ސްޓެލްކޯ އިން ވިސްނަނީ ލިބޭ ފައިދާއަކަށް ނޫން ކަމަށާއި އިހްލާސްތެރި ހިދުމަތެއް ދިނުމަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. އެ ކުންފުންޏަށް 26 އަހަރު ފުރުމުގެ މުނާސަބާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ ސްޓެލްކޯ އިން ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލެއް ނުކުރާނެކަން ވިދާޅުވަމުން ގެންދަވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. ޝަރީފް ވިދާޅުވީ ބޭނުން ނުކުރާ ކަރަންޓަކަށް ކުރިންވެސް، މިހާރު ވެސް އަދި ކުރިމަގުގައި ވެސް އެ ކުންފުނިން ބިލު […]
މުޙައްމަދު އަފްރާޙް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގައި ކީމޯތެރަޕީގެ ހިދުމަތް ފެށުމަށް ތައްޔާރުވެ، ނަންނޯޓު ކުރުމަށް ހުޅުވާލައިފިއެވެ. މި ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ނަންނޯޓު ކުރުމަށް ހުޅުވާލައިފައިވަނީ މި ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. ކޭއާރްއެޗް ގެ މީޑިއާ އޮފިސަރ، މުހައްމަދު މޫސާ ‘ތިލަދުން’ އަށް ވިދާޅުވީ މި ހިދުމަތަށް އެދުމަށް ނަންނޯޓު ކުރުމަށް ހުޅުވައިލުމުން އެދެވޭ ތަރުހީބެއް ލިބެމުން އަންނަކަމަށެވެ. ކެންސަރަަށް ފަރުވާ ހޯދާ ފަރާތްތަކަށް ދޭ ކީމޯތެރަޕީގެ ހިދުމަތް އެސަރަހައްދުގެ ރައްޔިތުނ...
މުޙައްމަދު އަފްރާޙް
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކެލާ ދާއިރާގެ ކުރީގެ ރައީސް އަހްމަދު ޣާލިބާއެކު ޕިޕީއެމްގެ ގިނަ މެމްބަރުންތަކެއް ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ (އެމްޑީޕީ) އާ ގުޅިއްޖެއެވެ. ޣާލިބު އެމްޑީޕީއަށް ސޮއިކުރައްވައި ފޯމު ހަވާލުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު އަދި އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ހާޒިރުގައެވެ. އެމްޑީޕީއާ ގުޅުނުކަން ހާމަކުރައްވައި ޣާލިބު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ އޭނާ މިއަދު އެމްޑީޕީ އަށް ސޮއި ކުރައްވާފައިވާ ކަމަށާއި ޕީޕީއެމްގައި އޭނާއާއެކ...
މުޙައްމަދު އަފްރާޙް
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި އެ ޙައްޤުތަކަށް ވަކާލާތުކުރުމަކީ މި ސަރުކާރުގެ އެންމެ އިސްކަންދޭ އެއް ޕޮލިސީ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. “ރީޖަނަލް ކޮންސަލްޓޭޝަން އޮފް ޗައިލްޑް ރައިޓްސް އިންސްޓިޓިއުޝަންސް އޮފް ސައުތު އޭޝިއާ” ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކަމަނާ ވަނީ ރާއްޖެއިން 1991 ވަނަ އަހަރު ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (ސީ.އާރް.ސީ) ގައި ބައިވެރިވުމަށްފަހު ކުޑަކުދިންގެ ޙައ...
މުޙައްމަދު އަފްރާޙް
ށ. ފޯކައިދޫގައި ބެޑްމިންޓަން ކޯޓުގައި މެޓް އަޅާ އަޕްގްރޭޑް ކޮށްފިއެވެ. މިއީ އިންޑިއާ ސަރުކާރުގެ އެހީގައި އެރަށުގައި ގާއިމުކޮށްފައިވާ ކޮމިއުނިޓީ ސެންޓަރުގައި އެރަަށު ކައުންސިލުން ތަރައްގީކުރި ބެޑްމިންޓަން ކޯޓެކެވެ. ފޯކައިދޫ ކައުންސިލުގެ ރައީސް އަހްމަދު އާސިފް ‘ތިލަދުން’ އަށް ވިދާޅުވީ ބެޑްމިންޓަން ކޯޓު އަޕްގްރޭޑް ކުރުމަށް ގާތްގަޑަކަށް 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާނެ ކަމަށެވެ. އަދި މިފަދަ ކަމެއް ކުރުމުގެ މަގުސަދަކީ އެރަށާއި އަތޮޅުގައި މި ކުޅިވަރު ކުރިއަރުވައި، ހުނަރުވެރި ކުޅުންތެރިން...
މުޙައްމަދު އަފްރާޙް
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުހިމެނޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުން މިއަދު މަޖިލީހަށް ފޮނުވައިފި އެވެ. އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ އެ ތިން މަގާމުގެ ބޭފުޅުން ޖޭއެސްސީގައި ނުހިމެނޭ ގޮތް ހަދައި މެންބަރުންގެ އަދަދަކީ 7 ކަމަށް ހަމަޖެއްސުމަކީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރާއިރު ގެންނަ މައިގަނޑު ބަދަލު ކަމަށެވެ. “މިގޮތަށް ހުށަހެޅީ ޝަރުއީ ދާއިރާގެ މައް...
ހުސައިން ހަބީބް
އަންނަ ސެޕްޓެމްބަރުގެ ފަހުން އެމްޑީޕީ، ރައީސް ސާލިހުގެ ކަސްތޮޅުގައި ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ) ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވޯޓާ ބޭސް އިން އެކަށީގެންވާ އަދަދެއް ޑިމޮކްޓެރްސް ނަގާނެ ކަމަށާއި ދެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ކާމިޔާބު ކޮށްދެވޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ ކަމަށެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕީ ގައި މިހުންނަވ...
މުޙައްމަދު އަފްރާޙް
ށ. ޅައިމަގު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ކުރިއަށް ގެންދާ “އެހީވަމާ” ސިލްސިލާ މިއަހަރު ވެސް ކުރިއަށް ގެންގޮސްފިއެވެ. މިކަމާއި ގުޅިގެން ޑަބްލިއުޑީސީގެ ރައީސާ އައިމިނަތު އަފްރާހާ ‘’ތިލަދުން’’ އަށް ވިދާޅުވީ މިއީ 2022 ވަނަ އަހަރުން ފެށިގެން ވެސް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މިއަހަރުގެ ޕްރޮގްރާމު ހިންގައިގެން ލިބުނު ތަކެތި ށ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ) އާއި ހަވާލުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ހަދިޔާ ކޮށްފައިވަނީ ހަފު...
މުޙައްމަދު އަފްރާޙް
ހދ. އަތޮޅަށް ހުޅުވާލައިގެން ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަށިބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސަތްކަތްކުރާ ކޮމިޓީ ގުޅިގެން “ކުޅުދުއްފުށި ބަށިބޯޅަ މުބާރާތް / ހދ. އަތޮޅު ލީގް 2023” ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ޖުލައި މަހުގެ 28،29،30 މި ތިން ދުވަހު ކުޅުދުއްފުށީ ސިޓީގައެވެ. މި މުބާރާތުގައި […]
އިބްރާހިމް ޚަލީލް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނާ މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) އެވެ. މި މައްސަލަ އަށް ބަހުސް ކުރުމަށް ތަޅުމުގައި މިހާރު ވޯޓު ނަގާފައިވާއިރު، އެ ވޯޓުގައި ބައިވެރިވި 37 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށް ވަނީ ބަހުސް ފަށައިފަ އެވެ. އެ މައްސަލަ ބަލައިގަނެ، ކުރިއަށް ނުގެންދަން ނުފެންނަ ކަމަށް […]
ޔުމްނާ ޢަލީ
ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާއިރު، އެ ޕާޓީ ރަޖިސްޓްރީ ކޮށްދިނުން ލަސްކުރާވާތީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ކަންބޮޑުވުން ދާޅުކުރައްވައިފިއެވެ. “ދަ ޑިމޮކްރެޓްސް” އަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސްބޭފުޅުން އިސްވެ ތިއްބަވާ އުފައްދާ ސިޔާސީ ޕާޓީއެކެވެ. އެ ޕާޓީ ރަޖިސްޓަރީ ކުރުން ލަސްވާތީ، އެކަމު...
ޔުމްނާ ޢަލީ
މިދިޔަ މަހު މާލެ ސަރަހައްދުގައި 185 ކައިވެނިކޮށް އަދި 132 މީހަކު ވަރިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ. ފެމިލީ ކޯޓުން އާންމުކުރި ހިސާބުތައް ބުނާގޮތުން މިދިޔަ މަހު ވެސް އެންމެ ގިނައިން ހުށަހެޅީ ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ. ވަރިވުމަށް އެދި އަންހެން މީހާގެ ފަރާތުން 75 މައްސަލައެއް އަދި ވަރިކުރަން ފިރިހެނުންގެ ފަރާތުން 36 މައްސަލައެއް ހުށަހެޅި އެވެ. މިދިޔަ މަހު ވަރީގެ 168 މައްސަލައެއް ހުށަހެޅި އެވެ. އަދި ކުރީ މަހުގެ […]
ހުސައިން ހަބީބް
ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާއިރު، އެ ޕާޓީ ރަޖިސްޓްރީ ކުރުން ލަސްކުރާ ކަމަށް ބެލެވޭކަމަށްބުނެ، އެ ޕާޓީ ރަޖިސްޓަރީ ކުރުމުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން މިއަދު އީސީ އަށް ހިނގައްޖެއެވެ. “ދަ ޑިމޮކްރެޓްސް” އަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސްބޭފުޅުން އިސްވެ ތިއްބަވާ އުފައްދާ ސިޔާސީ ޕާޓީއެކެވެ. “ދަ ޑިމޮކްރެޓްސް” ނަމުގައި ހިންގާ ޓްވީޓާ އެކައުންޓަކުން ބުނީ”ދަ ޑިމޮކްރެ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމަކުން އުމުރަށް ޖަލަށްލި މައްސަލައިގައި ބަދަލު ހޯދަން އޭނާއަށް ދައުވާ ކުރެވޭނެ ކަމަށްް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ މެމްބަރަކަށް ހުންނަވަނިކޮށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވާ ކަމަށް ބުނެ ނާޒިމް 25 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކުރީ 2015 ވަނަ އަހަރު އެވެ. އެ ހުކުމާ އެކު، އޭނާގެ މެމްބަރުކަމުގެ ގޮނޑި […]
ހުސައިން ހަބީބް
ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު ރޭޕް ކުރިމައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، ފަތުރުވެރިއަކު ރޭޕްކުރި މައްސަލައެއް އެ އިދާރާއިން ބައްލަވަމުން ގެންދަވާ ކަމަށެވެ. އެ ފަތުރުވެރިޔާއަކީ ކ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެކެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ޖޫން 6 ވަނަ ދުވަހުއެވެ. ’’މި މައްސަލާގައި ތަހުގީގަށް ބޭނުންވާ ސާމްޕަލްނަގައި ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކުރުމުގެ މަސައްކަތް ފު...
ޔުމްނާ ޢަލީ