މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 481 ވަނަ ޞަފްޙާ

އެމްޑީޕީގެ ރޭވުން ފެއިލްވި ކަމަށްޓަކައި މާތްﷲ އަށް ޙަމްދުކުރަން: ނަޝީދު

އެމްޑީޕީގެ ރޭވުން ފެއިލްވި ކަމަށްޓަކައި މާތްﷲ އަށް ޙަމްދުކުރަން: ނަޝީދު

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އުޅުނީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރުމަށް ބާއްވާ ޖަލްސާ ހުއްޓުވަން ކަމަށާއި، އެމްޑީޕީގެ ރޭވުން ފެއިލްވި ކަމަށްޓަކައި މާތްﷲ އަށް ޙަމްދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ނުނިމި އޮތަސް އިންތިހާބީ ރައީސް މުހައްމަދު މުއިއްޒު ހުވާ ކުރުމަށް ހުރަހެއް ނެތް ސުޕްރީމް ކޯޓުން މިއަދ...

ޔުމްނާ ޢަލީ
ނަޝީދު މައްސަލަ ނުނިމުނަސް, މުއިއްޒު ހުވާކުރަން ހުރަހެއް ނެތް: ސުޕްރީމް ކޯޓް

ނަޝީދު މައްސަލަ ނުނިމުނަސް, މުއިއްޒު ހުވާކުރަން ހުރަހެއް ނެތް: ސުޕްރީމް ކޯޓް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ނުނިމި އޮތަސް އިންތިހާބީ ރައީސް މުހައްމަދު މުއިއްޒު ހުވާ ކުރުމަށް ހުރަހެއް ނެތް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ކުރިއަށް ނުގެންދެވުމުން އެމްޑީޕީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމުގައިވަނީ […]

ޔުމްނާ ޢަލީ
މަޖިލީހުގެ ނައިބު ރައީސް ނެތަސް, ރައީސް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ހުކުމްކޮށްފި

މަޖިލީހުގެ ނައިބު ރައީސް ނެތަސް, ރައީސް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ހުކުމްކޮށްފި

މަޖިލީހުގެ ނައިބު ރައީސް ނެތަސް މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާ ބޭއްވޭނެ ގޮތެއް ހޯދަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ހުކުމް މިއަދު އިއްވާފައިވާއިރު، މި މައްސަލަ އެމްޑީޕީން ސުޕ...

ޔުމްނާ ޢަލީ
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރީ ގޯސްކޮށް: ހައިކޯޓް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރީ ގޯސްކޮށް: ހައިކޯޓް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަނުކުރެވޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމި މައްސަލާގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެ މައުލޫމާތު ހާމަކުރުމުން ގައުމީ ސަލާމަތަށް ގެއްލުމެއް ލިބޭ ނަމަ އެކަށީގެންވާ މިންވަރަކަށް ސާބިތުކޮށް ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް އެ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމީ […]

ހުސައިން ހަބީބް
ވީއައިއޭ މަޝްރޫއަށް ފައިސާ ހޯދީ މި ސަރުކާރަކުން ނޫން، މުއިއްޒު: އަދުރޭ

ވީއައިއޭ މަޝްރޫއަށް ފައިސާ ހޯދީ މި ސަރުކާރަކުން ނޫން، މުއިއްޒު: އަދުރޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް ފަށާފައިވާ މަޝްރޫއު ނިންމަން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން 1.2 ބިލިއަން ރުފިޔާ ދިނުމަށް ނިންމި އިރު، އެ ފައިސާ ހޯދީ މި ސަރުކާރަކުން ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައެއް މީޑިއާތަކަށް މިއަދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިތުރަށް ބޭނުންވި 79.8 މިލިއަން ޑޮލަރު (1.2 […]

މުޙައްމަދު
އެމްޑީޕީއަށް ވެރިކަން ގެއްލުމަށްވުރެ ދެން ލިބޭ ގެއްލުން ބޮޑުވާނެ: ނަޝީދު

އެމްޑީޕީއަށް ވެރިކަން ގެއްލުމަށްވުރެ ދެން ލިބޭ ގެއްލުން ބޮޑުވާނެ: ނަޝީދު

ވެރިކަން ގެއްލުމަށް ވުރެ ބޮޑު ގެއްލުމެއް ކުރިއަށް އޮތް ތަނުގައި އެމްޑީޕީއަށް ލިބޭނެ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ވެރިންނަށް ވަރަށް ވަރުގަދަ އިންޒާރެއް މިއަދު ދެއްވައިފިއެވެ. ނަޝީދު އެގޮތަށް ވިދާޅުވީ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދަށް ބޭރު ޖަމްއިއްޔާއަކުން ލިބިވަޑައިގެންނެވި މަގާމެއްގެ ވާހަކަ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހިއްސާކު...

މުޙައްމަދު
އައިއެސްއާ ގުޅުނު ކަމަށް ތުހުމަތުވާ އަމީން 27 އަހަރަށް ޖަލަށް

އައިއެސްއާ ގުޅުނު ކަމަށް ތުހުމަތުވާ އަމީން 27 އަހަރަށް ޖަލަށް

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފަރާތުން ރާއްޖޭގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މުހައްމަދު އަމީން 27 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޏ. ފުވައްމުލަކު ކަރިއްޔާވިލާ އަމީނަކީ އައިއެސް ޖަމާއަތުގެ ރާއްޖޭގެ ވެރިޔާ ކަމަށް ތުހުމަތު ކުރުމުގެ އިތުރުން ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދިވެހިން ފޮނުވި ކަމަށް ވެސް ތުހުމަތުކުރި އެވެ. އޭނާގެ މައްޗަށް ކުރީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާ އެވެ. އެ...

ހުސައިން ހަބީބް
ވީއައިއޭ މަޝްރޫއު ނިންމަން ޔޫއޭއީން 1.2 ބިލިއަން ރުފިޔާ

ވީއައިއޭ މަޝްރޫއު ނިންމަން ޔޫއޭއީން 1.2 ބިލިއަން ރުފިޔާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް ފަށާފައިވާ މަޝްރޫޢު ނިންމަން، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން 1.2 ބިލިއަން ރުފިޔާ ރާއްޖެއަށް ދޭން ނިންމާފައިވާ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެއްޖެއެވެ. އިންތިޚާބީ ރައީސް އޮފީހުގެ ފަރާތުން އިންތިގާލީ ކޮމިޓީގެ، ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، މި ހަފުތާގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ވީއައިއޭ ތަރަ...

ޔުމްނާ ޢަލީ
ޔާމީން އަތުން ފަސް މިލިއަން ޑޮލަރު ހޯދުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

ޔާމީން އަތުން ފަސް މިލިއަން ޑޮލަރު ހޯދުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ޙުކުމާއި ގުޅިގެން އެމަނިކުފާނު ދައްކަންޖެހޭ 5 މިލިއަން ޑޮލަރު ހޯދުމުގެ މައްސަލަ މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.  ވ. އާރަށު ހިޔާނާތުގެ މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައި އަދި 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. ނަމަވެސް އެ ފައިސާ އެމަނިކުފާނު ނުދައްކަވަ އެވެ. އެ […]

ހުސައިން ހަބީބް
ޒުވާނުންނަށް ހާއްސަ ''ޖުޑީޝަރީ ފޯ ޖޫނިއާސް ޕްރޮގްރާމު'' އަންނަ މަހު

ޒުވާނުންނަށް ހާއްސަ ''ޖުޑީޝަރީ ފޯ ޖޫނިއާސް ޕްރޮގްރާމު'' އަންނަ މަހު

ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ”ޖުޑީޝަރީ ފޯ ޖޫނިއާސް ޕްރޮގްރާމު 2023” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައި ޔޫއެންޑީޕީ މޯލްޑިވްސްއިން ބުނީ މިއީ އެތަނާއި، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި މޯލްޑިވްސް ޖުޑިޝަރީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. ޝަރުއީ ދާއިރާއަށް ޒުވާނުން ޝައުގުވެރިކުރުވުމަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ  14 ޑިސެންބަރު ވާ ބުރާސްފަތި ދުވަހުން ފެށިގެން 21 ޑިސެންބަރު ވާ...

ޔުމްނާ ޢަލީ
''ފަލަސްތީނަށް ދިވެހިންގެ އަޑު ޤުރުއާނުގެ މޫރިތި އާޔަތްތަކުން''، ސީއޭޕީއެސްގެ ހާއްސަ ހަރަކާތެއް

''ފަލަސްތީނަށް ދިވެހިންގެ އަޑު ޤުރުއާނުގެ މޫރިތި އާޔަތްތަކުން''، ސީއޭޕީއެސްގެ ހާއްސަ ހަރަކާތެއް

”ފަލަސްތީނަށް ދިވެހިންގެ އަޑު ޤުރުއާނުގެ މޫރިތި އާޔަތްތަކުން” ނަމުގައި ހާއްސަ ހަރަކާތެއް ބާއްވަން ޗައިލްޑް އެބިއުސް ޕްރެވެންޝަން ސޮސައިޓީ (ސީއޭޕީއެސް) އިން މަސައްކަތް ފަށައިފިއެވެ. އެ ޖަމިއްޔާގެ ފޭސްބުކް ޕޭކުގައި ބުނެފައިވާ ގޮތުގައި އެ ޖަމިއްޔާއިން ”ފަލަސްތީނަށް ދިވެހިންގެ އަޑު ޤުރުއާނުގެ މޫރިތި އާޔަތްތަކުން” ބާއްވާ އިވެންޓެއް މި މަހުގެ 10 ވާ ހުކުރުދުވަހު ބާއްވަން ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް ބާއްވަން ނިންމާފައި ވަނީ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލޭގެ […]

ޔުމްނާ ޢަލީ
ރޯގާއަށް ދޭ ބޭހެއްގެ ރައްކާތެރިކަން ކަށަވަރުކުރެވެންދެން ވިއްކުން މަނާކޮށްފި

ރޯގާއަށް ދޭ ބޭހެއްގެ ރައްކާތެރިކަން ކަށަވަރުކުރެވެންދެން ވިއްކުން މަނާކޮށްފި

ރޯގާ އަށް ބޭނުންކުރާ ސިޓްރިޒަމް ސިރަޕެއްގައި ކެމިކަލް މާއްދާއެއް ހުރުމުން އެ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން އެ ބޭސް ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި ވިއްކުން އިއްޔެ މަނާކޮށްފިއެވެ. މިކަމާއިގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ)އިން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ،  އޮކްޓޯބަރު، 2022 އިން ފެށިގެން ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔ...

ޔުމްނާ ޢަލީ
ޔޫއޭއީ ދަތުރުފުޅަށް ފަހު މުޢިއްޒު ރާއްޖެ ވަޑައިގެންފި

ޔޫއޭއީ ދަތުރުފުޅަށް ފަހު މުޢިއްޒު ރާއްޖެ ވަޑައިގެންފި

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ. އަމިއްލަ ދަތުރުފުޅެއްގައި އިންތިޚާބީ ރައީސް ޔޫއޭއީ އަށް ވަޑައިގަތީ އިއްޔެއެވެ. އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ އިންތިޚާބީ ރައީސް ޔޫއޭއީ ދަތުރުފުޅަށްފަހު މިއަދު މާލެ ވަޑައިގެންފައިވާ ކަމަށެވެ. މުއިއްޒު ޔޫއޭއީ އަށް ދަތުރުފުޅެއް ކުރެއްވިއިރު، މިދިޔަ ހަފުތ...

ޔުމްނާ ޢަލީ
ފެހުރިހި ހިމާޔަތްކުރުން ތިމާވެށީގެ ޤާނޫނުގެ ދަށަށް ބަދަލުކުރަން ނިންމައިފި

ފެހުރިހި ހިމާޔަތްކުރުން ތިމާވެށީގެ ޤާނޫނުގެ ދަށަށް ބަދަލުކުރަން ނިންމައިފި

ދިވެހިރާއްޖޭގައި ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ކުރާކަމެއްގެ ގޮތުގައި ބަދަލުކުރައްވަން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ. ރާއްޖޭގައި ފެހުރިހި މިހާރު ހިމާޔަތްކޮށްފައި ވަނީ ދިވެހިރާޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުންނެވެ. ރައީސް ޞާލިޙް، ދިވެހިރާއްޖޭގައި ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ކުރާކަމެއްގެ ގޮތުގައި ބަދަ...

ޔުމްނާ ޢަލީ
ރާއްޖޭގައި ތަރިކައިގެ ދުވަހެއް ފާހަގަ ކުރަނީ

ރާއްޖޭގައި ތަރިކައިގެ ދުވަހެއް ފާހަގަ ކުރަނީ

ކޮންމެ އަހަރެއްގެ ސެޕްޓެންބަރު 12 ވަނަ ދުވަހަކީ ރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފި އެވެ. ރައީސް މިގޮތަށް ކަނޑައެޅުއްވީ ރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރެއްވުމާ ގުޅޭގޮތުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ހެރިޓޭޖު މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައީސަށް އެރުވި ލަފާފުޅުގެ މައްޗަށް ރިއާޔަތް ކުރެއްވުމަށްފަހުގައެވެ. ރާއްޖޭގެ ސަގާފީ ތަ...

މުޙައްމަދު