ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ބަލާ މައްސަލައިގެ ތަހުގީގު ނިންމައި ރިޕޯޓް ޖޭއެސްސީއަށް
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާއި ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދިޔަ މައްސަލައިގެ ތަހުގީގު ނިންމައި، ތަހުގީގު ކޮމެޓީގެ ރިޕޯޓް ކޮމިޝަނަށް ހުށަހަޅައިފިއެވެ. މި މައްސަލައިގައި ހިމެނެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ޖޭއެސްސީން މި ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ބަލަމުންދިޔަ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރުމާ ގުޅިގެން، އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން...