133 ވަނަ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި ބޭއްވާފައިވާއިރު، މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 49 ސިފައިންނަށް ރައީސްގެ މެޑެލި ދެއްވާފައެވެ. ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސް މުޢިއްޒެވެ. އަދި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އާއި ވަޒީރުންނާއި ސަރުކާރުގެ ވެރިން ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމި...
ޔުމްނާ ޢަލީ
ހުޅުމާލެ ފޭސް 2 ގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގަައި ތިން އެޕާޓްމަންޓަކާއި ވެހިކަލްތަކެއް ބަލާފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި، މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ ނޭކުރެންދޫ / ސާޒް އުމުރުން 25 އަހަރުގެ އިބްރާހީމް ރިސްފާނާއި މ. ވިލާތުކުންނާރުގެއާގެ އުމުރުން 36 އަހަރުގެ މުޙައްމަދު ޒައީންއެވެ. ފުލުހުން ބުނީ،، މިމަހު 19 ވަނަ ދުވަހު މި އޮޕަރެޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެނސް ގުޅިގެން ކަމަށެވެ. މި އޮޕަރ...
އައިޝަތު އައިނީ އާމިރު
މާލޭގެ ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ބުނިގޮތުގައި މި މާރާމާރީ ހިނގާފައި ވަނީ މާލޭގެ މާފަންނު ސަރަޙައްދުގައި ހުންނަ ކެފޭއެއްގައެވެ. މިއަދު ހަވީރު ހިނގި މާރާމާރީއެއްގައި 22 އަހަރުގެ ދިވެހި ޒުވާނަކަށް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު 15:28 ހާއިރުގައި ކަމަށާއި، މި މާރާމާރީގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޒުވާނަކަށް ހަމަލާދީފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ. މި މާރާމާރީގަ...
ޔުމްނާ ޢަލީ
އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތް ނުހުއްޓި ކުރިއަށްދާ ކަމަށާއި، މި ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އެކަމަށް ޚާއްސަ ޕޯޓެއް އުތުރުގައި ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، އުތުރުގައި އޮފް ޕޯޓު އޭރިއާއެއް މިހާރު ތަރައްޤީކުރެވިފައިވާ ކަމަށާއި، ޕޯޓެއް ނެތި މި...
ޔުމްނާ ޢަލީ
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލާގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުން މިއަދު ފަށައިފި އެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު އޭނާގެ އަތުން 500,000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމުގެ ތުހުމަތުގައި ޝަމްއާން ހައްޔަރުކުރީ މިދިޔަ މާޗް މަހު އެވެ. އެ މައްސަލާގައި އޭނާ 15 ދުވަހަށް ބަންދުކުރަން އެންގުމަށްފަހު ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. އެ މައްސަލަ […]
ހުސައިން ހަބީބް
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ދޫނިދޫގައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ. މިގޮތުން ނައްތާލާފައިވަނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރަލެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، ނައްތާލާފައިވާ ބަނގުރާގެ ތެރޭގައި ހިމެނެނީ 457 ބްރޭންޑެޑް ފުޅި، 490 ޕެޓް ފުޅި އަދި 282 ދަޅު ބިޔަރެވެ. މީގެ އިތުރުން، އެހެނިހެން ތަކެތީގެ ގޮތުގައި ތިން އައިޓަމް ނައްތާލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވ...
އަލީ އާދިލް
މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު ރާއްޖެ ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ އިތުރުން ވުޒާރާގެ އިސްވެރިންނެވެ. އެމަނިކުފާނަށް އެއާޕޯޓުން ވަނީ ރަތްދޫލައިގެ މަރުޙަބާއެއް ދަންނަވާފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައީސުލްޖުމުޙޫރިއްޔ...
އަލީ އާދިލް
ކޯޓު އަމުރެއް އޮތް ނަމަވެސް ތުހުމަތުކުރެވޭ ފަރާތުގެ އަންނައުނު ބާލުވައިގެން ފޮޓޯ ނެގުމަކީ ފުލުހުން ކުރާ ކަމެއް ނޫން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖިނާއީ ތަޙުޤީޤަކަށް މީހެއްގެ ފޮޓޯ ނުވަތަ އަޑުގެ ސާމްޕަލް ނަގަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭނީ އެ ފަރާތުގެ ރުހުމާއެކު ނުވަތަ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި މިފަދަ ސާމްޕަލްތައް ހިމެނެނީ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލްގެ ގޮތުގައި ކަމަށް […]
ޔުމްނާ ޢަލީ
ސިފައިން އަމިއްލަ ނަފުސާ ޢާއިލާތަކަށްވުރެ އަބަދުވެސް އިސްކުރީ ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. މި ޚިޠާބުގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި ދިވެހީންގެ އެވޭލާ ތާރީޚުގެ ވާހަކަތައް ފެންނާން އޮތް އެންމެ ދުރު ހިސާބުން ފެށިގެން މިއަދާއި ހަމަޔަށްވެސް ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އޮތް މި ޤައުމު، އ...
ޔުމްނާ ޢަލީ
ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީއާއި ނުގުޑާ ޢަޒުމުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި، ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގަައި މި ޤައުމު ދެމިއޮތުމެވެ. ”ދިވެހި މިނިވަންކަމުގެ ދަންމަރު އުދ...
ޔުމްނާ ޢަލީ
މަދީނާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބް ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރު މާދަމާ ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ. މިއީ 40 އަހަރުގެ ތެރޭގައި ދެ ޙަރަމްފުޅުގެ އިމާމުންގެ ތެރެއިން އިމާމެއް ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މި ދަތުރުފުޅަކީ އިސްލާމީ އުއްމަތުގެ މަތީ މުޙިއްމު ޝަހުސިއްޔަތުތައް ރާއްޖެ ގެންނެވުމަ...
އަލީ އާދިލް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންނާ ސީދާ ގުޅުން ބަދަހިކުރުމުގެ ގޮތުން ރަސްމީ ވަޓްސްއެޕް ޗެނަލެއް އުފައްދަވައިފިއެވެ. މި ޗެނަލަކީ ދުވަހުން ދުވަހަށް އަޕްޑޭޓްތަކާއި، މުހިންމު މަޢުލޫމާތުތަކާއި އަދި މެސެޖުތައް ރައްޔިތުންނާ ހިއްސާކުރުމަށް ޚާއްޞަކުރެވިފައިވާ ޗެނަލެެއްކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރައީސް މުޢިއްޒު އެމަނިކުފާނުގެ ސޯޝަލް މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ޗެނެލާއި ގުޅުމަށް އެންމެހާ ރައްޔިތުންނަށް ދައުވަތު ދެއްވާފައެވެ. “އަޅުގަނޑުގެ ރަސްމީ ވަޓްސްއެޕް ޗެ...
ޔުމްނާ ޢަލީ
ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމުގެ މަޝްރޫޢުއެއް މިއަދު ފަށައިފިއެވެ. މަސްވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު ބުނީ، ފުރަތަމަ ފަހަރަށް ރާއްޖޭގައި ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމުގެ މަޝްރޫޢުއެއް މިއަދު ފަށާފައިވާ ކަމަށެވެ. ބ. އަތޮޅު ފެހެންދޫގައި ފްލޯޓިންގް އޭކަރސް އިން ކުރިޔަށްގެންދާ މަޝްރޫޢު ރަސްމީކޮށް މިއަދު އިފްތިތާހުކޮށް ދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް އެވެ. އެ ވުޒާރާއިން ބުނިގޮތުގައި މިއީ، ރައީސް ޑރ. މުޙައްމަދ...
ޔުމްނާ ޢަލީ
މިއަހަރުގެ އެސް.އެސް.ސީ އަދި އޯލެވެލް އިމްތިޙާނުގައި ބެލެނިވެރީންނާއި ސްކޫލްތަކުން އުންމީދުކުރާ ފަދަ ރަނގަޅު ނަތީޖާއެއް ލިބުމަކީ އެދިވަޑައިގަންނަވާ ގޮތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަހަރުގެ މަތީ ސާނަވީ އިމްތިހާނުތައް މިއަދު ފަށާފައިވާއިރު، މިއަދު ވަނީ އެސްއެސްސީ އިމްތިހާނުގެ އިސްލާމް އަދި ދިވެހި މާއްދާގެ އިމްތިހާން ބާއްވާފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ބައެއް މާއްދާތަކުގެ ޕްރެކްޓިކަލް ބައި ވަނީ ކުރިއ...
ޔުމްނާ ޢަލީ
ޕްރިފެރެންޝަލް ވޯޓާއެކު ނަމަ އެއްބުރުން ވޯޓުލައި ސަރުކާރެއް އުފެއްދުމަށް ތާއީދު ކުރަށްވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ނަތީޖާ އެއް ބުރުން ނެރުމަށް ޤާނޫނު އަސާސީ އަށް ބަދަލުގެނައުމުގެ ވިސްނުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާކަމަށް ވަނީ އަޑުފެތުރިފައެވެ. އަދި އެމަނިކުފާނުގެ ވިސްނުންފުޅަކީ ޕްރިފެރެންޝަލް ވޯޓާއެކު އެ ބަދަލު ގެނައުންކަމަށް ވެސް އަޑުފެތުރިފަވެއެވެ. މި ބަހުސް ދިވެހިންގެ ތެރޭގައި މިހާރު ގަދަވެފައިވާއިރު، ދަ ޑިމޮކްރެޓިކްސް...
ޔުމްނާ ޢަލީ