މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ވެެރިކަމެއްގައި ހިޔާ ފްލެޓްތަކުގެ ކުލި 4000 ރުފިޔާއަށް ކުޑަކުރައްވާނެ ކަމުގައި އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ، އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ "ނާޒިމް ބުނަނީ ކީކޭ؟" ކްލަބް ހައުސް އިވެންޓުތަކުގެ ތެރެއިން ރޭގެ އިވެންޓުގައި ބައިވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ހިޔާ ފްލެޓްތަކުގެ ފްލެޓަކަށް މިހާރު ދައްކަން ޖެހެނީ ކުލީގެ ގޮތުގައި 7500 ރުފިޔާ އާއި މެއިންޓަނަންސް ފީ ގޮތުގައި 1000 ރުފިޔާ އާއެކު މަހަކު ޖުމްލަ 8500 ރުފިޔާއެވެ. ހިޔާ ފްލެޓްތަކުގެ ވެރިން އަންނަނީ މި ޢަދަދު ބޮޑުވުމުން ކަންބޮޑުވުން ފާޅުކޮށް، މިއަށް ވުރެ ލުއިގޮތެއް ހަމަޖައްސައި ދިނުމަށް އެދެމުންނެވެ.
ކުލި ކުޑަކުރުމަށް ގޮވާލައި އެ ފްލެޓްތަކުގެ ވެރިން އަޑު އުފުލާފައިވާއިރު، ހިޔާ ފްލެޓްތަކުގެ ވެރިން 2021 ވަނަ އަހަރު ބޭއްވި އިހުތިޖާޖެއްގައި ފްލެޓެއްގެ ކުލި 5000 ރުފިޔާއަށް އަދި މެއިންޓަނަންސް ފީ 600 ރުފިޔާއަށް ކުޑަ ކުރުމަށް ވަނީ ގޮވާލައިފައެވެ.
އެހެންވެ އެމްއެންޕީގެ ވެރިކަމެއްގައި ހިޔާ ފްލެޓްތަކުގެ ކުއްޔާ ގުޅޭގޮތުން ބައިވެރިއަކު ރޭ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ހިޔާ ފްލެޓްތަކުގެ ކުލި މަހަކު 4000 ރުފިޔާއަށް ކުޑަކުރައްވާނެ ކަމަށެވެ. ހިޔާ ފްލެޓް ހެދުމަށް ނަގާފައިވާ ލޯން ރީސްޓްރަކްޗާކޮށް، އެކަަން ކުރައްވާނެ ގޮތުގެ ބައެއް ތަފްޞީލު ވެސް ނާޒިމް ރޭ ދެއްވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްއެންޕީން ވާދަކުރަން ނިންމާފައިވާއިރު، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ނާޒިމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!