އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު މާލެ ސަރަހައްދުގައި ހަދާ ސެންޓަރެއް ގޮތުގައި ޕޮލިޓެކްނިކް ހަމަޖައްސައިފިއެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން މިއަދު ވިދާޅުވީ، އެ މިނިސްޓްރީން ރައްޔިތުންނަށް ފޯރޮކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު، މޯލްޑިވްސް ޕޮލިޓެކްނިކްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެތަނުން މި އިމްތިހާނު ހަދަން ފަށާނީ 15 ނޮވެމްބަރ 2023 ވަނަ ދުވަހު މާދަމާ) އިން ފެށިގެން ކ...
ޔުމްނާ ޢަލީ
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތާ ގުޅިގެން ހުކުމް ތަންފީޒު ކުރަމުންދިޔަ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބުދުލް ޣަފޫރާއި، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިމް ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މަޢާފު ދެއްވުމުން މިނިވަންވެފައިވާއިރު އެކަން ބަލައި ނުގަންނަ ކަމަށް އަދާލަތު ޕާޓީ (އޭޕީ) އިން މިރޭ ބުނެފިއެވެ. އަދީބާއި، ޒިޔަތަށް ރައީސް ދެއްވި މާފާއެކު އިއްޔެ އެ ދެ މީހުން ވަނީ މިނިވަން […]
ޔުމްނާ ޢަލީ
މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި، އަދި ދެމެހެއްޓެނިވިގޮތުގައި ބޭނުން ކުރުމަށް އެކުވެރި ދައުލަތްތައް (އދ) އިން އެކުލަވާލާފައިވާ މުއާހަދާގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ. މި މުއާހަދާ އަކީ “އެގްރީމަންޓް އަންޑަރ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވަރސިޓީ އޮފް އޭރ...
ޔުމްނާ ޢަލީ
މިނިސްޓްރީ އޮފް ފިނޭންސްގެ ފުރަތަމަ ފަންގިފިލާ އެ މިނިސްޓްރީގެކުރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް އަލްމަރްޙޫމް އަޙްމަދު މުޖުތަބާގެ ހަނދާނަށް ޙާއްޞަ ކޮށްފިއެވެ. މުޖުތަބާ ކުއްލި ގޮތަކަށް ނިޔާވީ 29 ޖުލައި 2022 ގައެވެ. އޭނާ ނިޔާވީ އޭނާގެ އުފަން ރަށް ގއ. ދެއްވަދޫގައި ޗުއްޓީ ހޭދަކުރެއްވުމަށް ހުންނަވަނިކޮށް ކުއްލި ގޮތަކަށް ބަލިވެ، ހާލު ދެރަވުމާގުޅިގެން ފަރުވާއަށް މާލެގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށެވެ. ފިނޭންސް މިނިސްޓްރީން މިއަދު ވިދާޅުވީ، އަލްމަރުޙޫމް އަޙްމަދު މުޖުތަބާ އެ މިނިސްޓްރ...
ޙުސައިން ޝަހުދީ
އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރާލި މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާގެ ފައިގައި ޓެގް އެޅުވުމަށްފަހު ބަންދުން ދޫކޮށްދޭން އޭނާގެ ފަރާތުން ކްރިމިނަލް ކޯޓުގައި މިއަދު އެދެފި އެވެ. އޮކްޓޫބަރު، 2021 ގައި އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ […]
ހުސައިން ހަބީބް
އާ ސަރުކާރުގެ އަށް ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުންނަށް ތިއްބަވާނީ އަންހެނުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. “ނޫސްވެރިންގެ ގުންޒަރު” ނަމުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގެންނެވި އެއް ކަމަކީ ސަރުކާރުގެ ތެރޭގައި އަންހެނުންގެ ހިއްސާ ބޮޑު ކުރާނެ ވާހަކަ ކަމަށެވެ. އެގޮތުން މިފަހަރު ދައުލަތު މީޑިއާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރަކަށް ވަޑައިގަންނަވާނީ އަންހެ...
މުޙައްމަދު
2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި، މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ. މި ދެ ބަޖެޓު ހުށަހެޅުމުގެ ޖަލްސާ އެޖެންޑާކޮށްފައި އޮތީ މިއަދު ހެނދުނު 9:00 އަށެވެ. ރިޔާސަތުން މަޖިލީހުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ޖަލްސާ ފެއްޓެވުމަށްފަހު ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރަށް ފުރަތަމަ ފުރުސަތު އެރުވީ މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހަށް ހުށަހަޅާށެވެ. މި ފުރުސަތާއެކު މަޖިލީހުގެ ޑިމޮކްރެޓިކްސްގެ މެންބަރުން ކަމަށްވާ މެދު ހެ...
ޙުސައިން ޝަހުދީ
ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީޑިއާތަކަށް ހާއްސަ މީޑިއާާ ވިލެޖެއް ތަރައްގީކުރުމަކީ އައު ސަރުކާރުގެ ވިސްނުމެއްކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރާއްޖޭގެ ނޫސްވެރިންނާއެކު ރޭ މާލޭ ސޯސަލް ސެންޓަރުގައި ވަނީ ”ނޫސްވެރިންގެ ގުންޒަރު”ގެ ނަމުގައި ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމަކީ އިންތިޚާބީ ރައީސް ޑރ. މުޢިއްޒާއި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު، ނޫސްވެރިންނާ ބައްދަލުކޮށްލެއް...
ޔުމްނާ ޢަލީ
އަންނަ 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި، 2023 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުން މިއަދުގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފިއެވެ. މި ދެކަންތައް ކުރީގެ ބައެއް ޖަލްސާތަކަށް ވެސް އެޖެންޑާ ކުރިނަމަވެސް އެއިރު ހުށަހެޅިފައި އޮތް މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައަށް ގޮތެއް ނުނިމޭތީ މި މަސައްކަތްތައް އޮތީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ. ނަމަވެސް މަޖިލީހުގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ނަޝީދު އިއްޔެ ހަވީރު އިސްތިއުފާ ދެއްވުމުން ރޭ 10:00 ޖަހާއިރު ފެށި...
ޙުސައިން ޝަހުދީ
އެމަނިކުފާނުގެ ސަރުކާރުގައި ނޫސްވެރިކަމުގެ ރޮނގުން ހިލޭ ކިޔެވޭނެ ސްކޮލާޝިޕްގެ ފުރުސަތު، ނޫސްވެރިންނަށް ފަހިކޮށްދެއްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އިންތިޚާބީ ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިންނާއެކު ރޭ މާލޭ ސޯސަލް ސެންޓަރުގައި ބޭއްވި ބައްދަލުކޮށްލެއްވުމެއްގައެވެ. ”ނޫސްވެރިންގެ ގުންޒަރު”ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އިންތިޚާބީ ރައީސްގެ އިތުރުން، އިންތިޚާބީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފާއި، އައު ސަރުކާރުގެ ކެބިނެޓާއި...
ޔުމްނާ ޢަލީ
މާލޭގައި ހުންނަ ވީއެފްއެސް ގްލޯބަލް ޖޮއިން ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރުން ޔޫރަޕްގެ އިތުރު ތިން ގައުމެއްގެ ވިސާ އަށް އެދެވޭ ގޮތް ހަދައިފިއެވެ. ޔޫރަޕް ގައުމުތަކުގެ ތެރެއިން، އޯޕަން ބޯޑާސް ގައުމުތައް ނުވަތަ ޝެންގެން ވިސާގައި ދަތުރުކުރެވޭ ގައުމުތަކުގެ ތެރެއިން ރާއްޖެއިން ވިސާ އަށް އެދެވޭގޮތަށް އަލަށް ހަމަޖެއްސި ތިން ޤައުމަކީ ފްރާންސް އާއި ސްޕެއިން އާއި ޕޯޗުގަލް އެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އިއްޔެއިން ފެށިގެން މި ތިން […]
ޔުމްނާ ޢަލީ
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތާ ގުޅިގެން ހުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބުދުލް ޣަފޫރާއި، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިމް ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މަޢާފު ދެއްވައިފިއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަދީބަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. ނަމަވެސް ދައުލަތާއެކު...
ޔުމްނާ ޢަލީ
ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ދިވެހި ޚާރިޖިއްޔާގައި ދިގު މުއްދަތަކަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ދެ ބޭފުޅުންކަމަށްވާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލަށާއި، ފޮރިން ސެކްރެޓެރީ އަޙްމަދު ލަޠީފަށް މިއަދު އަރުވައިފިއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފަރާތްޕުޅުން މި ދެ ބޭފުޅުންނަށް މި ޝަރަފު އެރުވުން އޮތީ، މިއަދު ހެނދުނު މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއަޔާތެއްގައެވެ. ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި މ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އެމްޑީޕީން އިތުބާރު ނެތް ކަމަށް ނިންމައި މަޖިލިހަށް ހުށަހެޅި ގަރާރު ބޭރުކުރުމަށް ރިޔާސަތުން ނިންމީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ. މަޖިލިހުގެ އިއްޔެގެ ޖަލްސާ އަށް ގަރާރުގެ މައްސަލަ އެޖެންޑާ ކުރިއިރު، އެ ގަރާރަކީ ގަވައިދާ ހިލާފު ގަރާރެއް ކަމަށް ބުނެ ވަނީ ބޭރުކޮށްލައިފައެވެ. ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އެގޮތަށް ނިންމަވައި މަޖިލިސް ނިންމާލެއްވީ އަމ...
މުޙައްމަދު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ ދެބައިކުޅަ އެއްބައި މަސައްކަތް ނިމުނު އިރު، ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ކުރަމުންދާ ސައިޓަށް ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްފައި އޮތް މަސައްކަތް، އެބޭފުޅުންގެ ސްކޯޕްގެ ގާތްގަނޑަކަށް %54 ނިމިފައިވާ ކަމަށެވެ. ބިންލާދިން ގްރޫޕ...
މުޙައްމަދު