މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,866 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 267 ވަނަ ޞަފްޙާ

ރައީސް، ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސް، ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ތަހުނިޔާ ފޮނުއްވައިފިއެވެ. މިއަދަކީ ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހެވެ. ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިފައިވަނީ 1892 ވަނަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތް ފެށިފައިވަނީ އޭގެ 40 އަހަރު ފަހުން 1933 މާރިޗު 29 ވަނަ ދުވަހުއެވެ. ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި […]

ޔުމްނާ ޢަލީ
ފުލުހުންގެ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ފުލުހުންގެ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ހުންނަ ފުލުހުންގެ މަރުކަޒުތަކުގައި ބާއްވާފައިވާއިރު، މާލޭގައި ބޭއްވި ރަސްމިއްޔާތު އޮތީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ކުރިމަތީގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙުސާނެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢ...

ޔުމްނާ ޢަލީ
ތައިލެންޑްގައި ތިބި ދިވެހިންގެ ހާލު ރަނގަޅު: ޚަލީލް

ތައިލެންޑްގައި ތިބި ދިވެހިންގެ ހާލު ރަނގަޅު: ޚަލީލް

ދެކުނު އިރުމަތީ އޭޝިޔާ ބައްރަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ތައިލެންޑްގައި ތިބި ދިވެހިންގެ ހާލު ރަނގަޅުކަމަށާއި، މިޔަންމާގައި ދިވެއްސަކު ހުރިކަމުގެ މަޢުލޫމާތެއް އަދި ލިބިފައިނުވާކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ. ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި، ތައިލޭންޑް އަދި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ދަނީ އެ ދެ ޤައުމުގެ ޙާލަތު ވަރަށް ގާތުން ބަލަމުންނެވެ. އަދި މިހާތަނަށް ފާހަގަކުރެވިފައިވާ ގޮތުގައި ތައިލޭންޑްގައި ތިބި ހުރިހާ ދިވެހިން...

ޔުމްނާ ޢަލީ
އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެއް ނޫން: މައުމޫން

އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެއް ނޫން: މައުމޫން

ހިޖުރީމަހެއް ފެށުމަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމު ނޫންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ. ޝައްވާލު މަހުގެ ހަނދު ބެލުން މިރޭ އޮންނާނެއެވެ. ހަނދު ސާބިތުކުރުމާމެދު ގޮތް ކަނޑައަޅާނީ އެކަމަށް ބާއްވާ ހަނދު ސާބިތުކުރުމުގެ ޖަލްސާގައެވެ. މިރޭ ހަނދު ބަލަން ތައްޔާރުވެފައިވާއިރު، ފަލަކީ އިލްމުގައި ވެސް ފާހަގަކޮށްލެވޭ ޢިލްމްވެރިޔާ، ކުރީގެ ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހިޖުރީމަހެއް ފެށުމަކަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާ...

ޔުމްނާ ޢަލީ
އޮރެންޖު ހިޔާ އަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

އޮރެންޖު ހިޔާ އަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ. 27 މާރިޗް 2027 ގައި “ރައްޔިތުންނާ އެކު” މި ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މިހާރު ތެލަސީމިއާ ސެންޓަރު ހިންގާ އިމާރާތުގައި އެކި ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވައި، އެ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާ “އޮރެންޖް ހިޔާ” ގެ މަސައްކަތުގެ، ބޮޑު ބައެއް އަދިވެސް ނުނިމޭތީއާއެކު، އަދި ކޮންޓްރެކްޓްވެސް ހަމަވާތީ މިމަހުގެ...

ޔުމްނާ ޢަލީ
އޯޓިޒަމް ދުވަހާ ގުޅުވައިގެން އިހަވަންދޫގައި ހިލޭ ސްކްރީނިން ކޭމްޕެއް

އޯޓިޒަމް ދުވަހާ ގުޅުވައިގެން އިހަވަންދޫގައި ހިލޭ ސްކްރީނިން ކޭމްޕެއް

އޯޓިޒަމް ދުވަހާ ގުޅިގެން، ބުލްބުލް ތެރަޕީ ސެންޓަރާއި ހއ.އިހަވަންދޫ ކައުންސިލުން ގުޅިގެން އިހަވަންދޫގައި ހިލޭ ސްކްރީނިން ކޭމްޕެއް ބާއްވަން ނިންމައިފިއެވެ. މި ސްކްރީނިން ކޭމްޕް ބާއްވަން ނިންމާފައި ވަނީ އޭޕްރީލް 3 އަދި 4 ވަނަ ދުވަހުއެވެ. މި ކޭމްޕުގެ ސްކޭން ކުރުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ، ބިހޭވިއާ އެންޑް ސައިކޮލޮޖީ، ސްޕީޗް ތެރަޕީ، އޮކިއުޕޭސަނަލް ތެރަޕީ އަދި ސްޕެސިއަލް އެޑިޔުކޭޝަން ތެރަޕީއެވެ. އިހަވަންދޫ ކައުންސިލުން ވަނީ މި ކޭމްޕާއި ގުޅޭ އިތުމައުލޫމާތު ބޭނުންނަމަ އަދި […]

އައިޝަތު އައިނީ އާމިރު
މިޔަންމާއަށް 7.6 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ

މިޔަންމާއަށް 7.6 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ

މިޔަންމާ އަށް 7.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން  ބުނެފިއެވެ. މެޓް އޮފީހުން ބުނިގޮތުގައި މިޔަންމާ އަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ މާލެ އާއި 3121 ކިލޯ މީޓަރު ދުރުންނެވެ. އެހެންކަމުން މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުނެއެވެ. ބައިނަލްއަގްވާމީ މީޑިއާ ބުނާގޮތުން މިޔަންމާއަށް މި ބިންހެލުމުގެ އަސަރު ވަނީ ވަށައިގެންވާ ޤައުމުތަކަށް އަސަރުކޮށްފައެވެ. މި ބިންހެލުމުގެ ސ...

ޔުމްނާ ޢަލީ
ރަމަޟާން މަހަށް ފަހު ހެޔޮއަމަލު ކުރުން މަތީ ދެމިތިބުމަށް ހުތުބާގައި ގޮވާލައިފި

ރަމަޟާން މަހަށް ފަހު ހެޔޮއަމަލު ކުރުން މަތީ ދެމިތިބުމަށް ހުތުބާގައި ގޮވާލައިފި

ރަމަޟާން މަހަށް ފަހު ވެސް ހެޔޮއަމަލު ކުރުން މަތީ ދެމިތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ. ހެޔޮއަމަލުތައް ކުރުން މަތީ ދެމިތިބުމަށް ނަސޭހަތްތެރިވަމުން މިއަދު ހުތުބާގައި ވިދާޅުވީ ރަމަޟާން މަސް އަހަރެމެންނާ އަލްވަދާއުކީ ނަމަވެސް އެ މަހުގެ ވެރި އިލާހު ދެމިވޮޑިގެންވާ ކަމަށާއި ފުރިހަމަ މުއުމިނަކު، ދުވަހަކު ވެސް ހެޔޮ އަމަލުކުރުމަކަށް އަލްވަދާއު ނުކިޔާނެއެވެ. “އަޅުކަންކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނޭ ކަމެއް ނޫން. ރަމަޟާންމަހުގެ ވެރި ﷲ އަކީ، އެހެނިހެން މަސްތަކުގެ ވެސ...

އިބްރާހިމް ޚަލީލް
ސްޓޫޑެންޓް ލޯނު އިސްލާމީ ހަމަތަކަށް ފައްތައި އިދާރީ ފީ ކަނޑާލަނީ

ސްޓޫޑެންޓް ލޯނު އިސްލާމީ ހަމަތަކަށް ފައްތައި އިދާރީ ފީ ކަނޑާލަނީ

އިސްލާމީ ޝަރީއަތާ އެއްގޮތަށް ސްޓޫޑެންޓް ލޯނުތައް ދޫކޮށް، ލޯނަށް ވުރެއް އިތުރަށް ފައިސާ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، “ޝަރީޢާ ކޮމްޕަޔަލަންޓް” ލޯނުތަކަކަށް ހެދުމަށް ބައެއް ފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެކަމަށެވެ. އެގޮތުގެ މަތ...

އައިޝަތު އައިނީ އާމިރު
ބޭންކުތަކަށް މިއަހަރު 150 މިލިއަން ޑޮލަރު މާރުކޮށްފި

ބޭންކުތަކަށް މިއަހަރު 150 މިލިއަން ޑޮލަރު މާރުކޮށްފި

މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް ބޭންކުތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވިގޮތުގައި މިއީ ކުރީގައި ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރަށްވުރެ 40 އިންސައްތަ އިތުރު އަދަދެކެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ “ރައްޔިތުންނާ އެކު” މި ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޑޮލަރު މާރުކުރުމަށް އޮތް ޤާނޫނާ އެއްގޮތަށް ގިނަ ފަރާތްތ...

ޔުމްނާ ޢަލީ
ޑިއުޓީ ފްރީ އިން ވަގަށް ސިނގިރޭޓް ނެރުނުކަމުގެ ތުހުމަތު ސިފައިންގެ މީހަކަށް

ޑިއުޓީ ފްރީ އިން ވަގަށް ސިނގިރޭޓް ނެރުނުކަމުގެ ތުހުމަތު ސިފައިންގެ މީހަކަށް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ ޑިއުޓީ ފްރީ ފިހާރައަކުން ގަވާއިދާ ހިލާފަށް ސިނގިރޭޓް ބޭރުކުރި މައްސަލާގައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މި މަހުގެ 21 ވަނަ ދުވަހު 15:55 ހާއިރު، ވީއައިއޭގެ ޑިއުޓީ ފްރީ ފިހާރައަކުން ގަވާއިދާ ހިލާފަށް ސިނގިރޭޓް ބޭރުކުރި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނިގޮތުގައި އެ މައްސަލާގައި އުމުރުން 23 އަހަރުގެ މުހައްމަދު އައިހަމް ގަސްކަރަ/ނ. ވެލިދޫ، ވަނީ ކޯޓު އަމުރެއްގެ ދަށުން 26 މާރިޗް 2025...

ޔުމްނާ ޢަލީ
ޒުވާން ޖީލު ދުންފަތުން ސަލާމަތްކުރުމަށް ''ޖެނެރޭޝަން ބޭން''އެއް ތަޢާރަފުކުރަނީ

ޒުވާން ޖީލު ދުންފަތުން ސަލާމަތްކުރުމަށް ''ޖެނެރޭޝަން ބޭން''އެއް ތަޢާރަފުކުރަނީ

ދިވެހި މުޖުތަމަޢު ދުންފަތާ ދުރުކުރުމަށްޓަކައި، ޚާއްޞަކޮށް ދުންފަތުގެ އިސްތިޢުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް “ޖެނެރޭޝަން ބޭން” ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. “ރައްޔިތުންނާ އެކު” މި ނަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މިއަދު ފައްޓަވާފައިވާއިރު، މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދުންފަތުގެ އިސްތިޢުމާލުކުރުން ކޮނ...

ޔުމްނާ ޢަލީ
ޝަމްއާން ބަންދުކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

ޝަމްއާން ބަންދުކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ. މިދިޔަ ހަފުތާގައި ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބިދޭސީއެއްގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ކަމަށް ތުހުމަތުކޮށެވެ. އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ޝަމްއާންގެ އިތުރުން އިތުރު ހަތަރު މީހަކު ވެސް އެ މައްސަލާގައި...

ހުސައިން ހަބީބް
''އިސްލާމްދީނުގައި ދަރުމަ ހޯދުމަށް ހުންނަ ކަންކަމަށް ފަހިކޮށްދިނުމަކީ ޒިންމާއެއް، ފަޚުރެއް''

''އިސްލާމްދީނުގައި ދަރުމަ ހޯދުމަށް ހުންނަ ކަންކަމަށް ފަހިކޮށްދިނުމަކީ ޒިންމާއެއް، ފަޚުރެއް''

އިސްލާމްދީނުގައި ސަވާބާއި ދަރުމަ ހޯދުމަށް ހުންނަ ކަންކަމަށް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް އަދި ފަޚުރެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. “ރައްޔިތުންނާ އެކު” މި ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރަމަޟާން މަހުގެ ފަހު ދިހައެއް ސަރުކާރުން ބަންދުކުރެއްވީ، އިސްލާމްދީނުގައި ސަވާބާއި ދަރުމަ ހޯދުމަށް ހުންނަ ކަންކަމަށް ރައްޔިތުންނަށް މަގުފަހިކޮށްދެއްވުމަށްކަމަށެވެ. “ސަތޭކަ...

ޔުމްނާ ޢަލީ
''ތެލަސީމިއާ ސެންޓަރަށް ވަސީލަތް ހަމަޖައްސުމާއި، ބެލެނިވެރިން އެދުނުކަންކަން މިދަނީ ގާތުން ބަލަމުން''

''ތެލަސީމިއާ ސެންޓަރަށް ވަސީލަތް ހަމަޖައްސުމާއި، ބެލެނިވެރިން އެދުނުކަންކަން މިދަނީ ގާތުން ބަލަމުން''

ތެލަސީމިއާ ސެންޓަރަށް ބޭނުންވާ ވަސީލަތްތައް ހަމަޖެއްސުމާއި، ބެލެނިވެރިން އެދުނު ކަންކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. “ރައްޔިތުންނާ އެކު” މި ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ތެލަސީމިއާ ސެންޓަރަކީ ތެލަސީމިއާ ކުދިންނާ ވީހާވެސް ގާތްކޮށް، އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދޭ ތަނަކަށް ހެއްދެވުމަށް ބޭނުންފުޅުވާ ކަމަށެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތ...

ޔުމްނާ ޢަލީ