ހުޅުމާލެ ސިންތެޓިކް ޓްރެކް އިންޓަނޭޝަނަލް ސްޓޭންޑަޑަށް ބަދަލުކޮށް ޖަނަވަރީއަށް ނިންމަނީ
ހުޅުމާލެ ފޭސް އެކެއްގައި ހަދާފައިވާ ސިންތެޓިކް ޓްރެކް ހަލާކުވެފައިވާތީ، ބައިނަލްއަގްވާމީ ސްޓޭންޑަޑްގެ އައު ސިންތެޓިކް ޓްރެކެއް އެޅުމުގެ އަމަލީ މަސައްކަތް އަންނަ މަހުގެ 1 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ. ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު މިހެން ވިދާޅުވީ ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ “އަހާ” ފޯރަމްގެ ރޭގެ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ. ވަޒީރު ރާފިއު ވިދާޅުވި ގޮތުގައި، މުޅި ސިންތެޓިކް މެޓީރިއަލް އެއްކޮށް ބަދަލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް އަނ...