ގުރައިދޫ އިލެކްޝަނަށް ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެ ޕާޓޫގެ ރިޔާސީ ކެންޑިޑޭޓު ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެ ޕާޓީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވި އެކަމުގެ ހެކި ވަރަށްބޮޑަށް ފެންނަމުންދާ ކަމަށެވެ. އެގޮތުން އެދާއިރާގެ ރަށެއް ކަމަށްވާ ގުޅީގެ ފަޅު ހިއްކަން ފެށުމަށް ތައްޔާރުވުމާއި މާފުށި ހިއްކި ބިމުން ގޯތި ދޫކުރަން ނިންމުން ވަނީ ނާޒިމް ފާހަގަކުރައްވާފައެވެ. […]
މުޙައްމަދު އަފްރާޙް
މާލެ އަތޮޅު ހުރާގައި މިހާރު ކުރިއަށްދާ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ބައްދަލުކުރި މެޗު ހިންމަފުށި ސްޕޯޓްސް އާއި ބައްދަލުކޮށް ފަސޭހަކަމާއެކު ޓީމު ތްރީޑީ އިން ކާމިޔާބުކޮށްފިއެވެ. ރާއްޖޭގެ ގައުމީ ޓީމުގެ ހަސަން ނިލާމް (ޕާޓޭ) އާއި ހުސެން ވިޝާމް (ބުޅިކެ) އަދި ހުސެން ޔޫސުފް (ޓޯއީ) ހިމެނޭ ޓީމް ތްރީޑީ އިން މި މެޗު ކާމިޔާބުކުރީ 3 ސެޓު 1 ސެޓުންނެވެ. އެއީ 15/25 ،19/25،27/29، 13/25 އެވެ. ރޭގެ މެޗު ފަށައިގެން ވަރަށް ފަސޭހަ […]
މުޙައްމަދު އަފްރާޙް
ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅާ ފަރާތްތަކަށް އަދަބު ނުދެވުމަކީ އެފަދަ ޖަރީމާ ހިންގާ ފަރާތްތަކަށް ލިބޭ ހިތްވަރެއް ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ. އެ ޖަމިއްޔާއިން މިހެން ބުނީ “ދައުރު” ނޫހުގައި ޝާއިޢުކުރި އާޓިކަލްއަކާއި ގުޅިގެން އެ ނޫހުގެ ސީނިއަރ އެޑިޓަރަށާއި އާޓިކަލް ލިޔުނު ނޫސްވެރިޔާއަށް ގުޅައި، މެސެޖުކޮށް އިންޒާރުދެމުން އަންނާތީ އެކަން ކުށްވެރިކޮށް ނެރުނު ނޫސް ބަޔާނެއްގައެވެ. އެ ނޫސް ބަޔާނުގައި ބުނީ 6 އޭޕްރިލް 2023 ގައި ‘ދައުރު’ ނޫހުގައި […]
މުޙައްމަދު އަފްރާޙް
މިއަހަރުގެ ރަމަޟާން މަހު އައް ޞަފާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އުމްރާއަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުން އުމްރާއަށް ގެންދިއުމަށް އެއަރލައިން އަކާއެކު މާދަމާ ސޮއި ކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން ބުނީ މި އަހަރުގެ ރަމަޟާން މަހު ޢުމްރާއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޢުމްރާވެރިންނަށް ވިސާ ހަމަނުޖެހުމުގެ ސަބަބުން ކަމަށްބުނެ، ޢުމްރާ ދަތުރު ކެންސަލްކުރަން އެކުންފުނިން ނިންމާފައިވާ ނިންމުމަކީ މިނިސްޓްރީ އިން އިންތިހާއަށް ކަންބ...
މުޙައްމަދު އަފްރާޙް
ނ. މަނަދޫގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ. ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހަދާފައިވާ ވަޓްސްއެޕް ގްރޫޕުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެރަށު ގެއެއްގައި އެކަނި ދިރިއުޅެމުންދާ 62 އަހަރުގެ އަންހެނެއްގެ ޚަބަރެއް ނުވެގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެ ރިޕޯޓު ކުރީ މިއަދު އިރުއޮއްސި 6:13 އެހާކަންހާއިރު ކަމަށެވެ. އޭނާގެ އާއިލާ އިން ފުލުހުންނަށް މި ރިޕޯޓު ކުރުމާއި އެކު އެ އަންހެން މީހާ […]
މުޙައްމަދު އަފްރާޙް
ސިއްހީ ދާއިރާއިން ދުނިޔެ ހޯދި ކޮންމެ ކާމިޔާބީއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއިން ވެސް ހޯދާފައިވާކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ސިއްޙަތު ދުވަހުގެ މުނާސަބާގައި ހެލްތު މިނިސްޓަރ ދެއްވި ޚިތާބުގައި މިނިސްޓަރު ވިދާޅުވީ އެ ކާމިޔާބީތައް ހޯދުމަށް އދ.ގެ ކަމާއިގުޅޭ ހުރިހާ އެޖެންސީތަކާއެކު މަސައްކަތްކުރެވުނު ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މެލޭރިއާއާއި ހިމަބިއްސާއި ޕޯލިއޯ އަދި ރުބެއްލާފަދަ ބަލިތަކަށް ވެކްސިން ކަވަރޭޖް ދީފައިވާ ކަމަށާއި...
މުޙައްމަދު އަފްރާޙް
ދިވެހިންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ދިވެހިންގެ މެދުގައި ފެތުރެމުން ދިޔުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިފަދައިން ވިދާޅުވީ، 2023 ވަނަ އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް މިއަދު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. މި ޚިޠާބުގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި އެއްވެސް ތަފާތުކުރުމެއް ނެތި އެންމެންނަށް ޞިއްޙ...
ޔުމްނާ ޢަލީ
“ފަހި ރާސްތާ” ގެ ނަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޕްރޮގްރާމްތަކެއް ފަށާފައިވާ ކަމަށް ބުނެފިއެވެ. އެކަން ހާމަކުރެއްވީ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު އަސްލަހު އެވެ. އޭނާ ވިދާޅުވީ މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް “ރައްކާ” ކެމްޕޭނުގެ ދަށުން، މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ. “މިކެމްޕޭނުގެ ދަށުން ސްކޫލުތަކުގެ ދަރިވަރުންނަށް ހާއްސަ ކޮށްގެން ކުރިޔަށްގެންދާ ޓޮރެފިކް މޮނިޓަރސ...
މުޙައްމަދު އަފްރާޙް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޔޫތު ވިންގާއި މޯލްޑިވްސް ޔުނިފައިޑް ގޭމިންއާއި ގުޅިގެން ޕީއެސް ފީފާ މުބާރާތެއް ފަށައިފިއެވެ. ރޭ ފެށި މި މުބާރާތަކީ 558 ބައިވެރިންނާއެކު ޑަބަލްސް ޓީމު ވާދަކުރާ ގޮތަށް ކުރިޔަށް ގެންދާ މުބާރާތެކެވެ. މިމުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އެމްއެންޕީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވަނީ އެ ޕާޓީއަކީ އަބަދުވެސް ޒުވާނުންނަށް ސަޕޯޓްކޮށް ޒުވާނުންނާއެކީ ވާ ޕާޓީ އެއްކަމަށް ވިދާޅުވެފައެވެ. އެމްއެންޕީގެ ހުރިހާ ޖ...
މުޙައްމަދު އަފްރާޙް
ކ. ހުރާގައި މިހާރުކުރިއަށްދާ އެމްއޭ ކަޕް 1444 ގައި ރޭ ކުޅުނު މެޗު ތުލުސްދޫގެ ޓީމު ބްލެކް އީގަލްސް އިން ކާމިޔާކޮށްފިއެވެ. މި މުބާރާތުގައި ރޭ ބައްދަލުކުރީ ސްރީލަންކާގެ ސީނިއަރ ގައުމީ ޓީމްގެ ދެ ކުޅުންތެރިން ކަމަށްވާ އިސުރު އާއި ދީޕްތީ އަދި ގައުމީ ޓީމް ކޯޗް ހިމެނޭ ތުލުސްދޫގެ ބުލެކް އީގަލްސް އާއި ލަންކާގެ ގައުމީ ޓީމުގެ މަހޭސް އަދި ކުޅަދާނަ ބީޗް ވޮލީ ކުޅުންތެރިޔާ މުޙައްމަދު އަލީ (ޑެންޒޯ) ހިމެނޭ ހުރާގެ ޓީމް މަންފާ […]
މުޙައްމަދު އަފްރާޙް
ހިޔާ ފްލެޓެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ހިޔާ ފްލެޓްތައް ހުންނަ ހުޅުމާލޭގެ ބެލެނިވެރިފަރާތް އާބަންކޯ އިން މިރޭ ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، ހިޔާ ފްލެޓްގެ އެޕާޓްމަންޓް H5-17-02 ގެ ބެލްކަނީގައިކަމަށެވެ. އެ އެޕާޓްމަންޓްގެ ބެލްކަނީގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލްކޮށް ނިއްވާލާފައިވާއިރު، އެ އެޕާޓްމަންޓްގައި ދިރިއުޅޭ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެ ކުންފުނިން ބުންޏެވެ. ”މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކުން މި ހާދިސާ ހިނ...
ޙުސައިން ޝަހުދީ
ފިޔަވަތީގައި ތިބޭ ކުޑަކުދިންނާއި އެ ކުދިން ބަލަހައްޓާ މީހުންނަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ދެ ކަނބަލުން މިއަދު ރޯދަވީއްލުމެއް ދެއްވައިފިއެވެ. އެ ކުދީންނަށް ޚާއްޞަ ކުޅިވަރުގެ ހަރަކާތްތަކަކާއެކު ބޭއްވި މި ރޯދަވީއްލުން ބާއްވަވާފައި ވަނީ މިއަދު މުލީއާގޭގައެވެ. ރައީސްގެ ދެ ކަނބަލުން ވަނީ މިކުދިންނާއެކު ވަގުތު ހޭދަކޮށްލައްވައި، އެ ކުދިންނާއެކު ބައެއް ކުޅިވަރުތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާފައެވެ. މި ރޯދަވީއްލުމުގައި، ފިޔަވަތީގައި ތިބޭ ކުޑަކުދިންނާއި އެކުދިން ބަލަހައްޓާ ފަރާތްތަކުގެ...
ޔުމްނާ ޢަލީ
ކާށި ލިބުން ދަތިވާ މައްސަލަ ހައްލުކުރުމަށް 5000 ރުއް ރާއްޖެ ގެނެސްފިއެވެ. އެކަން ހާމަކުރެއްވީ ރާއްޖޭގެ ރުށްތަކަށް ޖެހިފައިވާ ބަލިތަކާއި ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށް އަމާޒުކޮށްގެން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު އެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގެ ރުށްތަކަށް ބައްޔެއް ޖެހިފައިވާތީ ކުރުނބާ އަދި ކާށި ލިބުން ދަތިވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް 5،000 ރުށް ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި މި […]
މުޙައްމަދު އަފްރާޙް
ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްގެ ބެލެހެއްޓުމުގެ ހަރަދު އެ ކުއްޖާގެ ބައްޕަ ކޮންމެ މަހަކު ދައުލަތަށް ދޭންޖެހޭ ގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު އަމުރެއް ނެރެފި އެވެ. ފެމިލީ ކޯޓުން ބުނީ އެގޮތަށް އެ ކޯޓުން އަމުރު ނެރުނީ މައިންބަފައިންގެ ފަރާތުން ރައްކާތެރިކަން ނުލިބޭތީ އާއި ހަވާލުވާނެ ފަރާތެއް އާއިލާގައި ނެތިގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ކުއްޖެއްގެ މައްސަލާގައި ކަމަށެވެ. ކޯޓުން އަމުރުކުރީ ކުއްޖާ ބެލެހެއްޓުމުގެ ހުރިހާ ހަރަދަކަށް ކޮންމެ މަހަކު 16،219ރ. […]
ހުސައިން ހަބީބް
ތައިލެންޑުގައި ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ބޭރުކުރަން އުޅުނު ދިވެއްސަކު އެ ގައުމުގެ މައި އެއާޕޯޓުން ހައްޔަރުކޮށްފި އެވެ. ތައިލެންޑްގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ދިވެހި މީހާ ހައްޔަރުކުރީ އެ ގައުމުގެ މައި އެއާޕޯޓް، ވެރިރަށް ބެންކޮކްގައި އޮންނަ ސުވަރްނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެ މީހާ ހައްޔަރުކުރީ އަންގާރަ ދުވަހު އެވެ. ޓޫރިސްޓް ވިސާގައި އެ ގައުމަށް ދަތުރުކުރި މިމީހާ ހައްޔަރުކުރީ ބެންކޮކް އެއާވޭސްގެ ފްލައިޓް، ޕީޖީ711 އިން މާލެއަށް އަންނަން އެއާޕޯޓުގައި ހުއްޓައި ލަގެޖް...
ޔުމްނާ ޢަލީ