އިސްލާމީ އެހެންޤައުމަކަށް މިރޭ ހަނދުސާބިތު ވެގެން ރާއްޖެއަށް ހަނދުލައްވައިފިނަމަ މާދަމާ ވާނީ އީދަށްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މައުމޫން ކުރިން ވިދާޅުވެފައިވާ ގޮތުގައި މާރިޗު 30 ވާ އާދީއްތަ ދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަހަށް ވާނެކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވެއެވެ.

Ad
rt

ފަލަކީ އިލްމުގައި ވެސް ފާހަގަކޮށްލެވޭ ޢިލްމްވެރިޔާ، ކުރީގެ ރައީސް މައުމޫން މިއަދު ވިދާޅުވީ، ބަރާބަރު ފަލަކީހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަށް އިރާއިހަނދު އޮއްސެނީ އެއްވަގުތެއްގައެވެ. އެއީ 18 ގަޑި 14 މިނެޓުގައިކަމަށް މައުމޫން ވިދާޅުވިއެވެ.

''ވީމާ އިރު އޮއްސުމަށްފަހު އުދަރެހުގައި ހަނދެއް ނުހުންނާނެއެވެ. އަދި މާދަމާވާނީ ރަމަޟާން ތިރީހަށެވެ. އެހެންނަމަވެސް އިސްލާމީ އެހެންޤައުމަކަށް މިރޭ ހަނދުސާބިތު ވެގެން ރާއްޖެއަށް ހަނދުލައްވައިފިނަމަ މާދަމާ ވާނީ އީދަށެވެ.'' މައުމޫން ވިދާޅުވެފަވެއެވެ.

އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެއް ނޫން: މައުމޫން

މީގެ އިތުރުން ހިޖުރީމަހެއް ފެށުމަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމު ނޫންކަމަށް ވެސް މައުމޫން ވަނީ ވިދާޅުވެފައެވެ.

މައުމޫން ވިދާޅުވެފައިވާ ގޮތުގައި ރު އޮއްސުމަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދު ނޯއްސި ހުރިކަން ހިސާބުން ސާބިތުވާނަމަ އާމަހެއް ފެށުނީއެވެ.