ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލްގެ މައްޗަށް އަށް ލައްކަ ރުފިޔާގެ ދަރަންޏެއް ސާބިތުވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދުގެ މައްޗަށް އަށް ލައްކަ ރުފިޔާގެ ދަރަންޏެއް ސާބިތުވެ، 15 ދުވަސް ތެރޭގައި އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. މެންބަރުގެ މައްޗަށް ސާބިތުވީ ތ. ކަނޑޫދޫ ސްކޫލްގެ ތިން ކްލާސްރޫމެއް އެޅުމުގެ މަޝްރޫއުގެ ސަބް-ކޮންޓްރެކްޓަރަށް އޭނާ ދޭން ޖެހޭ ފައިސާ ނުދީ އޮތުމުން އަރާފައިވާ ދަރަންޏެވެ. އެއީ 856،830 ރުފިޔާ އެވެ. މި މަޝްރޫއުއަކީ އިސްމާއިލްގެ ކުންފުންޏާ 2018 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން […]