ޒަޔާންގެ މަރުގެ ދައުވާއަށް އެންމެން އިންކާރު, ޝަރީއަތް ސިއްރު
އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ގޭންގަކުން ހަމަލާދީ މަރާލި މުހައްމަދު ޒަޔާންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި ހަތް މީހުން ވެސް އެ ދައުވާތަކަށް ޝަރީއަތުގައި އިންކާރުކޮށްފި އެވެ. ޖޫން, 2022 ގައި ހިންގި މި މަރުގެ މި މައްސަލާގައި ހަތަރު ކުޑަކުއްޖެއްގެ މައްޗަށް އަދި ހަތް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. ކުޑަކުދިންގެ މައްސަލަތައް ޖުވެނައިލް ކޯޓުން ބަލަމުންދާއިރު، ހަތް މީހުންގެ މައްސަލަ ބަލަނީ ކްރިމިނަލް ކޯޓުންނެވެ. ދެ ކޯޓުގައި ވެސް މައްސަލަ ގެންދަނީ ނޫސްވެރިންނާއި އާންމުންނަށް […]