މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,866 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 263 ވަނަ ޞަފްޙާ

ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓް ޕްރޮގްރާމް އިއުލާން ކޮށްފި

ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓް ޕްރޮގްރާމް އިއުލާން ކޮށްފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން (އެމްޕީއޭއޯ) 2025 ވަނަ އަހަރަށް ސީއެސްއާރު ގްރާންޓް ޕްރޮގްރާމް އިއުލާން ކޮށްފިއެވެ. މި ޕްރޮގްރާމަކީ އެ އޮފީހުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން މުޖުތަމައުގެ ބޭނުންތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ އިޖްތިމާއީ ދުޅަހެޔޮކަމާއި، ތިމާވެށި ދެމެހެއްޓުމާއި، އިޤްތިޞާދީ ކުރިއެރުމާއި އަދި މުޖުތަމައު ބާރުވެރިކުރުވުމަ...

އަލީ އާދިލް
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ޕީޖީގެ ދެ ވަކީލަކު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ޕީޖީގެ ދެ ވަކީލަކު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (ޕީޖީ) ގެ ދެ ވަކީލަކު ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ސަސްޕެންޑުކޮށް ފުލުހުންގެ ތަޙުޤީޤަށް ހުށަހަޅައިފި އެވެ. ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ އޮފީހުގެ ދެ ޕްރޮސިކިއުޓަރަކު ޖިންސީ ފުރައްސާރަކުރުމާއި އަޚްލާޤީ މިންގަނޑާ ޚިލާފުވުމުގެ ތުހުމަތުގައި ސަސްޕެންޑުކޮށް، މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ ބަލަމުން ގެންދަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔ...

އަލީ އާދިލް
ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް "ޖެނެރޭޝަނަލް ބޭން" 2007 އިން ފެށިގެން

ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް "ޖެނެރޭޝަނަލް ބޭން" 2007 އިން ފެށިގެން

ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް “ޖެނެރޭޝަނަލް ބޭން” ތަޢާރަފްކޮށްފި އެވެ. ރައީސް އޮފީހުން މިއަދު “ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް” އިޢުލާނުކުރަމުން ވިދާޅުވީ، ދިވެހިރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށްޓަކައި “ޖެނެރޭޝަނަލް ބޭން” އެއް ތަޢާރަފްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މި ނިންމުމުގެ ދަށުން، 2007 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ހުރިހާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި،...

އަލީ އާދިލް
ފިޔޯރީގައި ޒުވާނަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

ފިޔޯރީގައި ޒުވާނަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

ގދ.ފިޔޯރީގައި ރޭ ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. ރޭ ދަންވަރުގެ ވަގުތެއްގައި ނިޔާވެފައިވަނީ މުހައްމަދު ނަޒުމީއެވެ. އޭނާ ނިޔާވިއިރު އުމުރަކީ 23 އަހަރެވެ. ނަޒުމީ ނިޔާވުމާއި ގުޅިގެން މިއަދު ފެނަކައިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ ކުންފުނީގެ ގދ.ފިޔޯރީ ބްރާންޗުގެ ސުޕަވައިޒަރެއްގެ މަގާމުގައި ހިދުމަތް ކުރައްވަމުން ގެންދެވި މުހައްނަދު ނަޒުމީ ނިޔާވެފައިވާ ކަމަށެވެ. މި ހިތާމަވެރި ދަނޑިވަޅުގައި އެ ކުންފުނިން ވަނީ އާއިލާއަށް ލިބިފައިވާ ފުން ހިތާމައިގާ ބައިވެރިވެ ޢާއިލާއަށް ތަޢުޒިޔާ ދަންނ...

އިބްރާހިމް ޚަލީލް
ތުރުކީ ވިލާތުން ދިވެހިރާއްޖެއަށް އަސްކަރީ މަނަވަރެއް ހަދިޔާކުރަނީ

ތުރުކީ ވިލާތުން ދިވެހިރާއްޖެއަށް އަސްކަރީ މަނަވަރެއް ހަދިޔާކުރަނީ

ތުރުކީ ވިލާތުން ހިލޭ އެހީގެގޮތުގައި ދިވެހިރާއްޖެއަށް ޑޯގަން ކްލާސް މަނަވަރެއް ހަދިޔާ ކުރުމަށް ނިންމަވާފައިވާކަމަށް ދިފާއީ ވުޒާރާއިން ބުނެފިއެވެ. ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ މި މަނަވަރަކީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑު ދެގުނަ ކުރައްވައި، ޤާބިލްކަން އިތުރުކުރެއްވުމުގެ ގޮތުން ރައީސް ޑރ.މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާޞިލްވުމަށްޓަކައި، ރަޙުމަތްތެރި ޤައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ތުރުކީ ވިލާތުން ވެދޭ...

އައިޝަތު އައިނީ އާމިރު
ފޭދޫ ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ

ފޭދޫ ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ

އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 36 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 19:29 ހާއިރު ސައިކަލަކާއި ކާރެއް ޖެހިގެންކަމަށް ފުލުހުން މީޑިއާތަކަށް މަޢުލޫމާތުދީފައިވެއެވެ. ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، މި އެކްސިޑެންޓުގައި ސައިކަލު ދުއްވަމުން ދިޔަ ފޭދޫ / އުލްފަތު އިބްރާހިމް ސިޔާދު (36 އަހަރު) ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އޭނާ ވަގުތުން ސިއްޙީ މަރުކަޒަށް ގެންދެވުނު އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްޙީ މަރުކަޒުން ފުލުހުންނަށ...

އަލީ އާދިލް
އައިޔޫއެމްގެ ސަނާބިލް ޢިމާރާތުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

އައިޔޫއެމްގެ ސަނާބިލް ޢިމާރާތުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ އާމްދަނީ އިތުރުކުރުމަށް އަޅާ ސަނާބިލް ޢިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މިއަދު ހަވީރު ބޭއްވުނު މި ރަސްމިއްޔާތު އޮތީ ސަނާބިލް ބިލްޑިންގ ކޮންސްޓްރަކްޝަން ސައިޓް (ލޮޓް ނަންބަރު 11528) ގައެވެ. ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ އިމާރާތުގެ ބިންގާ އެޅުމުގެ ގޮތުން ކޮންކްރީޓް އަޅުއްވައިދެއްވާފައެވެ. ސަނާބިލް މަޝްރޫޢަކީ އައިޔޫއެމްއަށް ދެމެހެއްޓެނިވި ގޮތ...

ޔުމްނާ ޢަލީ
އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

ލާމު ލިންކް ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 30 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 2025 އޭޕްރިލް 12 ވަނަ ދުވަހުގެ ފަތިހު 1:40 ހާއިރުއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ލ. މާންދޫ ބެންޑު ސަރަޙައްދުގައެވެ. އެކްސިޑެންޓްގައި އަނިޔާވި ފަރާތަކީ ލ. މާބައިދޫ، ސޫރަޖް ވިލާ، އިބްރާހިމް ނައުޒަމް (30 އަހަރު) އެވެ. އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސްގެންނެވެ. އަނިޔާވި ފަރާތް ވަގުތުން ހޮސްޕިޓަލަށް...

ޔުމްނާ ޢަލީ
ޕައިލެޓްކަން ކިޔަވަން ފިލިޕީންސްގައި ހުރި ހަނިމާދޫ ކުއްޖަކަށް އަނިޔާވެގެން ފަރުވާދެނީ

ޕައިލެޓްކަން ކިޔަވަން ފިލިޕީންސްގައި ހުރި ހަނިމާދޫ ކުއްޖަކަށް އަނިޔާވެގެން ފަރުވާދެނީ

ޕައިލެޓްކަން ކިޔަވަން ފިލިޕީންސްގައި ހުރި ހދ. ހަނިމާދޫ ކުއްޖަކަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް މައުލޫމާތު ލިބިއްޖެއެވެ. އަނިޔާވެފައި ވަނީ ހދ. ހަނިމާދޫ/ފަހި ރޯދި، އަބުދުލް މާނިއު އަށެވެ. މާނިއުގެ ޢާއިލާގެ ފަރާތުން ”ތިލަދުން” އަށް މައުލޫމާތު ދިން ގޮތުގައި މާނިއުއަށް ލިބުނު އަނިޔާގައި ޒަޚަމްވެގެން މިހާރު އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. ޓެސްޓްތަކެއް ހެދުމަށްފަހު ސާޖަރީއަކަށް ތައްޔާރުވަމުން އަންނަކަމަށް ވެސް މައުލޫމާތު ލިބެއެވެ. މާނިއުއަށް އަނިޔާވެ ޒަޚަމްވީ ޓްރެއިނި...

ޔުމްނާ ޢަލީ
ތިބާއަށް ކުޅަދާނަވީ ކޮންމެ ގޮތަކުން ވެސް ފަލަސްޠީނަށް އެހީތެރިވާށެވެ: މުފްތީ

ތިބާއަށް ކުޅަދާނަވީ ކޮންމެ ގޮތަކުން ވެސް ފަލަސްޠީނަށް އެހީތެރިވާށެވެ: މުފްތީ

އިސްރާއީލޭ ކިޔުނު ޔަހޫދީ ޖަމާއަތުން ފަލަސްތީނުގެ މުސްލިމް އާބާދީ ނެތިކޮށްލަން ދަނީ ހުއްޓުމެއްނެތި ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ. އިސްރާއީލްގެ އަނިޔާވެރިކަމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ވާގިވެރިވަމުން އަންނައިރު، މުސްލިމް ޤައުމުތައް ވަނީ އިސްރާއީލާއި ކުރިމަތި ލުމަށް ފަސްޖެހިފައެވެ. މަދު އިސްލާމީ ޖަމާއަތެއް މެނުވީ އިސްރާއީލާއި ދެކޮޅަށް ތެދުވަން ކެރިފައެއްނުވެއެވެ. އިސްރާއީލްގެ ރަހުމެތްނެތް އަނިޔާގައި ކޮންމެ ދުވަހަކު ޣާއްޒާގެ އެތައް މުސްލިމުންނެއް ދަނީ ޝަހީދު ކުރަމުންނެވެ. ކުޑަކުދިންނާއި، އ...

ޔުމްނާ ޢަލީ
މުލީއާގޭ ބަޖެޓުން ކޮށްފައިވާ ޚަރަދެއް ކަމަށް ބުނެ ފަތުރަނީ ބުހުތާނު ދޮގެއް: އިޤްބާލް

މުލީއާގޭ ބަޖެޓުން ކޮށްފައިވާ ޚަރަދެއް ކަމަށް ބުނެ ފަތުރަނީ ބުހުތާނު ދޮގެއް: އިޤްބާލް

ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަކޮށްފައިވާ ގެކޮޅު، މުލީއާގޭ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ކޮށްފައިވާ ޚަރަދެއް ކަމަށް ބުނެ ފަތުރަނީ ބުހުތާނު ދޮގެއްކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އިޤްބާލް އާދަމް މިއަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގެ ކަންކަން އިސްކޮށް ބަލަހައްޓަވާ އިޤްބާލް މިހެން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ވަޒީރު ވިދާޅުވެފައިވާގޮތުގައި ތޭރަ އޮންލައިންގެ ފަރާތުން 2025 އޭޕްރީލު 11ވަނަ ދުވަހު މުލީއާގޭ ބަޖެ...

ޔުމްނާ ޢަލީ
ހުޅުމާލޭގައި ދެ ބިދޭސީންގެ މެދުގައި މާރާމާރީއެއް

ހުޅުމާލޭގައި ދެ ބިދޭސީންގެ މެދުގައި މާރާމާރީއެއް

މިރޭ ހުޅުމާލޭގެ ފޭސް 1 ގައި ހުންނަ ކެފޭއެއްގައި ދެ ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިނގައިފި އެވެ. ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި، މި މާރާމާރީ ހިނގާފައިވަނީ ނެޕާލް އަދި ބަންގްލަދޭޝްގެ ދެ ފިރިހެނެއްގެ މެދުގައެވެ. މި ހާދިސާގައި ބަންގްލަދޭޝްގެ މީހާއަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް، އެއީ ސީރިއަސް އަނިޔާއެއް ނޫން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މި މައްސަލައާ ގުޅިގެން ނެޕާލްގެ މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވިފައި...

އަލީ އާދިލް
ޓެމޫގެ ނަމުގައި އޮންލައިން ސްކޭމްތައް އިތުރުވަމުންދާތީ ސަމާލުވާން އެދެފި

ޓެމޫގެ ނަމުގައި އޮންލައިން ސްކޭމްތައް އިތުރުވަމުންދާތީ ސަމާލުވާން އެދެފި

އޮންލައިން ޝޮޕިންގ ޕްލެޓްފޯމް ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތަކުގެ އަދަދު އިތުރުވަމުންދާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ފާހަގަ ކުރެވިފައިވާތީ އާންމު ރައްޔިތުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފިއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، މި ސްކޭމްތަކުގައި ހިމެނެނީ ސައްހަނޫން ވެބްސައިޓްތައް ހެދުމާއި، ފިޝިންގ މެސެޖްތައް ފޮނުވުމާއި، އަދި މި ލިންކްތައް މެދުވެރިކޮށް ޕޭމަންޓް މައުލޫމާތު ހޯދުން ފަދަ ކަންކަމެވެ. މީގެ ތެރޭގައި ފިޝިންގ މެސެޖްތަކާއި އީމެއިލްތައް، ކްރެޑިޓް ކާޑު ސްކޭމްތައް، އަދި 2-ޑީ ކާޑު...

އިބްރާހިމް އަސްވާޤް
މުޝްފިޤުގެ މައްޗަށް ކުރެވޭ ކަށުނަމާދު އަންނަ ހުކުރު ދުވަހު ބޭއްވުމަށް މަސައްކަތް ކުރަނީ

މުޝްފިޤުގެ މައްޗަށް ކުރެވޭ ކަށުނަމާދު އަންނަ ހުކުރު ދުވަހު ބޭއްވުމަށް މަސައްކަތް ކުރަނީ

މާލެއަށް ދަތުރުކުރަނިކޮށް ރޯވި “ހޮޅުދޫ ބޯޓު” އިން މިދިޔަ ހަފުތާގައި ގެއްލުނު އަލީ މުޝްފިގު މުހައްމަދު ޝަރީފުގެ މައްޗަށް ކުރެވޭ ކަށުނަމާދު އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް މަސައްކަތްކުރަށްވަމުން ގެންދަވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. މުޝްފިގުގެ މައްޗަށް އޭނާގެ އުފަން ރަށް، ލ. މާވަށުގައި މިއަދު ޣައިބަށް ކަށުނަމާދުކުރަން ކުރިން ނިންމިނަމަވެސް އޭނާގެ މައްޗަށް މިއަދު ކަށުނަމާދު ނުކުރާކަމަށް ވަޒީރު ވިދާޅު...

ޔުމްނާ ޢަލީ
ޤާސިމްގެ އެހީގައި މާމިގިލީގައި އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ޤާސިމްގެ އެހީގައި މާމިގިލީގައި އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ވިލާ ފައުންޑޭޝަންގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލިސް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ އެހީގައި އދ.މާމިގިލީގައި އަޅާ ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް އެތަނުގެ ބިންގާ އިއްޔެ އަޅައިފިއެވެ. މިކަމަށް މާމިގިލީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރައްވައި، ބިންގާ އަޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. ވިލާ ފައުންޑޭޝަންގެފަރާތުން މި އެއްބަސްވުމު...

ޔުމްނާ ޢަލީ