ރާއްޖޭގައި ޔޫ.އޭ.ވީ ސިފައިންގެ ޚިދުމަތަށް ތަޢާރުފުކޮށްފި
ދިވެހިރާއްޖޭގައި އަންމޭންޑް އޭރިޔަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތް ތަޢާރުފުކޮށްފިއެވެ. ދިވެހިރާއްޖޭގައި ޔޫއޭވީ ސިފައިންގެ ޚިދުމަތް ތަޢާރުފުކޮށްދެއްވީ، މާފަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފުން ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓަން ފެށްޓެވުމުގެ ޤަރާރުގައި ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސް ޑރ. މުޢިއްޒު ވަނީ...