މިފަސް އަހަރަކީ އަންހެނުންގެ އަޑު އެހުމުގައި މީގެ ކުރީގެ ސަރުކާރުތަކާއި ބަލާފަ މާބޮޑަށް ވެސް އިސްކަން ދެއްވައިގެން އަޑުއެއްސެވި ފަސް އަހަރު ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަންހެނުންގެ ރޫހުގެ ރައީސާ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އެމްޑީޕީން އެކުލަވާލާ މެނިފެސްޓޯ ތައްޔާރު ކުރުމަށް އެޕާޓީގެ އަންހެނުންގެ ރޫހުން އިސްނަގައިގެން އިއްޔެ ބޭއްވި ވޯކްޝޮޕް ފައްޓަވައިދެއްވައި ވާ...
މުޙައްމަދު އަފްރާޙް
މިއަދު ކުރިއަށް ދިޔަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަންސްތަކުގެ ތެރެއިން ހދ. ފިނޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން އިދިކޮޅު ޕްރެގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކާމިޔާބު ކޮށްފިއެވެ. ފިނޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން ބޭއްވީ އެ ކޮމެޓީއަށް އަމިއްލަ ގޮތުން އިންތިޚާބުވި މެންބަރު ރަމްލާ އާދަމް އިސްތިއުފާ ދީފައިވާތީއެވެ. އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގޮނޑި ޕީޕީއެމު...
ޔުމްނާ ޢަލީ
ރާއްޖޭގެ ގުދުރަތީ ހިތްގައިމުކަމާއި ކަނޑުފަޅުގެ މުއްސަނދިކަމާއި ރީތިކަމަކީ އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ އަގުހުރި ނިއުމަތް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “އޯޝަން ޕްލެޖް” އިޤުރާރުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުންނެވެ. ނައިބު ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ނުރައްކާތަކާއި އެންމެ ބޮޑަށް ކުރިމަތިލާންޖެހޭ ފަރާތްތަކަކީ ރާއްޖެފަދަ ބިންތިރި ޖަޒީރާ ޤައުމުތައްކަން ފާހަގަކުރައްވާފައެވެ....
މުޙައްމަދު އަފްރާޙް
ރާއްޖެ އިސްލާމްވިތާ ގާތްގަޑަކަށް 900 އަހަރުވާން އަންނައިރު، ވޭތުވެދިޔަ ފަންސަވީހަށް އަހަރަށްވުރެ ބޮޑަށް ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އުފެދި، ދީނީ އިލްމުވެރިން ގިނަ ދުވަސްވަރެއް ނާންނަކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނާ ގުޅޭގޮތުން ޕާޓީގެ މެންބަރުންނާ މަޝްވަރާކުރެއްވުމަށް ބޭއްވި ޖަލްސާގައިދެެއްކެވި ވާހަކަފުޅުގައެވެ. އިމްރާން ވިދާޅުވީ އޭގެތެރެއިން 18 އަހަރުދުވަހުގެ ތެރޭގައި ރާއްޖެއަށް އައ...
މުޙައްމަދު އަފްރާޙް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ ވެރިކަމެއްގައި ދިވެހި ރާއްޖެ، މާލީ، އިޤްތިސޯދީ އަދި ސަލާމަތީ ކަންކަމުގައި އެއްގައުމަކަށް ބަރޯސާވެގެން އޮތްއޮތުން ނިމުމަކަށް ގެންނާނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޟު ވިދާޅުވެއްޖެއެވެ. އަންނަ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ނާޒިމްގެ މެނިފެސްޓޯ މިހާރު ޢާންމު ކުރައްވާފައިވާއިރު، އެ މެނިފެސްޓޯގެ ވަޢުދުތަކާއި ގުޅޭގޮތުން މީސް މީޑިއާގައި ކުރެއް...
ޔުމްނާ ޢަލީ
މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ތިބި ތިން ދިވެހިން ސަލާމަތްކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، މާލޭގެ ގެއެއްގައި ބަޔަކު ރަހީނުކޮށްފައިވާ ކަމަށް މިއަދު ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިން ދިވެހިން ސަލާމަތްކޮށްފައިވާ ކަމަށެވެ. އެ މީހުން ރަހީނުކޮށްފައި ތިބި ގެޔަށް ފުލުހުން ވަދެފައި ވަނީ ބާރުގެ ބޭނުން ކޮށްގެންނެވެ. ”އެ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ކޮށްފައި، ޑޮކްޓަރަށް ދެއްކުމަށް އެމީހުން މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި” ފުލުހުން ވިދާޅުވިއެވެ. ފު...
ޔުމްނާ ޢަލީ
އަދާލަތު ޕާޓީ މިހާރު އާދެވިފައިވާ ހިސާބުން ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ދައުރަކީ މުހިންމު ދައުރެއް ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނާއި ގުޅޭގޮތުން ޕާޓީގެ މެންބަރުންނާ މަޝްވަރާކުރެއްވުމަށް ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ އެޕާޓީއޭއެކު ރައްޔިތުން ތިބޭނީ އެ އިންތިޚާބުގައި އެޕާޓީގެ އަމާޒާއި މަގުސަދު ބަޔާންކޮށްދެވުނުވަރަކަށް ކަމަށެވެ. އެހެންކަމުން އެންމެން އެކުގައި މަސައްކަތުގައި ބައިވެރިވުން ވަރަށް މުހިންމު ކަމުގައ...
މުޙައްމަދު އަފްރާޙް
ދިވެހިންނަށް އެމެރިކާ އިން މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކޮށްދިނުމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ. އެމަނިކުފާނި މިފަދައިން އެދިވަޑައިގެންނެވީ ރާއްޖެއާއި އެމެރިކާއާ ދެމެދުގައި ރެސިޑެންޓް އެމްބަސީތައް ގާއިމް ކުރުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި އެގައުމަށް ދަތުރުކުރާ ދިވެހިންނަށް ވިސާ މައާފުކޮށް ދިނުމުގެ މުހިންމުކަމުގެ މައްޗަށް...
މުޙައްމަދު އަފްރާޙް
ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެއިން ފުރާވަޑައިގެންފިއެވެ. އެ ދެ ކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވުމުން ރާއްޖެއިން ރަސްމީގޮތުން މަރުޙަބާ ވިދާޅުވީ ރައީސްގެ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. މި ދަތުރުފުޅުގައި ދެގައުމުގެ ލީޑަރުން ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ވަނީ ބާއްވަވާފައެވެ. އަދި އެކި ދާއި...
މުޙައްމަދު އަފްރާޙް
މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި، ނޭވާ ހާސްވި މީހަކަށް ފަރުވާ ދޭން ފަށައިފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މއ. ގުލާބީގޭގައި ކަމަށެވެ. އެ ހާދިސާ ހިނގާފައިވަނީ އެ ގޭގެ 5 ވަނަ ފަންގިފިލާގައި ކަމަށާއި އެ ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބުނީި މިއަދު މެންދުރުފަހު 2:45 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަދި އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން އެ ގެއަށް […]
މުޙައްމަދު އަފްރާޙް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑުކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްނަމަ އެކަން ކުރާނީ ގާނޫނުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެއް ނައިބު ރައީސް، ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުންއަންނަ އެލަވަންސް، ޖޫން މަހުން ފެށިގެން ގިންތިތަކެއް ހަދައި ބޮޑުކޮށްފައިވާ ކަމަށް ސަރުކާރުން އިއްޔެ ވަނީ ޢިއުލާން ކުރައްވާފައެވެ. އެކަމާއި ގުޅިގެން އުޝާމް މީސް މީޑިއާގައި ވިދާޅުވީ، އެ ކަމަކީ ގާނޫނު އިސްލާހުކޮށްގެ...
ޔުމްނާ ޢަލީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުންތައް އަވަސް އަވަހަށް އަދި ދިގުކޮށް ބާއްވަން ޔާމީން އެދިއްޖެ އެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔޫސުފް ނައީމް އަތުން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ޔާމީން އަދި ޔޫސުފް […]
ހުސައިން ހަބީބް
ކުދިންގެ ކިބައިން ފެންނަން އެދޭ ރަނގަޅު ބަދަލުތައް ފެންނާނީ ރަނގަޅު ނަމޫނާ ދައްކައިގެން ކަމުގައި ފަސްޓްލޭޑީ މެޑަމް ފަޒުނާ އަހްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީސްކޫލްގެ ދަސްވެނިވުން 2022-2023ގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ. ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި ބޭއްވި މި ހަފުލާގައި ފަޒުނާ ވަނީ ކުޑަކުދިންނަކީ އިޙްސާންތެރި ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި ކުދިންގެ ކަންކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކ...
މުޙައްމަދު އަފްރާޙް
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުންއަންނަ އެލަވަންސް، ޖޫން މަހުން ފެށިގެން ގިންތިތަކެއް ހަދައި ބޮޑުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖެންޑާ މިނިސްޓްރީން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް މުރާޖާކޮށް އިތުރު އިނާޔާތްތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން 3 އިނާޔަތެއް ދޭން ނިންމާފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ، ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލައަށް ނޫޅެވޭ ނުވަ...
މުޙައްމަދު އަފްރާޙް
ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވާނެ ކަމަށެވެ. އަދި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރުދުވަހު ކަމަށެވެ. މިދަތުރާއި ގުޅޭ އިތުރު ތަފްސީލެއް ހާމައެެއް ނުކުރައ...
މުޙައްމަދު އަފްރާޙް