މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,866 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 261 ވަނަ ޞަފްޙާ

އެމްޑީޕީ އާއި ފައްޔާޒުގެ މައްޗަށް ވެސް ރައީސްގެ އަނބިކަނބަލުންގެ ފަރާތުން ދައުވާކޮށްފި

އެމްޑީޕީ އާއި ފައްޔާޒުގެ މައްޗަށް ވެސް ރައީސްގެ އަނބިކަނބަލުންގެ ފަރާތުން ދައުވާކޮށްފި

އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލާ ގުޅުވައިގެން އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތުން ދައުވާކޮށްފި އެވެ. ވޭޕް މަނާކުރަން ސަރުކާރުން ނިންމި ނިންމުމާ ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދުއާ ގުޅުވައިގެން އެމްޑީޕީގެ މުޒާހަރާއެއްގައި މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް އަބުރުގެ ދައުވާކޮށް, ފަސްޓްލޭޑީގ...

ހުސައިން ހަބީބް
ޑީއާރުޕީގެ ދަރަނީގެ މައްސަލާގައި އެމްޓީސީސީން މައުމޫނާ ދެކޮޅަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި

ޑީއާރުޕީގެ ދަރަނީގެ މައްސަލާގައި އެމްޓީސީސީން މައުމޫނާ ދެކޮޅަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން އެމްޓީސީސީއަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާގެ ދަރަންޏަށް އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވަން އެމްޓީސީސީން އެމަނިކުފާނާ ދެކޮޅަށް ކުރި ދައުވާ އެ ކުންފުނިން އަނބުރާ ގެންގޮސްފި އެވެ. ޑީއާރުޕީން 2007 ވަނަ އަހަރު ހޯދި ހިދުމަތްތަކަށް އެމްޓީސީސީއަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ އެ ޕާޓީން ނުދައްކާ އޮއްވާ އެ ޕާޓީ އުވާލުމުން އެމްޓީސީސީން ދައުވާކުރީ ޕާޓީގެ އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫން އެ […]

ހުސައިން ހަބީބް
މާލޭގައި ނޭޕާލު މީހަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި

މާލޭގައި ނޭޕާލު މީހަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި

މާލޭގައި ނޭޕާލު މީހަކަށް ވަޅިން ހަމަލާދީ ރޭ ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ބުނިގޮތުގައި މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް އެ އިދާރާއަށް ރިޕޯޓްކޮށްފައި ވަނީ ރޭ 11:58 ހާއިރުއެވެ. މި މާރާމާރީ ހިނގާފައިވަނީ މާލޭގެ ކުރިކީލަ މަގުގައެވެ. ފުލުހުންގެ ޚިދުމަތުން ބުނާ ގޮތުގައި މި މާރާމާރީގައި އަނިޔާވެފައިވަނީ ނޭޕާލުގެ ފިރިހެނެކެވެ. އޭނާއަށް ލިބުނު އަނިޔާ އަށް ފަރުވާދިނުމަށްޓަކައި އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހޮސްޕިޓަލުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުނ...

ޔުމްނާ ޢަލީ
ފެނަކައިގެ ޕެޓީކޭޝް ފައިސާ ނަހަމަގޮތުގައި ބޭނުންކުރި މައްސަލަ ޕީޖީ އޮފީހަށް

ފެނަކައިގެ ޕެޓީކޭޝް ފައިސާ ނަހަމަގޮތުގައި ބޭނުންކުރި މައްސަލަ ޕީޖީ އޮފީހަށް

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ސައިޓުތަކަށް ދޫކުރެވިފައިވާ “ޕެޓީކޭޝް” ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލައެއްގައި ދަޢުވާކޮށްދިނުމަށް އެދި 10 އެޕްރީލް 2025 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން މަޢުލޫމާތު ދީފިއެވެ. މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު ސާތިޝް ސަޢީދު (ހަސީނީވިލާ، ސ.ފޭދޫ)، ކުރީގެ ސީނިއަރ އިންޖިނިއަރ މުޙައްމަދު ޢާޞިދު (ނިރޮޅުމާގެ، ތ.ތ...

އަލީ އާދިލް
ޚަލީލް އާއި ސަޢީދު ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފި

ޚަލީލް އާއި ސަޢީދު ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އާއި އިޤްތިޞާދީ އަދި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު މިއަދު އިސްތަންބުލްގައި ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފިއެވެ. ތުރުކީގެ ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑް (ޑީ.އީ.އައި.ކޭ) އިން އިންތިޒާމްކޮށްގެން ބޭއްވި މި ބައްދަލުވުމުގައި ޑީ.އީ.އައި.ކޭގެ ޗެއަރމަން އަދި ތުރުކީ-އޭޝިއާ ޕެސިފިކް ބިޒްނަސް ކައުންސިލްގެ ރައީސް، ނާއިލް އޮލްޕަކް އިސްވެ ހުންނެވިއެވެ. މި ބައްދަލުވުމުގައި ތުރުކީގެ އެކި ދާއިރާތަކުގެ ފާހަގަކޮށްލެވޭ ވިޔަފާރިވެރިން ބައިވެރިވެ ވަޑައިގެނ...

ޔުމްނާ ޢަލީ
މާނަވީ ގޮތެއްގައި ޤުރުއާނާ ގާތްވުމަށް ޤުރްއާނުގެ އިރުޝާދަށް ސަމާލުކަން ދޭންޖެހޭ: ސާޖިދާ

މާނަވީ ގޮތެއްގައި ޤުރުއާނާ ގާތްވުމަށް ޤުރްއާނުގެ އިރުޝާދަށް ސަމާލުކަން ދޭންޖެހޭ: ސާޖިދާ

މާނަވީ ގޮތެއްގައި ކީރިތި ޤުރުއާނާ ގާތްވުމަށްޓަކާ ކީރިތި ޤުރުއާން ތަޖުވީދުމަގުން ރީތިކޮށް ކިޔަވަން ސަމާލުކަން ދޭ ފަދައިން ކީރިތި ޤުރްއާނުގެ އިރުޝާދަށް އަމަލުތައް ބައްޓަންކުރަން އަބަދުވެސް ސަމާލުކަން ދޭން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިރޭ ތާޖުއްދީން ސުކޫލުގައި ބޭއްވި އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުޢާން މުބާރާތް 1446ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ވާ...

ޔުމްނާ ޢަލީ
އެކްސިޑެންޓެއްގައި 6 އަހަރުގެ ކުޑަކުއްޖަކަށް އަނިޔާވެއްޖެ

އެކްސިޑެންޓެއްގައި 6 އަހަރުގެ ކުޑަކުއްޖަކަށް އަނިޔާވެއްޖެ

މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި 6 އަހަރުގެ ކުޑަކުއްޖަކަށް އަނިޔާވެގެން ފަރުވާދެމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު 5:53 ހާއިރު ހުޅުލެ ސީޕްލޭން ޓަރމިނަލް ސަރަޙައްދުން ނުކުމެ ހައިވޭއިން ދިޔަ ވޭނަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓްގައި ސައިކަލުގައި އިން 6 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެފައިވާ ކަމަށާއި، މި ވަގުތު އެ ކުއްޖާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން...

ޔުމްނާ ޢަލީ
14 އަހަރުގެ ކުއްޖަކަށް ބަރަހަނާ މަންޒަރާއި ޖިންސީ ގުނަވަން ދެއްކިކަމަށް ބުނާ މައްސަލައެއް ބަލަނީ

14 އަހަރުގެ ކުއްޖަކަށް ބަރަހަނާ މަންޒަރާއި ޖިންސީ ގުނަވަން ދެއްކިކަމަށް ބުނާ މައްސަލައެއް ބަލަނީ

ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ، ލ) ގައި ހިމެނޭ ރަށެއްގައި 14 އަހަރުގެ ކުއްޖަކަށް ފޯނުން ބަރަހަނާ ފޮޓޯއާއި ވީޑިއޯ އަދި ޖިންސީ ގުނަވަން ދެއްކިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 2022 ޖެނުއަރީ 22 ވަނަ ދުވަހު ހުށަހަޅާފައިވާ މި މައްސަލައިގެ ތަޙުޤީޤުގައި، މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފޮރެންސިކް ތަޙުލީލުތައް ކޮށް އަދި 6 މީހެއްގެ […]

ޔުމްނާ ޢަލީ
ޗައިނާގެ ބާޒާރަށް ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ވިއްކުމަށް މަގުފަހިކުރުމަށް މަޝްވަރާތަކެއް

ޗައިނާގެ ބާޒާރަށް ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ވިއްކުމަށް މަގުފަހިކުރުމަށް މަޝްވަރާތަކެއް

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް ވިއްކުމަށް މަގުފަހިކުރުމަށްޓަކައި ޗައިނާގެ އިސް ވިޔަފާރިވެރިންގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް، ސަރުކާރުގެ އިސް ފަރާތްތަކާއެކު މަޝްވަރާތަކެއް ފަށައިފިއެވެ. އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި ޗައިނާ ޗެމްބަރ އޮފް ކޮމާސް އޮފް ފުޑްސްޓަފްސް އެންޑް ނޭޓިވް ޕްރޮޑިއުސް (ސީއެފްއެންއޭ) ގެ ވަފުދެއް ވަނީ ރާއްޖެއަށް ޒިޔާރަށްކޮށް މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއާއި ޗ...

ޔުމްނާ ޢަލީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލާގައި ޖަވާބުދާރީވާން އދ. އިން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލާގައި ޖަވާބުދާރީވާން އދ. އިން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑުކުރުމާ ގުޅިގެން އދ. އަށް ހުށަހެޅި މައްސަލާގައި ޖަވާބުދާރީވާން އދ. އިން އަންގައިފި އެވެ. މިދިޔަ ފެބްރުއަރީ މަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފަ އެވެ. އޭގެ ތެރެއިން ފަނޑިޔާރު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އެ މައްސަލަ އދ. ގެ ސަމާލު ކަމަށް ގެނެސްފަ އެވެ. […]

ހުސައިން ހަބީބް
މަދީނާގެ ޙަރަމްފުޅުގެ އިމާމް ޑރ. ޞަލާޙުލްބުދައިރު ރާއްޖެ ވަޑައިގަންނަވަނީ

މަދީނާގެ ޙަރަމްފުޅުގެ އިމާމް ޑރ. ޞަލާޙުލްބުދައިރު ރާއްޖެ ވަޑައިގަންނަވަނީ

މަދީނާގެ ޙަރަމްފުޅުގެ އިމާމް އަދި ޚަޠީބު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ހުއްދަ ދެއްވައިފިއެވެ. މިކަން ހާމަކުރަށްވައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވިގޮތުގައި، އިމާމްގެ މި ދަތުރުފުޅަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެ...

ޔުމްނާ ޢަލީ
އިސްރާއީލުގެ ޕާސްޕޯޓު މަނާކުރި ބިލު ތަސްދީޤު ކުރައްވައިފި

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރި ބިލު ތަސްދީޤު ކުރައްވައިފި

ފަލަސްތީނުގެ މުސްލިމުންނަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި އަމަލުތައް ހުއްޓަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރަށްވައިފިއެވެ. މިއީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. ރައީސް މި ބިލު ތަސްދީގުކުރަށްވާފައި މި ވަނީ މަޖިލީހުގެ ތަޅުމުން ބިލު ފާސްކުރިތާ މަދު ގަޑިތަކެއްގެ ތެރޭގައެވެ. މި ބިލަކީ، އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހި...

ޔުމްނާ ޢަލީ
ތުރުކީގައި ގާއިމުކުރި ދިވެހި އެމްބަސީ ރަސްމީކޮށް ހުޅުވައިފި

ތުރުކީގައި ގާއިމުކުރި ދިވެހި އެމްބަސީ ރަސްމީކޮށް ހުޅުވައިފި

ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ތުރުކީވިލާތުގައި ދިވެހި އެމްބަސީއެއް ޤާއިމުކޮށް، އެތަން ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި އެމްބަސީގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވީ، އެމްބަސީގައި ބޭއްވި ޚާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތެއްގައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި، ތުރުކީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް މެހްމެތް ނޫރީ އެރްސޮއި އަދި ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. މި ތާރީޚީ ފެށުމާއި ގު...

ޔުމްނާ ޢަލީ
އެޗްޑީސީގެ ބޯޑަށް މެމްބަރަކު އައްޔަނުކޮށްފި

އެޗްޑީސީގެ ބޯޑަށް މެމްބަރަކު އައްޔަނުކޮށްފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް އާ މެމްބަރަކު އައްޔަނުކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނިގޮތުގައި އެ މަގާމަށް ޢައްޔަނުކޮށްފައި ވަނީ މ. ބްލޫނައިލް، އިބްރާހިމް ޠަޢާމު މުޙައްމަދު އެވެ. އޭނާ އެޗްޑީސީގެ ބޯޑަށް ހަމަޖެއްސީ މިއަދުއެވެ. އޭނާ އެޗްޑީސީގެ ބޯޑަށް އައު މެމްބަރަކު ޢައްޔަނުކޮށްފައި މި ވަނީ އެ ބޯޑުގެ މެމްބަރުކަމުގައި ކުރިން ހުންނެވި ހއ. ފިއްލަދޫ، މަބުސްތާނު ގެ، މުޙައްމަދު ވަހީދު 6...

ޔުމްނާ ޢަލީ
ޓިކްޓޮކުން އާމްދަނީ ލިބޭނެ ފުރުސަތުތައް ފަހިކޮށްދޭން މަޝްވަރާކޮށްފި

ޓިކްޓޮކުން އާމްދަނީ ލިބޭނެ ފުރުސަތުތައް ފަހިކޮށްދޭން މަޝްވަރާކޮށްފި

މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގެ ޒަރީއާއިން ދިވެހިންނަށް އާމްދަނީ ލިބޭނެ ފުރުސަތުތައް ފަހިކޮށްދޭން މަޝްވަރާކޮށްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިހެން ބުނީ، ޓިކްޓޮކްގެ އިސް ބޭފުޅުންގެ ވަފުދަކާއެކު މިއަދު އެ ވުޒާރާގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. އެ ވުޒާރާއިން ބުނިގޮތުގައި ޓިކްޓޮކް ކުންފުނީގެ އިސް ބޭފުޅުންގެ ވަފުދެއް މިއަދު ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް،...

ޔުމްނާ ޢަލީ