ބޭރުގައި ކިޔަވާ ކުދިންނަށް ފަސޭހަކޮށް ދިނުމަށް ޚާއްސަ ވަޓްސްއަޕް ނަންބަރުތަކެއް
ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ފަސޭހަކޮށްދިނުމަށް އެ ކުދިން ތިބޭ ޤައުމުތަކަށް ޚާއްޞަ ވަޓްސްއަޕް ބިޒްނަސް ނަންބަރުތަކެއް ހަމަޖައްސަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް، ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއިން ބޭރަށ...