ސަފާ ގްރޫޕުގެ އުމްރާވެރިންނަށް ވިސާ ނުލިބިގެން ނުފުރުނު މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަމުން އަންނަކަމަށް އެ މިނިސްޓްރީން ބުނެފިއެވެ. ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރުމަށް އިސްލާމިކް މިނިސްޓްރީން ހަދާފައިވާ ވައިބަރ ގްރޫޕުގައި އެ މިނިސްޓްރީގެ ފަރާތުން އިސްމާއިލް އަފްރާހު ވިދާޅުވެފައިވަނީ އަލް ސަފާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މި ރަމަޟާން މަހު އުމްރާއަށް ގެންދަން ހަމަޖެހިފައިވާ އުމްރާވެރިން، އުމްރާއަށް ގެންދިއުމުގައި މައްސަލަތަކެއް ދިމާވެ، އުމްރާއަށް ނުފުރޭކަމުގެ ޝަކުވާ މިއަދު ލިބިފައިވ...
މުޙައްމަދު އަފްރާޙް
ރައްޔިތުންގެ ފަތުރުވެރިކަން 118 ރަށަކަށް ވަނީ ފުޅާކުރެވިފައި ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ ކުރައްވާފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ ފަތުރުވެރިކަން މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަކާއި ސިޓީތައް ހިމެނޭހެން 118 ރަށަކަށް ފުޅާވެފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަމުގެ އެނދުގެ 27 އިންސައްތަ މިހާރު ހިއްސާ ކުރަނީ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް ނުވަތަ ރައްޔިތުންގެ ފަތުރުވެރިކަން ކަމަށް އޭނާ ވަނީ ވިދ...
މުޙައްމަދު އަފްރާޙް
ފަހު ދިހައިގެ ރޭތަކުގައި މާލެ ސަރަހައްދުގައި ދަމު ނަމާދު ކުރާ މިސްކިތްތައް އިއުލާން ކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި މާލެ ސަަރަހައްދުގެ 32 މިސްކިތެއްގައި ދަމު ނަމާދު ކުރުމަށް ވަނީ ހަމަޖައްސާފައެވެ. އެއީ މާލޭގެ 18 މިސްކިތަކާއި ވިލިމާލޭގެ 3 މިސްކިތަކާއި ހުޅުމާލޭގެ 11 މިސްކިތެކެވެ. އެގޮތުން މާލޭގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ތެރޭގައި އިސްލާމީ މަރުކަޒު، މަސްޖިދުލް މަލިކު ސަލްމާން، މަސްޖިދުއްސުލްތާނު މުހައްމަދު ބިން އަބްދިﷲ، މަސްޖިދުއްސުލްތާނު މުހައްމަ...
މުޙައްމަދު އަފްރާޙް
ވަޒީފާގެ ބިރެއް އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. ކޮންމެ ބުރާސްފަތި ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިބެނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ރައީސް އަށް ލިބިދޭ ބާރުގައި އައްޔަންކޮށް އަދި ވަޒީފާއިން ވަކިކުރާ މީހުން ކަމަށެވެ. އެފަދަ މީހުންނަކީ ވަޒީފާގެ ވަޒީފާގެ ބަޔާނެއް ހަދައިގެން ވަޒީފާއަދާކުރާ ބައެއް ނޫން ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ. މީގެ އިތުރުން މިއުވ...
މުޙައްމަދު އަފްރާޙް
މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަސައްކަތް މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމާ، ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް އެންވަޔަރްމެންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ވޭސްޓް ޓްރާންސްފަރ ސްޓޭޝަންއާއެކު ގްރޭޓަރ މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރުމަށް ބޮޑު ބަދަލެއް އަންނާނެކަން ފާހަގަކުރައްވާ ޝަައުނާ ވިދާޅުވީ ސަބަބަކީ މިފަހަރު ތަރައްގީކުރާ ފެސިލިޓީގަ...
މުޙައްމަދު އަފްރާޙް
އަރަބިއްޔާ ސްކޫލްގައި ތައުލީމު ހާސިލް ކުރަމުންދާ އަންހެން ކުދިންގެ ބޫނު ބުރުގާ ނަގަން އެންގި މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފިއެވެ. މި މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅުއްވީ ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު އެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި އަރަބިއްޔާ ސްކޫލްގައި ތައުލީމު ހާސިލް ކުރަމުންދާ މޫނު ބުރުގާ އަޅާ ކުދިންނާ މެދު އެކުދިންގެ ހައްގުތަށް ގެއްލޭ އުސޫލުން ސަރުކާރުގެ ގަވާއިދުތަކާއި ސިޔާސަތުތައް ތަންފީޒު […]
މުޙައްމަދު އަފްރާޙް
ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމި ނިންމުން ތަންފީޒުކުރުން ސިވިލް ކޯޓުން ހުއްޓުވީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ގަވާއިދާ ހިލާފަށް ރަޖިސްޓްރީކުރި ކަމަށް ތުހުމަތުކޮށް 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމާފައި ވަނިކޮށް ސިވިލް ކޯޓުން މިދިޔަ އަހަރު އަމުރެއް ނެރުނީ އޭގެ ތެރެއިން 87 ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރުން މަޑުޖައްސާލުމަށެވެ. އެ އަމުރު ޓްރާންސްޕޯޓް މިނިސްޓްރީން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ. ހައި ކޯޓުގެ ދެ ފަނޑި...
ހުސައިން ހަބީބް
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މިހާރުގެ ރައީސް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވާކަން ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ މުޙައްމަދު އަމީތު ހާމަކުރައްވައިފިއެވެ. މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރައްވާފައިވާ އަމީތު މިކަން ހާމަކުރެއްވީ މީސްމީޑިއާ އަށް ދޫކޮށްލެއްވި ޓްވީޓެއްގައެވެ. އަމީތަކީ މިހާރުގެ ވެރިކަން ކުރާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ޖޭޕީން ވ...
ޔުމްނާ ޢަލީ
ކޮންމެ ރަމަޟާން މަހެއްގައި މާލެއަތޮޅު ހުރާގައި ކުރިއަށް ގެންދާ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ކުޅުނު އަންހެން ފުރަތަމަ މެޗު ފަސޭހަކަމާއެކު ޓީމު މަންފާ އިން ކާމިޔާބުކޮށްފިއެވެ. ހުރައަށް ނިސްބަތްވާ މި ޓީމު ރޭގެ މެޗު ކާމިޔާބުކުރީ ޓީމް ތުލުސްދޫ އާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ގެންދިޔައީ 15/25 ،11/25، 16/25 އިންނެވެ. ރޭގެ މެޗުގައި ރާއްޖޭގެ އަންހެން ވޮލީ ޓީމުގެ ދެކުޅުން ތެރިން ކަމުގައިވާ އައިޝަތު މާޖިދާ (މާޖީ) އާއި […]
މުޙައްމަދު އަފްރާޙް
ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލުތަކަށް ދެއްވަމުން މިނިސްޓަރ ވިދާޅުވީ ގާނޫނާ ޚިލާފު ކަމެއް ވެސް އަދި ރައްޔިތުންނަށް ގެއްލުން ލިބޭނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަަމަށެވެ. މެމްބަރު ޝިޔާމް ސުވާލު ކުރައްވާފައިވަނީ ރާއްޖޭގައި ބޭރު ސިފައިން ތިބުމާ ދެކޮޅުހަދާ ދިވެހިންނަށް އިހާނެތިކޮށް ކަންކުރުމަކީ މިނިސްޓަރުގެ ހައިސިއްޔަތު...
މުޙައްމަދު އަފްރާޙް
ފިތުރު ޒަކާތުގެ ގޮތުގައި ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަހު، 1.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ ފުރަތަމަ 10 ދުވަހު 1،310،160 ރުފިޔާ ލިބިފައިވާ ކަމަށެވެ. ފާއިތުވި 4 އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު، މިއަހަރު ފިރުތު ޒަކާތުގެ ގޮތުގައި ލިބިފައިވާ އަދަދަކީ މިދިޔަ އަހަރު އެ މުއްދަތުގައި ލިބުނު އަދަދަށްވުރެ ތިން ލައްކަ ރުފިޔާ އިތުރު އަދަދެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެގޮތުން ފައިބެއަހަރުގެ ރަމަޟާން މަހުގެ […]
މުޙައްމަދު އަފްރާޙް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ވެރިކަމެއްގައި ހާރިޖީ ސިޔާސަތު ބާއްވާނީ “ކޮންމެ ޤައުމަކާ ވެސް ސަލާންކޮށްލެވޭ” ހިސާބުގައި ކަމަށް އެ ޕާޓީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ، އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ “ނުއިވޭ އަޑުތައް” ސިލްސިލާގެ ދެ ވަނަ އެޕިސޯޑްގައި ރޭ ވާހަކަދައްކަވަމުންނެވެ. މި މައުލޫއަށް ރޭ ނާޒިމް ދެއްކެވި ވާހަކާގައި ވިދާޅުވީ، މި ސަރުކާރުގައި ރާއްޖެ ދަނީ އިންޑިޔާގެ ދަށުވަމުން ކަމަށް އިދިކޮޅު […]
ޔުމްނާ ޢަލީ
ގެއްލިގެން ހޯދަމުންދާ ޗައިނާ ފަތުރުވެރިޔާ ހޯދުމަށް ސިފައިން ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން ބޮޑު ސަރަހައްދެއް ބަލައިފިއެވެ. އެ ފަތުރުވެރިޔާ ގެއްލުނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ ކ. އަމީންގިރިރިސޯޓުގެ ހުޅަނގުދެކުނު ފަރާތަށް ސްނޯކްލިން އަށް ދިޔަކަމަށްބެލެވޭ ފަތުރުވެރިއެއްކަމަށް އެ ދުވަހު އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. އެމްއެންޑީއެފުން ރޭ ވިދާޅުވީ، އެމީހާ ހޯދުމަށް އެ އިދާރާގެ ކޯސްޓްގާޑުން ކުރިއަަށްގެންދާ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި އިއްޔެ ވެސް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަ...
ޔުމްނާ ޢަލީ
ވިލިމާލޭގައި ބަގީގެ ޚިދުމަތް ރަސްމީކޮށް އިއްޔެ ފަށައިފިއެވެ. މިކަމަށްޓަކައި ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވާދެއްވީ މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އެވެ. މާލޭ ސިޓީކައުންސިލުން ވިދާޅުވިގޮތުގައި މި ރަމަޟާން މަސް ނިމެންދެން ޕްރައިވެޓް ހަޔާ ފިޔަވައި، އެ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދޭނީ ހިލޭއެވެ. ވިލިމާލޭގައި ކުރާ ބަގީ ދަތުރުތަކަށް ނަގަން ކައުންސލުން ނިންމާފައިވަނީ 2 ރުފިޔާ އެވެ. ނަމަވެސް ބަގީ، ޕްރައިވެޓް ހަޔާގެ ގޮތުގައި ނަގާ ނަމަ އަގު ތަފާތު […]
ޔުމްނާ ޢަލީ
މިއަދު ފެންނަނީ ރާއްޖެ ވަކި ޤައުމެއްގެ “އުނގަށް” ވެއްޓިފައިވާ ތަން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ، އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ “ނުއިވޭ އަޑުތައް” ސިލްސިލާގެ ދެ ވަނަ އެޕިސޯޑްގައި މިރޭ ވާހަކަދައްކަވަމުންނެވެ. ނާޒިމް މިރޭ ދެއްކެވި ވާހަކާގައި ވަނީ ދިވެހި ރާއްޖޭގެ ހިންގުމުގެ ޙާލަތު މި ވަގުތު މި އޮތީ ރަނގަޅުގޮތަކަށް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި […]
ޔުމްނާ ޢަލީ