ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ދިވެހި ރައްޔިތުންނަށް ގެނެސްދެއްވާނެ ކަމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ، ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން، ދެއްވި ފުރަތަމަ ތަޤުރީރުގައެވެ. އެ ތަޤުރީރުގައި ދެއްކެވިވާހަކަފުޅުގައި ޑރ. މުޢިއްޒު ވިދާޅުވީ، ބިންވެރިކަމާއި ގެދޮރުވެރިކަމަކީ، ރާއްޖޭގައި ވަރަށް ޙައްސާސީ މައްސަލައެއް ކަމަށާއި، އެކަމުގެ ސަބަބުން، އާއިލީ، އިޖުތިމާޢީ މައްސަލަތައް ނުކުންނަ ކަމަށެވެ. އަދި ދީނީ، އަޚްލާޤީ މައްސަލަތަ...
ޔުމްނާ ޢަލީ
އާ ސަރުކާރު ކުރިއަށްދާނީ ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުމަކީ މައިގަނޑު ދެ އަސާސް ކަމަށްދެކި، އެ ދެ އަސާސްގެ މަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ، ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން، ދެއްވި ފުރަތަމަ ތަޤުރީރުގައެވެ. އެމަނިކުފާނު ތަޤްރީރުކުރެއްވީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ހުވައި ކުރުމުގެ ރަސްމިއްޔާތުގައެވެ. އެމަނިކުފާނު ވިދާޅުވީ، ދައުލަތެއްގެ ސަލާމަތާއި ދުނިޔޭގައި އެ ބައެއްގެ އާރާއި...
ޔުމްނާ ޢަލީ
އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް ރައީސުލްޖުމްހޫރިއްޔާ ނައިބު ކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ. ހުސައިން މުހައްމަދު ލަތީފް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ހުވާ ކުރައްވާފައި ވަނީ، މިކަމަށް މާލޭގެ ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ބާވީސް ވަނަ ޖަލްސާގައެވެ. ހުސައިން މުހައްމަދު ލަތީފް ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ކަމުގެ ހުވާ ލައިދެއްވާފައި ވަނީ ރާއްޖޭގެ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނެވެ. ހުސައިން މުހ...
ޔުމްނާ ޢަލީ
ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ. މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާފައި ވަނީ، މިކަމަށް މާލޭގެ ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ބާވީސް ވަނަ ޖަލްސާގައެވެ. ޑރ. މުޢިއްޒަށް ރައީސުލްޖުމްޙޫރިއްޔާ ކަމުގެ ހުވާ ލައިދެއްވާފައި ވަނީ ރާއްޖޭގެ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނެވެ. ޑރ. މުހަންމަދު މުއިއްޒު އަކީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރީ ވެރިކަ...
ޔުމްނާ ޢަލީ
ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށިއްޖެއެވެ. މާލޭގެ ޖުމްހޫރީ މައިދާނުގައި ކުރިއަށްދާ މި ޖަލްސާއަށް މުޢިއްޒުގެ ދެކަނބަލުން ވަޑައިގަރީ 16:40 ހާއިރުއެވެ. މުޢިއްޒު ވަޑައިގަތުމާއެކު ޤައުމީ ސަލާމަށްފަހު، ކީރިތި ޤުރްއާންގެ ބަރަކާތުން ޖަލްސާ ވަނީ ފެށިފައެވެ. މުޢިއްޒު ހުވާކުރެއްވުމަށްފަހު ހުސައިން މުޙައްމަދު ލަތީފް ރައީސުލްޖުމްޙޫރިއްޔާގެ ނައިބުކަމުގެ ހުވާ ކުރައްވާނެއެވެ. މިއަދުގެ ޖަލްސާއަށް ވަޑައިގެން ތިއްބެވީ 81 މެންބަރުންކަމަށާއި...
ޔުމްނާ ޢަލީ
އެދިވަޑައިގަންނަވަނީ އައު ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ކުރިއެރުން ކަމަށް މިއަދު ދައުރުހަމާ މިދައުރުގެ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ މިއަދު އެމަނިކުފާނު ދެއްވި ވަދާއި މެސެޖުގައެވެ. މި މެސެޖުގައި އެމަނިކުފާނު ވަނީ ވޭތުވި ފަސް އަހަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެމަނިކުފާނަށް ކުރެއްވި އިތުބާރާއި ބެހެއްޓެވި އެކުވެރިކަމަށްޓަކައި އިޚްލާސްތެރި ޝުކުރެއް ދަންނަވާފައެވެ. އަދި މި މުއްދަތުގައި ދިވެހިރަ...
ޔުމްނާ ޢަލީ
ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫޢުގެ ދަށުން “ބިންވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯއްޗަށާއި، “ގެދޮރުވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓަށް އެދުނު މީހުންގެ ލިސްޓް މިއަދު ޢާންމުކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، ބިންވެރިޔާ ސްކީމު ފޭސް 2 އަދި ގެދޮރުވެރިޔާ ސްކީމް ފޭސް 2 އަކަށް ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ފޯރމް ހެށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ފޯރމް ހުށަހަޅުއްވާފައިވާ ފަރާތް ތަކުގެ...
ޔުމްނާ ޢަލީ
މިއަދު ވެރިކަމާ ހަވާލުވާ ސަރުކާރުގައި، އަންހެނުނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ ”ސްޓާޓްއަޕް ލޯން ސްކީމް” އެއް ތައާރަފް ކުރުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭންގައި ހިމަނައިފިއެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ”ހަފްތާ 14”ގެ ނަމުގައި އާންމު ކުރެއްވި މި ޕްލޭންގައި ”އަންހެނުން، ޒުވާނުން، ކުޅިވަރު، ފަންނިއްޔާތު”ގެ ދަށުން ގިނަ ކަންތައްތަކެއް ހިމަނާފައިވާއިރު، އަންހެނުނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޢަބްދުލްމާނިޢު ޙުސައިން އިއްޔެ ޢައްޔަނު ކުރައްވައިފިއެވެ. ހއ. އިހަވަންދޫ އަށް ނިސްބަތްވެވަޑައިގަންނަވާ ޤާނޫނީވަކީލު އެ މަޤާމަށް އައްޔަނުކުރެއްވުމުގެ ކުރިން ފުރުއްވާފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެއްސީ)ގެ މެންބަރު ކަމުގެ މަޤާމެވެ. މާނިޢު ޖޭއެސްސީން އިސްތިއުފާ ދެއްވީ މި މަހުގެ 12 ވަނަ ދުވަހުއެވެ. މާނިއު ޖޭއެސްސީގައި ފުރުއްވީ ވަކީލުންގެ ތެރެއިން އިންތިިޚާބު ކޮށްފައިވާ މެމްބަރުކަމެވެ. ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުން ބެ...
ޔުމްނާ ޢަލީ
މިއަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއްވުމާއި، ޙުސައިން މުޙައްމަދު ލަޠީފް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ޤާނޫނީ ހުވައި ކުރެއްވުން މިއަދު ހަވީރު ބާއްވަން ނިންމާފައިވާއިރު، އައު ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ޢައްޔަނު ކުރެއްވުމާއި ހުވާކުރެއްވުން މިރޭ އޮންނާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ...
ޔުމްނާ ޢަލީ
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އަވަށްޓެރި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާ ބައްދަލުކުރައްވައިފިއެވެ. މިރޭ ރައީސް އޮފީހުގައި ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙާއި ރައީސް ވިކްރަމަސިންހަ ވަނީ ސްރީލަންކާގެ މިހާރުގެ ޙާލަތާއި، ދާދިފަހުން ސްރީލަންކާއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން ޤައުމު މަޑުމަޑުން އަރައިގަންނަމުންދާ ގޮތާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައިކަމަށް ރައީސް އޮފީހުން މައުލޫމާތު ހާމަކުރައްވައެވެ. މީގެ އިތުރުން ސްރީލަންކާގެ އިޤ...
ޔުމްނާ ޢަލީ
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓުގެ ހުރުމަތް ކެނޑުމުން 10،000ރ. އިން ޖޫރިމަނާކުރި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ. ޕީޖީ އޮފީހުން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި, އެ އޮފީސް ޖޫރިމަނާ ކުރީ އެ ކޯޓުން ނެރުނު އަމުރަކަށް ޕީޖީ އޮފީހުން އަމަލު ނުކުރުމުންނެވެ. އެ ނިންމުން އިސްތިއުނާފް ކުރަން ޕީޖީ އޮފީހުން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ އިއްޔެ ނިންމެވީ ފޭދޫ ކޯޓުގެ ނިންމުމަކީ […]
ހުސައިން ހަބީބް
އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކުރުމަށް، ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު އެކުލަވާލައި އެ އިދާރާތަކަށް ފޮނުވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވީ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވައުދުފުޅާއެއްގޮތައް އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކުރުމަށް، ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު އެކުލަވައިލާފައިވާ ކަމަށެވެ. ޕޭ ކޮމިޝަނުން އެކުލަވައިލި މި އޮނިގަނޑު މިހާރު ފުލުހުންނާއި، ސިފައިންގެ މުއައްސަސާއ...
ޔުމްނާ ޢަލީ
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވަން މާދަމާ ބާއްވާ ރަސްމިއްޔާތުގައި ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް ބައިވެރިވެވަޑައިނުގަންނަވަން ނިންމަވައިފިއެވެ. ޔާމީނަކީ އައު ސަރުކާރާއި ހަވާލުވާ ޕްރޮގްރެސިވް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ)ގެ ލީޑަރެވެ. މައުލޫމާތު ލިބޭގޮތުގައި މާދަމާ ހަވީރު އޮންނަ އައު ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވަޑައިނުގަންނަވަން ޔާމީން ވަނީ ނިންމަވާފައެވެ. ޑރ. މުޢިއްޒު ރައީސް ކަމުގެ ހުވާ ކުރެއް...
ޔުމްނާ ޢަލީ
ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ޚާއްޞަ ސިޔާސަތެއް ތައާރަފްކުރުމަށް މާދަމާ ހުވާކުރައްވާ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭންގައި ހިމަނައިފިއެވެ. އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭން، ”ހަފުތާ 14”ގެ ނަމުގައި އާންމު ކުރެއްވީ ރޭގައެވެ. މި ޕްލޭންގައި އިޤްތީޞާދާއި ތިމާވެށީގެ ދާއިރާއިން ވެސް ގިނަ ކަންތައްތަކެއް ހިމަނާފައިހުރިއިރު، މި ޕްލޭންގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް...
ޔުމްނާ ޢަލީ