މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންގެ ފަރާތުން ފަލަސްޠީނަށް އެހީވުމަށް 200،000 ރުފިޔާ މިއަދު ހަދިޔާކޮށްފިއެވެ. ކަސްޓަމްސް އިން ވިދާޅުވި ގޮތުގައި އެތަނުގެ މުވައްޒަފުންގެ ފަރާތުން ފަލަސްޠީނުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އެހީވުމަށް 200،000 ރުފިޔާ މިހާރު ވަނީ ދިވެހި ރެޑްކްރެސެންޓާއި ހަވާލުކޮށްފައެވެ. މިއަދު ހެނދުނު ކަސްޓަމްސް ގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ ފަރާތުން ފަލަސްޠީނަށް ދޭ ރުފިޔާގެ ޗެކު ދިވެހި ރެޑްކްރެސެންޓާއި ހަވާލުކޮށްދެއްވާފައި ވަނީ އެތަނުގެ ޑެޕިއުޓީ ކޮމިޝަ...
ޔުމްނާ ޢަލީ
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ހއ. ދިއްދޫ މީހަކު ހޯދަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އޭނާ ހާޟިރުކުރަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޟިރު ކުރަން ބޭނުންވެ، ހާޟިރު ކުރެވިފައިނުވާތީ ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުންދަނީ ހއ. ދިއްދޫ / ޕެލަސް، އިބްރާހީމް ޝަފީޤް ކަމަށެވެ. އަދި އެއީ އުމުރުން 40 […]
މުޙައްމަދު އަފްރާޙް
މި ސަރުކާރުގެ “ގެދޮރުވެރިޔާ” ސްކީމްގެ ދަށުން 4،000 ފްލެޓު ލިބިފައިވާ މީހުންނަށް ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ހުއްޓާލައިފިއެވެ. ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަހައްދުން ފްލެޓު ދޫކުރުމަށްޓަކައި ސަރުކާރުން ހިންގާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށް ނުގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމ...
މުޙައްމަދު
ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ ގޮތް ހެދުމާއެކު، އައިވީއެފް ފަރުވާ އާސަންދައިން ލިބޭނެ އިންތިޒާމު ހަމަަޖައްސައި، ގެވެށި އަނިޔާ ހުއްޓުވުމަށް ހާއްސަ އިދާރާއެއް ހަމަޖެއްސުމާއެކު ސިއްހީ ދުޅަހެޔޮކަމާއި އޯގާތެރި މުޖުތައު އަކަށް ބޭނުންވާނެ ގިނަ ކަންތައްތަކެއް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭންގައި ހިމަނައިފިއެވެ. ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ”ހަފްތާ 14”ގެ ނަމުގައި އާންމު ކުރެއްވި މި ޕްލޭންގައި ސިއްހީ ދުޅަހެޔޮކަމާއި އޯގާތ...
ޙުސައިން ޝަހުދީ
ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭންގައި، ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖާއި ދިވެހި ޤައުމީ ތަރިކަ ދިރާސާ މަރުކަޒު ގާއިމު ކުރުމުގެ މަސައްކަތް ފެށުން ހިމަނައިފިއެވެ. ރޭ ނެރުނު މި ޕްލޭންގައި ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖު ގާއިމުކުރުމުގެ މަސައްކަތް ފަށަން ހިމަނާފައި އޮތީ ފުރަތަމަ 14 ހަފުތާގެ ތެރޭގައެވެ. އަދި ދިވެހި ޤައުމީ ތަރިކަ ދިރާސާ މަރުކަޒު ގާއިމު ކުރުމުގެ މަސައްކަތް ފެށުން ހިމަނާފައި އޮތީ ފުރަތަމަ 9 ހަފުތާގެ ތެރޭގައެވެ. […]
ޔުމްނާ ޢަލީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ “ގެދޮރުވެރިޔާ” މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ 4،000 މީހުންގެ ދާއިމީ ލިސްޓާ އެއްގޮތަށް ފްލެޓު ދޫކުރުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީ އަށް މިރޭ އަންގައިފިއެވެ. އޭސީސީން އެގޮތަށް އެންގި އިރު، ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު ކަމަށް ބުނެ، ހައުސިން މިނިސްޓްރީން ވަނީ ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު […]
މުޙައްމަދު
ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތަކާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭންގައި ހިމަނައިފިއެވެ. މި ޕްލޭން އާންމުކުރެއްވީ މިރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ޕްލޭންގައި މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 4 ހަފުތާގެ ތެރޭގައި ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތަކާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުނ...
ޔުމްނާ ޢަލީ
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ދުވަހުގެ ޕްލޭން މިރޭ އިފްތިތާޙްކޮށްފިއެވެ. މާލޭގެ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި “ހަފުތާ 14″ ގެ ނަމުގައި ނެރުނު މި ޕްލޭންގައި ”މިނިވަންކަމާއި ސިޔާދަތު”ގެ ބައިގައި، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތް ފެށުން ހިމަނާފަވެއެވެ. މިބައިގައި ދެވަނަ ކަމެއްގެ ގޮތުގައި ހިމަނާފައި ވަނީ، ނިމިދިޔަ ސަރުކާރުން އެހެން ޤައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާ...
ޔުމްނާ ޢަލީ
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އެއް ނައިބު ލީޑަރުކަމުގެ މަގާމުގައި ހުންނެވި އިގްބާލް އާދަމް އެ މަގާމުން އިސްތިއުފާ ދެއްވައި އެ ޕާޓީން ވަކިވެއްޖެއެވެ. އިގްބާލް މަގާމުން އިސްތިއުފާ ދެއްވައި ޖޭޕީން ވަކިވެފައިވާކަން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަޒްލީން އަހްމަދު ‘’ތިލަދުން’’ އަށް ކަށަވަރުކޮށް ދެއްވިއެވެ. އިގްބާލު ޖޭޕީގެ ނައިބު ލީޑަރުކަމުން އިސްތިއުފާ ދެއްވައި، އެ ޕާޓީން ވަކިވި ކަމުގެ ސިޓީ ޖޭޕީ އަށް ފޮނުވާފައި ވަނީ މިއަދު އެވެ. އިގްބާލް ޖޭޕީގެ ނައިބު ލީޑަރުކަމުން އިސްތިއުފާ […]
ޔުމްނާ ޢަލީ
ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުން އަހުމަދު މުހައްމަދުފުޅު އިސްތިއުފާ ދެއްވުމަށް ނިންމަވައިފިއެވެ. އަހުމަދު، ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ޖެނުއަރީ 21، 2020 ގައެވެ. އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ އިންސްޕެކްޓާ އޮފް ޕްރިޒްންސްގެ މަގާމުގައެވެ. އޭނާ ވަނީ ހިއުމަން ރައިޓްްސް ކޮމިޝަންގެ ޑިރެކްޓާ އޮފް ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ މަގާމު ވެސް އަދާކުރައްވައިފައެވެ. އަހުމަދު މީޑީއާތަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކޮމިޝަނާ އޮފް ޕްރި...
މުޙައްމަދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ “ގެދޮރުވެރިޔާ” ސްކީމްގެ ދަށުން 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށް، ފްލެޓުތައް ދޫކުރާ އަގުތައް އާންމުކޮށްފިއެވެ. ހައުސިން މިނިސްޓްރީން މިރޭ ގެޒެޓް ކުރި އިއުލާންގައި ބުނި ގޮތުގައި ދާއިމީ ލިސްޓު އެކުލަވާލީ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހުއެވެ. ލިސްޓަށް އައި ބަދަލާއެކު ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފްލެޓު ލިބޭ 76 އިން ފެށިގެން މަތިން […]
މުޙައްމަދު
ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ފުލުހުންގެ ޚިދުމަތުުން ޝަރަފުވެރިކަމާއެކު މިއަދު ރިޓަޔާ ކުރައްވައިފިއެވެ. ސީޕީ ހަމީދު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ މިއަދު ފުލުހުންގެ މަރުކަޒު އިސްކަންދަރު ބިލްޑިން ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި، ސީޕީ ހަމީދަށް ޝަރަފުގެ ހަނދާނީ ފިލާ، ރިޓަޔާމަންޓް ކާޑު އަދި ފުލުހުންގެ ދިދަ އަރުވާފައިވެއެވެ. ޝަރަފުގެ ހަނދާނީ ފިލައަކީ، ޝަރަފުވެރިކަމާއެކު ރިޓަޔާކު...
ޔުމްނާ ޢަލީ
ފުލުހުންގެ ޚިދުމަތުގެ އޮފިސަރުންތަކަށް ދީފައި ވަނީ އޭޕްރީލް މަހުން ފެށިގެން އިއުލާނުކޮށް، ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއް ކަމަށް އެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުންގެ އިސް ބޭފުޅުން ހިމެނޭ ގޮތަށް ގިނަ އަދަދެއް ފުލުހުންނަށް މަގާމުގެ ކުރިއެރުންދީފައިވާކަމަށް ޚަބަރު ފެތުރިފައިވާއިރު، އެއީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މިކަމާއި ނޫސްވެރިން ފުލުހުންގެ މީޑިއާ ގްރޫޕްގައި ކުރި ސުވާލުގެ ޖަވާބުގައި ފުލު...
ޔުމްނާ ޢަލީ
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާ ސަރުކާރުގެ މަންދޫބެއްގެ ގޮތުގައި ފޮނުވުމަށް ހަމަޖެހިފައި ވަނީ އެ ގައުމުގެ އާތު އެންޑް ސައިންސް މިނިސްޓަރު ކިރެން ރިޖިޖޫ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފިއެވެ. އަންނަ ހުކުރު ދުވަހު ހަވީރު އޮންނަ މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެކުވެރި ހުރިހާ ގައުމުތަކަށް ދައުވަތު ދީފައިވާނެ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ބުނެފައެވެ. އެ އޮފީހުން ބުނި ގޮތުގައި ޖަލްސާ އަށް 3،000 އަށް […]
މުޙައްމަދު
ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް މިއަދު ޢައްޔަނުކުރައްވައިފިއެވެ. އަސްލަމް މި މަޤާމަށް ޢައްޔަނު ކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޖޭއެސްސީގެ މެންބަރުކަމަށް އަސްލަމް ޢައްޔަނުކުރެއްވުމާ ގުޅިގެން، އެމަނިކުފާނު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ. އަސްލަމަށް ހުވައި...
ޔުމްނާ ޢަލީ