މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 476 ވަނަ ޞަފްޙާ

އެމްޑީޕީގެ ޕީޖީ ލީޑަރުކަމަށް ތިން ނަމެއް

އެމްޑީޕީގެ ޕީޖީ ލީޑަރުކަމަށް ތިން ނަމެއް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގްރޫޕް (ޕީޖީ) ލީޑަރުކަމަށް ތިން ބޭފުޅަކު ކުރިމަތި ލައިފިއެވެ. އެމްޑީޕީއިން ބުނީ ހުސްވެފައިވާ އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބު 23 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ އޮންނާނެ ކަމަށެވެ. މި އިންތިޚާބު ބާއްވަން ނިންމާފައި ވަނީ، އެ ދުވަހުގެ 14:00 ން 16:00 އަށެވެ. މި އިންތިޚާބު ބާއްވަން ނިންމާފައި ވަނީ، އެމް.ޑީ.ޕީ އޮފީހުގެ ޖަލްސާކުރާ މާލަމުގައި (ގ. ނިއުޝާ / 3ވަނަ ފަންގިފިލާ) […]

ޔުމްނާ ޢަލީ
ޓްރާންސްފޯމަރެއްގައި ރޯވެ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓް ކެނޑިއްޖެ

ޓްރާންސްފޯމަރެއްގައި ރޯވެ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓް ކެނޑިއްޖެ

ޓްރާންސްފޯމަރެއްގައި ރޯވެ ހުޅުމާލޭ ފޭސް2 ގެ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓް ކެނޑިއްޖެއެވެ. ސްޓެލްކޯއިން ވިދާޅުވީ، ހުޅުމާލޭގެ ހިޔާ ޓަވަރުތައް ހުންނަ ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. މި ހާދިސާ ހިނގުމާއި ގުޅިގެން ކަރަންޓުގެ ހިދުމަތް މެދު ކެނޑުނު ޓަވަރުތަކުގެ ތެރެެއިން 3 ވަނަ ޓަވަރު ފިޔަވާ އެހެން ހުރިހާ ޓަވަރަކަށް މިހާރު ވަނީ ކަރަންޓު ދެވިފައި ކަމަށް އެކުންފުނިން ވިދާޅުވެއެވެ. ’’3 ވަނަ ޓަވަރަށް ކަރަންޓު ދިނުމަށްޓަކައި ކުރަންޖެހޭ މަސައ...

ޔުމްނާ ޢަލީ
އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް ރަސްމީކޮށް އެދިއްޖެ

އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް ރަސްމީކޮށް އެދިއްޖެ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދިނުމަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި، މިކަމަށް އެދިވަޑައިގަތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ މިނިސްޓރަ އޮފް އަރތް ސައިންސެސް، ހިޒް އެކްސެލެންސީ މިސްޓަރ ކިރެން ރިޖިޖޫ އާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި ކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދިނުމަށް ރައީސް މުޢިއްޒު މިއަދު އެދިވަޑައިގެންފައިވާއިރު މިއީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއ...

ޔުމްނާ ޢަލީ
ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބަހައްޓާ ގޮތަށް ހަމަޖައްސައިފި

ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބަހައްޓާ ގޮތަށް ހަމަޖައްސައިފި

ސަރުކާރުގެ މުއައްސަސާތަކުގައި ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބަހައްޓާ ގޮތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި، ރައީސް މުޢިއްޒު ނިންމަވާފައި ވަނީ މިއަދުން މިގޮތަށް ޢަމަލުކުރުމަށެވެ. ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބެހެއްޓުމާ ބެހޭގޮތުން، ރައީސް މުޢިއްޒު ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައި ވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، ފަޚުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއ...

ޔުމްނާ ޢަލީ
އައްޑޫގެ ފަޅު ރަށަކަށް ދަތުރު ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ

އައްޑޫގެ ފަޅު ރަށަކަށް ދަތުރު ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ

އައްޑޫގެ ފަޅު ރަށަކަށް ދަތުރު ގޮސް އުޅެނިކޮށް ވެއްޓުނު ޒުވާނަކު ނިޔާވެއްޖެއެވެ. އެ ހާދިސާގައި ނިޔާވެފައި ވަނީ ހިތަދު އަށް އުފަން އަހުމަދު މުހައްމަދު 29، އެވެ. ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ އެރުއްހެރާ އަށް ދަތުރުގޮސް އުޅުނު މީހަކު ހާލު ދެރަވެގެން ކޯސްޓްގާޑްގެ އެހީތެރިކަމާއެކު ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު 12:55 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. “މި މީހާ ސިއްހީ މަރުކަޒަށް […]

މުޙައްމަދު
އިމާމުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަޝްރޫއެއް އިއުލާން ކުރަނީ

އިމާމުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަޝްރޫއެއް އިއުލާން ކުރަނީ

ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން މާސްޓާސް ހާސިލްކޮށްފައިވާ ފަރާތްތަކަށް ބޭރުގެ ޔުނިވާސިޓީއަކުން ޕީއެޗްޑީ ހާސިލްކުރުމުގެ މަޝްރޫއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން، އިސްލާމީ އިލްމުގެ ދާއިރާއަކުން މާސްޓާސް ހާސިލްކޮށްފައިވާ ފަރާތްތަކަށް ބޭރުގެ ޔުނިވަސިޓީއަކުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޝްރޫއެއް ވަރަށް އަވަ...

މުޙައްމަދު
އާ ރައީސް ދުވަސް ފެއްޓެވީ ފަތިސްނަމާދު ޖަމާއަތުން، ހުވާކުރެއްވުމަށްފަހު ވަޑައިގަތީ މަޣުރިބް ނަމާދު ޖަމާއަތަށް

އާ ރައީސް ދުވަސް ފެއްޓެވީ ފަތިސްނަމާދު ޖަމާއަތުން، ހުވާކުރެއްވުމަށްފަހު ވަޑައިގަތީ މަޣުރިބް ނަމާދު ޖަމާއަތަށް

ޢާންމުކޮށް މާލޭގެ ވިޔަފާރިވެރިންގެ މިސްކިތަށް ފަތިސްނަމާދަށް ޖަމާއަތަށް އަރާމީހުންނަށް އެއީ އާ މަންޒަރެއްނޫނެވެ. ސަބަބަކީ އިއްޔެ ހުވާކުރައްވައި، ރާއްޖޭގެ ޒައާމަތާއި ހަވާލުވެވަޑައިގެން ޑރ. މުހައްމަދު މުޢިއްޒު ޢާންމުގޮތެއްގައި އެ މިސްކިތަށް ޖަމާއަތަށް ފަތިސް ނަމާދަށް ވަޑައިގަންނަވާތީއެވެ. ފަތިސް ނަމާދުގެ އިތުރުން ވެސް އިތުރު ނަމާދުތަކަށް ވެސް މުޢިއްޒު އެ މިސްކިތަށް ވަޑައިގަންނަވައެވެ. ޚާއްޞަކަމެއް ގޮތުގައި މީހުން މީސްމީޑިއާގައި މިކަން ފާހަގަކުރަމުން އަންނަނީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ރައީސްކަމަ...

ޔުމްނާ ޢަލީ
ރައީސް ޑރ. މުޢިއްޒު، ލަންކާގެ ރައީސާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޢިއްޒު، ލަންކާގެ ރައީސާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އަވަށްޓެރި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައިފިއެވެ. ރޭ ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ދިޔަ މި ބައްދަލުވުމާގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެމަނިކުފާނު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ސްރީލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވުމުން އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. ސްރީލަންކާގެ ރައީސް ރާއްޖެއަށް...

ޔުމްނާ ޢަލީ
އެޑްވައިޒަރުންގެ މަގާމަށް ތިން ބޭފުޅަކު

އެޑްވައިޒަރުންގެ މަގާމަށް ތިން ބޭފުޅަކު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެޑްވައިޒަރުންގެ މަގާމަށް ތިން ބޭފުޅަކު މިރޭ ޢައްޔަނު ކުރައްވައިފިއެވެ. އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ، މިރޭ 8:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި މި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މިގޮތުން އެ ތިން އެޑްވައިޒަރުންނަކީ، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ- ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހީމް ލަޠީފް ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕް...

ޔުމްނާ ޢަލީ
ރައީސް އޮފީހަށް ފަސް މިނިޓަރުން ޢައްޔަނުކުރައްވައިފި

ރައީސް އޮފީހަށް ފަސް މިނިޓަރުން ޢައްޔަނުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައީސް އޮފީހަށް ފަސް މިނިޓަރުން ޢައްޔަނުކުރައްވައިފިއެވެ. ރައީސް އޮފީހަށް މިރޭ ޢައްޔަނުކުރެއްވި ފަސް މިނިސްޓަރުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޢިއްޒެވެ. މިގޮތުން މިރޭ ޢައްޔަނު ކުރެއްވި ފަސް މިނިސްޓަރުންކުރެ ޢަލީ ޢާރިފް ޢައްޔަނުކުރައްވާފައި ވަނީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ކަމަށެވެ. އަދި އިބްރާހީމް ޚަލީލް ޢައްޔަނުކުރެއްވީ މިނިސްޓަރ އެ...

ޔުމްނާ ޢަލީ
ޑިފެންސް ފޯސްގެ ވެރިޔަކަށް އަބްދުއްރަހީމް ޢައްޔަނުކޮށްފި

ޑިފެންސް ފޯސްގެ ވެރިޔަކަށް އަބްދުއްރަހީމް ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް މޭޖަރ ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް ހަމަޖައްސަވައިފި އެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަބްދުއްރަހީމް ޢައްޔަނު ކުރައްވައި، އެ މަގާމުގެ ފަތްކޮޅު އޭނާއަށް ހަވާލުކޮށްފައި ވަނީ ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއް ގައެވެ. އެ މަގާމަށް އަބްދުއްރަހީމް ޢައްޔަނުކުރެއްވިއިރު އޭނާ ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ. ނިމިދިޔަ ސަރުކާރުގައި ޗީފް އޮފް ޑިފެންސް ފޯސް މަގާމުގައި […]

ޔުމްނާ ޢަލީ
ޗީފް އޮފް ސްޓާފަކަށް ފަޔާޟް

ޗީފް އޮފް ސްޓާފަކަށް ފަޔާޟް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ޢަބްދުالله ފަޔާޟް ޢައްޔަނު ކުރަށްވައިފިއެވެ. ރައީސް ޑރ. މުޢިއްޒު އެ މަޤާމަށް ފަޔާޟް ޢައްޔަނުކުރައްވައި، މަގާމުގެ ފަަތްކޮޅު އެރުވީ މިރޭ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. ފަޔާޟް އަކީ ރައީސް ޔާމީންގެ ސަރުކާރުގައި މިހާރު ރައީސް ޑރ. މުޢިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، އެ މިނިސްޓްރީގެ ނައިބު ވަޒީރެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ރައީސް ޑރ. މުޢިއްޒުގެ ކެބިނެޓް ވެސް މިރޭ ހުވާކުރައްވާފައިވާއިރު، […]

ޔުމްނާ ޢަލީ
އާ ސަރުކާރުގެ ވަޒީރުންގެ މަޤާމުގެ ހުވާ ކުރައްވައިފި

އާ ސަރުކާރުގެ ވަޒީރުންގެ މަޤާމުގެ ހުވާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މަޤާމުގެ ޤާނޫނީ ހުވައި ކުރައްވައިފިއެވެ. ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު އެކުލެވިގެން ވަނީ 22 ވުޒާރާއެއްގެ މައްޗަށެވެ. މި ވުޒާރާތަކުގެ ވަޒީރުން މަޤާމުގެ ޤާނޫނީ ހުވައި ކުރައްވައި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އާ ސަރުކާރުގެ ވުޒާރާތަކާއި އެތަންތަނަށް ޢައްޔަނުކުރެއްވި ވަޒީރުން މިނިސްޓަރ އޮފް ޑިފެންސް ކަމުގެ މަގާމަށް އަލްފާޟިލް...

ޔުމްނާ ޢަލީ
ސީނިއާ މިނިސްޓަރެއްގެ ފެންވަރުގައި އަދުރޭ އަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރުކަން

ސީނިއާ މިނިސްޓަރެއްގެ ފެންވަރުގައި އަދުރޭ އަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރުކަން

ޕީޕީލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަބުދުއްރަޙީމް އަބުދުﷲ (އަދުރޭ)، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެޑްވައިޒަރަކަށް ޢައްޔަނު ކުރައްވައިފިއެވެ. އަދުރޭ މި މަގާމަށް ޢައްޔަނުކޮށްފައި ވަނީ، ސީނިއާ މިނިސްޓަރެއްގެ ފެންވަރުގައެވެ. އަދުރޭ އަށް މަގާމުގެ ފަތްކޮޅު އެރުވީ، ރައީސް އޮފީހުގައި ކުރިއަށްދާ ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒެވެ.

ޔުމްނާ ޢަލީ
''ބޭރު ސިފައިން ނެތް ތަނަކަށް ރާއްޖެ ހަދާނަން، ޤައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް ނެތް''

''ބޭރު ސިފައިން ނެތް ތަނަކަށް ރާއްޖެ ހަދާނަން، ޤައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް ނެތް''

ދިވެހި ޤައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް ނެތްކަމަށާއި، ބޭރު ސިފައިން ނެތް ތަނަކަށް ރާއްޖެ ހައްދަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ދެއްވި ތަޤްރީރުގައި ވަރަށް ޖޯޝާއެކު އެމަނިކުފާނު ވިދާޅުވީ، ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށެވެ. އަދި އެމަނިކުފާނަކީ ދިވެއްސެއް ކަމަށާއި، އެމަނިކުފާނަށް ދިވެހި ރައްޔިތުން އަންނަނީ، ލިސްޓުގެ އެއްވަނައަށް، އެންމެ ފުރަތަ...

ޙުސައިން ޝަހުދީ