަން އޭނާ ހާމަކުރައްވައިފިއެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ފަތުރުވެރިކަމާބެހޭ ވުޒާރާގެ ވަޒީރަކަށް ހުންނެވި މައުސޫމްގެ ތާއީދު ރައީސް ޞާލިޙަށް ދެއްވިކަން ހާމަކުރެއްވީ އޭނާ މީސްމީޑިއާއަށް ދޫކޮށްލެއްވި މެސެޖެއްގައެވެ. މައުސޫމް ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީން ވެސް ވަނީ ރިޔާސީ އިންތިޚ...
ޔުމްނާ ޢަލީ
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ރާއްޖެއިން ތައްޔާރުވުމަށް އެތުލެޓިކްސް އެސޯސިއޭޝަން ގެ ސްކޮޑު އިއުލާނު ކޮށްފިއެވެ. އެ އެސޯސިއޭޝަނުން އިއުލާނުކުރި ސްކޮޑުގައި ދެ ޖިންސުގެ އެތްލީޓުން ހިމެނޭހެން ޖުމުލަ 27 އެތުލީޓުން ވަނީ ހިމަނާފައެވެ. އެއީ ރިލޭ ޓީމާއި އިންޑިވިޖުއަލް ސްޕްރިންޓް، މިޑްލް ޑިސްޓަންސް ދުވުންތެރިން އަދި މެރެތަން ދުވުންތެރިން ހިމެނޭ ގޮތަށެވެ. މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ އޮގަސްޓް މަހު މަޑަގަސްކަރައި ގައެވެ. އެސޯސިއޭޝަނުން ބުނީ ފައިނަލް ޓީމު އެ...
މުޙައްމަދު އަފްރާޙް
ރޯދަ ހަދިޔާ ލިބޭނެކަމަށް ބުނެ ކުންފުނިތަކުގެ ނަމުގައި ސްކޭމްތަކެއް ހިންގަމުންދާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސް ކުރައްވައިފިއެވެ. ފުލުހުން ވިދާޅުވީ ރޯދަ ހަދިޔާ ލިބޭނެ ކަމަށް ބުނެ އެކި ކުންފުނިތަކުގެ ނަމުގައި މެސެޖުތައް ކުރަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެކަން ބަލަމުން އަންނަކަމަށެވެ. ފުލުހުން ވަނީ މިގޮތަށް އަންނަ އެއްވެސް މެސެޖެއްގައިވާ ލިންކަށް ނުފިތުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ. އެފަދަ މެސެޖެއް އަތުވެއްޖެނަމަ، ނުވަތަ އެފަދަ މައުލޫމ...
މުޙައްމަދު އަފްރާޙް
މީސްމީޑިއާގައި ދައުރުވަމުންދަނީ ޅ. ހިންނަވަރުން ގޯތިލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗާގެ ސީނިއާ އެގްޒެކްޓިވް ޑައިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވެއްޖެއެވެ. ހުޅުމާލެއިން ގޯތި ލިބޭ މީހުންގެ ލިސްޓެއްކަމަށްބުނެ މިއަދު ވަނީ މީސްމީޑިއާގައި ބަޔަކު ލިސްޓެއް ދައުރުކޮށްފައެވެ. ދައުރުކުރި ލިސްޓްގައި ބައިން ފެންނަނީ މުޅިން ވެސް ހިންނަވަރު މީހުންނަށް ގޯތި ލިބިފައިވާކަމަށެވެ. އެ ލިސްޓާ ގުޅިގެން އާރިފް ކުރެއްވި ޓްވީޓެއްގައި ވަނީ މީސްމީޑިއ...
ޔުމްނާ ޢަލީ