ރަޝިއާ އަށް ދިން ޓެރަރިސްޓް ހަމަލާ ރާއްޖެ އިން ކުށްވެރިކޮށްފި
ރަޝިއާގެ ވެރިރަށް މޮސްކޯގައި ކުރިއަށް ގެންދިޔަ ކޮންސާޓަކަށް ރޭ ދިން ޓެރަރިސްޓު ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކްރޮކަސް ސިޓީ ކޮންސަޓް ހޯލަށް ދިން ޓެރަރިސްޓް ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. މި ހިތާމަވެރި ދަނޑިވަޅުގައި ރަޝިއާ ސަރުކާރަށާއި ރައްޔިތުންނަށާއި ހާއްސަކޮށް މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާ ކަމަށް ވެސް އެ ޕޯސްޓުގައި ޒަމީރު ވަނީ ވިދާޅުވެފައެވެ. Strongly condemn […]