ދެކުނު ކޮރެއާގައި ރާއްޖެ އިތުރަށް ޕްރޮމޯޓްކުރުމަށް މޯލްޑިވްސް ރޯޑްޝޯ ސީރީސްއެއް ބާއްވައިފިއެވެ. ދެކުނު ކޮރެއާގައި ބާއްވާ މޯލްޑިވްސް ރޯޑްޝޯ ސީރީސްގެ ތެރެއިން، ފޮޓޯ:ވިޒިޓް މޯލްޑިވްސް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ބުނީ މި ރޯޑު ޝޯ ބާއްވާފައިވަނީ ދެކުނު ކޮރެއާގެ ވެރިރަށް ސޯލް ގައި ކަމަށެވެ. ޖޫން 21 ގައި ސޯލްގައި މި ރޯޑްޝޯގެ މަގުސަދަކީ ސޯލްގެ އޮޕަރޭޓަރުންނާއި އޭޖެންޓުންނާ ގުޅުން އުފައްދާ، ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުނ...
މުޙައްމަދު އަފްރާޙް
ދޯންޏެއްގައި 61 ކިލޯ ޑުރަގު އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަތް މީހުންގެ ތެރެއިން، ތުހުމަތު ކުރެވޭ ބޮޑުން ސަލާމަތްވެެ އިތުރު ހަ މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ހުކުމް ކޮށްފިއެވެ. ފުލުހުން މާޗު، 2020 ގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި މާލޭ ޓީޖެޓީ ސަރަހައްދުން، “އިރުއަލިމަސް” ކިޔާ ދޯންޏެއްގައި ޑުރަގު އެތެރެ ކުރަން އުޅެނު މައްސަލައިގައި 11 މީހަކު ހައްޔަރު ކުރިއެވެ. އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ، […]
ހުސައިން ހަބީބް
ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓު މަތީ ތައުލީމާއި ބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު، އެ ވުޒާރާއިން ވަނީ 720 ލޯން ފުރުޞަތަށް ހުޅުވާލާފައެވެ. އަދި މި ފުރުސަތުތަކަށް 1،507 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. ސްޓޫޑެންޓް ލޯންގެ ވަގުތީ ލިސްޓް އާންމުކޮށްފައިވަނީ މިޖޫން މަހުގެ އެއްވަނަ ދުވަހުއެވެ. އެލިސްޓުގައި 1،225 ދަރިވަރުން ހިމެނުނު ނަމަވެސް ދާއިމީ ލިސްޓް އާންމު ކުރިއިރު 1275 ދަރިވަރަކަށް ލޯނު ލިބޭކަން ވަނީ ހާމަކޮށްފައެވެ. […]
މުޙައްމަދު އަފްރާޙް
މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ މަސްލަހު ހިފެހެއްޓޭނެ ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ދުވަސްތަކެއްގެ މެދުކެނޑުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ކުރިއަށްދާއިރު، ރިޔާސަތުގައި އިންނަވައި އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުވެރިވާ ކަމަށް ކުރިން ވިދާޅުވިޔަސް މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށެވެ. މަޖިލިސް ބަލަހައްޓަވަމުން ގެންދެވި ވިލުފުށީ ދާއިރާގެ މެންބަރު ރައީސް ސާލިހު...
މުޙައްމަދު އަފްރާޙް
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އޭނާ ހާޟިރުކޮށްފައިވާ ކަމަށާއި، އެކަން ކޮށްފައި ވަނީ އޭނާ ކުރަމުން އަންނަ މަސައްކަތް ރައްޔިތުން ބަލައިގަނެފައިވާތީ އަގުވައްޓާލައި، ތާއީދު ކަނޑުވާލުމަށް ސިޔާސީ ބަޔެއްގެ ނުފޫޒުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ ދަނގެތީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމް މިހެން ވިދާޅުވީ އޭނާ މިއަދު އާންމު ކުރެއްވި ބަޔާނެއްގައ...
ޔުމްނާ ޢަލީ
މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޚިދުމަތަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ޚާއްސަ ޖަލްސާއެއް ބާއްވައި، 13 ބޭފުޅަކަށް ރަނި އެވޯޑު ދީފިއެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީއެވެ. މި ހަފްލާގައި މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އަންހެނުން ބާރުވެރިކޮށް އެކަނބަލުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތަށް ހިތްވަރު ދިނުމަށްޓަކައި “ރަނި އެވޯޑް”ގެ ނަމުގައި އެވޯޑެއް ދީފައިވާއިރު، މި އެވޯޑު 13 ބޭފުޅަކަށް ވަ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދިޔަ ނުދީ، މަޖިލިސް ހުއްޓުވާފައި އޮތީ ސަރުކާރުން ކަމަށާއި، އެހެންކަމުން ރައްޔިތުންގެ އަޑު އިއްވުމުގެ ފުރުސަތު ބަންދުވެފައިވާތީ އެ ފުރުސަތު ލިބެންޖެހޭކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ އެއް ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. މަޖިލިހީގެ ރައީސްގެ އިތުބާރުގެ މައްސަލަ ހުށަހަޅައި، ގޮތެއް ނުނިމި އުޅެނިކޮށް މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުގެ މައްސަލަ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (...
ޔުމްނާ ޢަލީ
ހއ. މޮޅަދޫގައި ބޭއްވި ވޮލީ ކޭމްޕު ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. އެރަށު ކައުންސިލާއިި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ މި ކޭމްޕު ބާއްވާފައިވަނީ ޖޫން 4 ން 18 ގެ ނިޔަލަށެވެ. މޮޅަދޫ ކައުންސިލުން ވިދާޅުވީ މި ކޭމްޕުގައި 37 މީހަކު ބައިވެރިވެފައިވާ ކަމަށާއި އޭގެތެރޭގައި 3 ފިރިހެނުން ފިޔަވައި ދެން މުޅިން ވެސް ހިމެނެނީ އަންހެނުން ކަމަށެވެ. އަދި މުދައްރިބެއްގެ ގޮތުގައި ހަރަކާތްތެރިވީ އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ މައުމޫރު މުހައްމަދު ކަމަށެވެ. […]
މުޙައްމަދު އަފްރާޙް
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެވަޑައިގެންފިއެވެ. އެޕާޓީން ވަކިވެވަޑައިގަތުމަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ މި ވަގުތު ރާއްޖޭގައި ކަންކަން ހިންގަމުންދާ ގޮތަށް ބަލައި، އެމްޑީޕީގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައި ނުގަންނަވާތީ ޕާޓީން ވަކިވާ ކަމަށެވެ. އެޕާޓީގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ނަޝީދު ވަނީ 20 އަހަރު އެމްޑީޕީއަށް ހިދުމަތްކޮށްދެއްވާފައެވެ. އެމްޑީޕީ ތަމްސީލު ކުރައް...
މުޙައްމަދު އަފްރާޙް
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާޙީމަށް ދަތިކުރުމުން އެ ދަތިކަން ރައްޔިތުންނާއި ޤައުމު ވެސް ތަހައްމަލުކުރަންޖެހޭނެކަން އެކަންކުރާ ބަޔަކު ދަންނަންޖެހޭނެ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ރޭ ވިދާޅުވެއްޖެ އެވެ. ޖޭޕީން ރޭ ވަނީ ވެރިރަށް މާލޭ ސަލްޓަންޕާކުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ކެމްޕޭން ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ކެލާ ދާއިރާއާއި ވައިކަރަދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރުކަން ވެސް […]
ޔުމްނާ ޢަލީ
މި ވަގުތުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ސިފައިންގެ ބޯހިޔާވަހިކަމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ސިފައިންގެ ޚިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކަޅުތުއްކަލާކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި ދުނިޔެއަށް އައިސްފައިވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސިފައިންނަކީ ވަރަށް ބުރަ މަސައްކަ...
މުޙައްމަދު އަފްރާޙް
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދުވަސްވީ މީހަކު ނިޔާވެއްޖެ އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމާލެ ފޭސް 1 ހިތިގަސްމަގު، ޕްލެޓިނަމް ކައިރީ ދެ ކާރު ޖެހި، އެތަނުން އެއްކާރު ކޮންޓްރޯލު ނުވެ، ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު މިއަދު ހަވީރު 5:47 ހާއިރު ލިބިފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި 3 މީހުންނަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެތަނުން އެކަކު ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދ...
މުޙައްމަދު އަފްރާޙް
ފުލުހުންގެ ޗެކް ޕޮއިންޓަކަށް މަޑުކުރަން އެންގުމުން މަޑުނުކޮށް ސައިކަލުގައި ދިޔަ މީހަކު 21,000 ރުފިޔާއިން ޖޫރިމަނާކުރަން ހުކުމްކޮށްފި އެވެ. ނ. ހޮޅުދޫ މީހެއްގެ މައްޗަށް އެ ހުކުމް އައީ އޭނާ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަހަރުގެ އޭޕްރީލް މަހު ފުލުހުންނަށް މަގުމަތިން އޭނާ ފެނިގެން މަޑުކުރަން އެންގުމުން މަޑުނުކޮށް ދިއުމުންނެވެ. އޭނާގެ މައްޗަށް ސާބިތުވީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އެރަށު ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ...
ހުސައިން ހަބީބް
ޖެނިން ސިޓީއަށް އިސްރާއީލު ސިފައިން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ. ހުޅަނގު އައްސޭރީގައި އޮންނަ ޖެނިން ސިޓީއަށް އިސްރާއީލު ސިފައިން އިއްޔެ ދިން ހަމަލާތައް ކުށްވެރިކޮށް ރާއްޖޭގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ވިދާޅުވީ އިސްރާއީލްގެ އެ ހަމަލާތަކުގައި ކުޑަކުއްޖަކު ހިމެނޭ ގޮތަށް ފަސް މީހުން މަރުވެފައިވާ ކަމަށާއި އެތައް ބަޔަކަށް ކުދި އަނިޔާވެފައިވާތީ، އެކަން ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އެ ބަޔާނުގައި އިތުރަށް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތ...
މުޙައްމަދު އަފްރާޙް
ސްޓެލްކޯ އިން ވިސްނަނީ ލިބޭ ފައިދާއަކަށް ނޫން ކަމަށާއި އިހްލާސްތެރި ހިދުމަތެއް ދިނުމަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. އެ ކުންފުންޏަށް 26 އަހަރު ފުރުމުގެ މުނާސަބާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ ސްޓެލްކޯ އިން ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލެއް ނުކުރާނެކަން ވިދާޅުވަމުން ގެންދަވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. ޝަރީފް ވިދާޅުވީ ބޭނުން ނުކުރާ ކަރަންޓަކަށް ކުރިންވެސް، މިހާރު ވެސް އަދި ކުރިމަގުގައި ވެސް އެ ކުންފުނިން ބިލު […]
މުޙައްމަދު އަފްރާޙް