މިދިޔަ މަހު މާލެ ސަރަހައްދުގައި 185 ކައިވެނިކޮށް އަދި 132 މީހަކު ވަރިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
ފެމިލީ ކޯޓުން އާންމުކުރި ހިސާބުތައް ބުނާގޮތުން މިދިޔަ މަހު ވެސް އެންމެ ގިނައިން ހުށަހެޅީ ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ. ވަރިވުމަށް އެދި އަންހެން މީހާގެ ފަރާތުން 75 މައްސަލައެއް އަދި ވަރިކުރަން ފިރިހެނުންގެ ފަރާތުން 36 މައްސަލައެއް ހުށަހެޅި އެވެ.
މިދިޔަ މަހު ވަރީގެ 168 މައްސަލައެއް ހުށަހެޅި އެވެ. އަދި ކުރީ މަހުގެ މައްސަލަތަކާ އެކު 172 މައްސަލައެއް ނިންމި އެވެ.
ދަރިންގެ ހަރަދު ނުދިނުމާއި ކުޑަކުދިންނާ ގުޅުންހުރި އެހެން މައްސަލަތަކާއި އަދި އާއިލީ އެހެން މައްސަލަތަކަށް ވުރެ ވަރީގެ މައްސަލަތައް އަބަދުވެސް ފެމިލީ ކޯޓުގައި ގިނަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!