ސަރުކާރުން ހަދިޔާ ކުރާ ކާޑު ގޭބިސީތަކަށް ބަހަން ފަށައިފި
ސަރުކާރުން ހަދިޔާ ކުރުމަށް ނިންމާފައިވާ ކާޑުގެ ބާވަތްތައް މާލޭގައި މިއަދު ބަހަން ފަށައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ރަމަޟާން މަހާ ދިމާކޮށް ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑޫ އަދި 10 ކިލޯ ފުށް ބަސްތާއެއް ހަދިޔާ ކުރަން ނިންމައިފައެވެ. މާލެ ސަރަހައްދުގައި ކާޑު ބަހާނީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. ކާޑު ދޫކުރާނީ ކަރަންޓު މީޓަރު ނަންބަރަކަށެވެ. ކާޑު ބަލާ ދާއިރުގައި އައިޑީ ކާޑް ނުވަތަ ޕާސްޕޯޓް ގެންދިއުމަކީ ވެސް […]