ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގައި އެހީތެރިވި ފަރާތްތަކަށް ރައީސްގެ ޝުކުރު
1446 ވަނަ އަހަރުގެ ފިޠުރު ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ބައިވެރިވި ދަރުކާރުގެ އިދާރާތަކާއި ކުންފުނިތައް ހިމެނޭހެން އެންމެހާ ފަރާތްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޝުކުރު އަދާކުރައްވައިފިއެވެ. ރައީސް މުޢިއްޒު މި ޝުކުރު އަދާކުރެއްވީ މިއަދު ހެނދުނު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް، ޢީދު ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ބައިވެރިވި އެންމެހާ ފަރާތްތަކުގެ ބުރަ މަސައްކަތުގެ އަގު ވަޒަ...